Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުން

ޓެރަރިޒްމްގެ ކުށް ސާބިތުވެ، ދިވެއްސަކު 21 އަހަރަށް އަފްޣާނިސްތާނު ޖަލަށް!

އަފްޣާނު ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ 11 ނޮވެމްބަރު 2018 ގައި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 3 ޑިސެމްބަރު 2019 | އަންގާރަ 11:38
އަފްޣާނު ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ 11 ނޮވެމްބަރު 2018 ގައި

އަފްޣާނު ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ 11 ނޮވެމްބަރު 2018 ގައި

ޓެރަރިޒްމްގެ ކުށް ސާބިތުވެ، ދިވެއްސަކު 21 އަހަރަށް އަފްޣާނިސްތާނު ޖަލަށް ލުމަށް ޙުކުމްކޮށްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.

އަންގާރަ ދުވަހު ފުލުހުން ޢާންމުކުރި ނޫސްބަޔާނުގައި ވަނީ ހ. މޫންލައިޓްވެލީ، އަލީ ޝާފިޢުއާއެކު އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ ނޫސްބަޔާނުގައި ވާގޮތުން ޝާފިޢު ވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އޭނާގެ އަންހެނުންނާއި އޭނާގެ 4 ދަރިންނާއިއެކު ބޭސްފަރުވާއަށް ސްރީލަންކާއަށް ގޮސް، އެ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކޮށް، ޕާކިސްތާނު މަގުން އަފްޣާނިސްތާނަށް އެތެރެވެފައެވެ. ފުލުހުން ބުނީ ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރިކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުމާއި ގުޅިގެން ބޭރުގެ ސަލާމަތީ އަދި ތަންފީޒީ އިދާރާތަކާއި ގުޅިގެން ބެލިބެލުމުން ޝާފިޢު ޕާކިސްތާނުގައި ޙަރަކާތްތެރިވަމުންދާކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ.

ފުލުހުން ބުނީ އަދި އޭގެ ފަހުން ހަމަ އެއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ޝާފިއުއާއި އޭނާގެ އަންހެނުންނާއި ދަރިން އަފްޣާނިސްތާނުގެ ނަންގަހާރު ޕްރޮވިންސުން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އޭނާ އަފްޣާނިސްތާނަށް ދަތުރުކޮށްފައިވަނީ އެ ޤައުމުގައި ޙަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ގޮތްޕެއް ކަމަށްވާ 'އިސްލާމިކް ސްޓޭޓް ޚޮރަސާން ޕްރޮވިންސް، (އައި.ސިސް.ކޭ)' އާއި ގުޅުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާ އަތުން ނެގުނު ޑިޖިޓަލް ޑިވައިސްއަކުން އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ޕްރޮޕެގެންޑާ ވީޑިއޯތަކެއް ފެނިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ބުނީ އޭނާގެ ޢާއިލާ އަފްޣާނިސްތާނުގައި ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު ލިބުމާއެކު އާފްޣާނިސްތާނުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ގުޅިގެން އެ މައްސަލަ ފުލުހުން ދިޔައީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އަދި އެ މައްސަލަ ތަހުޤީޤު ކުރުމަށް އެޤައުމުގެ އިދާރާތަކާއި އެކު ދިވެހި ފުލުހުން ޖޮއިންޓް އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔަ ކަމަށާއި، ޝާފިޢު އަފްޣާނިސްތާނަށް ފޮނުވުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްތައް ދެނެގަނެ، އެ މަޢުލޫމާތު ދިވެހި ފުލުހުންގެ އިދާރާއިން އަފްޣާން ފުލުހުންނާއި ޙިއްސާކޮށްފައިވާކަމަށެވެ.

އަލީ ޝާފިޢުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި އަފްޣާނިސްތާނުގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ މައްސަލަ ތަހުޤީޤުކޮށް، އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމަށްފަހު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެގެން 21 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކޮށްފައިވާކަމަށް ދިވެހި ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ނޫސްބަޔާނުގައި ވާގޮތުން ޝާފިޢު އަކީ ދީނީ ހަރުކަށި ފިކުރަށް ތާޢީދު ކުރާ އަދި އެފަދަ ފަރާތްތަކާއި ގުޅުން ބާއްވަމުން އައިސްފައިވާ މީހެކެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އޭނާގެ ކުރީގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ތުރުކީއަށް ފުރަން އުޅެނިކޮށް، ފުލުހުން އެމީހުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހިފަހައްޓާފައިވެއެވެ. ޝާފިޢު އަކީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ހަތިޔާރު ގެންގުޅެ ފޮރުވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ވެސް ހައްޔަރުކުރެވުނު މީހެކެވެ. އެގޮތުން ބ. ހިބަޅިދޫ ކައިރީ ކަނޑުތެރެއިން ފެނުނު ހަތިޔާރާއި، ގޮވާތަކެއްޗާއި ގުޅުންހުރި ބައެއް ތަކެތި އޭނާ އަތުން ފެނުނު ނަމަވެސް ޝަރީޢަތަށް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އޭނާ ބަންދުން ދޫކޮށްލާފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހަ ޓީޗަރަކު ކުއްލި ގޮތަކަށް ވަކިކުރި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި

21 މާރިޗު 2017
ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

06 މާރިޗު 2017
ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

ނޫސްވެރިންނަށް ދޭ އިންޒާރުތައް މީޑިއާ ކައުންސިލުން ކުށްވެރިކޮށްފި

02 މާރިޗު 2017
އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

އިޒްރާއީލް ކުށްވެރިކޮށް ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ރާއްޖެއިން ގޮވާލައިފި

28 ފެބުރުއަރީ 2017
ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

ހަ އަހަރަށް ފަހު، އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ!

15 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު