Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުލިގަމު

ރާއްޖެ އަށް އަންނަ ޔޮޓް ފަހަރާއި މެދު އަމަލުކުރާނެ އެއް މިންގަނޑެއް އޮންނަންޖެހޭ: ކަސްޓަމްސް

ސިންގަލް ވިންޑޯއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 ޑިސެމްބަރު 2019 | ހޯމަ 15:33
ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީ

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީ

ރާއްޖޭގައި ޔޮޓް ފަހަރު ބަނދަރުކުރުމާއި ގުޅުން ހުރި ޤަވާއިދުތަކަށް ކުރިން ގެނެވުނު ބަދަލުތަކެއްގެ ސަބަބުން ރާއްޖެއަށް އަންނަ ޔޮޓް ފަހަރުގެ ޢަދަދު މަދުވެފައިވާ މައްސަލަ ޙައްލު ކުރެވޭނީ، ކަމާއި ގުޅުން ހުރި އިދާރާތަކުން ޢަމަލުކުރާނެ އެއް މިންގަނޑެއް އޮވެގެން ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެފިއެވެ.

ރާއްޖޭގައި ޔޮޓް ފަހަރު ބަނދަރުކުރުމާއި ގުޅުން ހުރި ސަރުކާރުގެ ޤަވާއިދުތަކާއި އުޞޫލްތަކައް ގެނައި ބަދަލުގެ ސަބަބުން އުލިގަމުގައި ޔޮޓް ބަނދަރުކުރުން މިހާރު މަދުވެފައިވާކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމަށް ވަނީ ކަމާއި ގުޅުން ހުރި އިދާރާތައް ހާޒިރު ކޮށްފައެވެ.

އާދިއްތަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އުލިގަމު ކައުންސިލުން ފާހަގަ ކޮށްފައިވާ ކަންކަމާއި ގުޅޭ ގޮތުން ކޮމިޓީ ބައްދަލު ވުމުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އަބްދުއް ރަޝީދު އިބްރާހިމް ވިދާޅުވީ، އެ މައްސަލަތައް ޙައްލު ކުރެވޭނެ ގޮތްތަކާއި ގުޅޭ ގުޅޭގޮތުން ކަސްޓަމްސްއާއި ގުޅުންހުރި ދާއިރާ ތަކުން މަޝްވަރާކޮށްފައި ކަރުދާހެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ކަރުދާސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ކްރޫޒް ލައިނާ ތަކާއި އާދައިގެ ޔޮޓް ތަކުން ނަގާ ފީ އެއް އަގެއްގައި މިހާރު ހުރި ހުރުމަށް ބަދަލުގެންނަން ވިސްނަމުންދާ ކަން ފާހަގަ ކުރައްވާފައިވެއެވެ.

އޮފީސްތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ނުވަތަ ހުއްދަތައް ލިބުމުގައި ދިމާވާ ދަތިތައް ޙައްލު ކުރެވޭނީ ކަމާގުޅުން ހުރި އިދާރާތަކުން ކަންކަން ހިނގާ ގޮތް އެއް ކަރުދާހަކަށް ގެނެސް އެއް އުޞޫލަކުން މަސައްކަތް ކުރުމުން ކަމަށް ކަސްޓަމްސްގެ ބޭފުޅުން ވިދާޅުވިއެވެ.

މީގެ އިތުރުން ސިންގަލް ވިންޑޯއެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި، އެކަން ތަންފީޒުކުރަން ފެށުމުން އޮންލައިންކޮށް ޓްރާންސެކްޝަން ގެންދިއުމަށް ފަސޭހަވެގެންދާނެކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލައާއި ގުޅިގެން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ 2017 ގައި ބަނދަރު ތަކާއި ބެހޭ ޤާނުނަށް ގެނެވުނު ބަދަލާއި ގުޅިގެން އުލިގަމު ބަނދަރުގެ އޮޕަރޭޝަންތައް ކުރިޔަށްގެންދިއުމުގައި އެމްޕީއެލްގެ އެއްވެސް ހިއްސާއެއް ނޯންނަކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓްޜީ އޮފް ފިނޭންސުން އެމްޕީއެލްގެ ޒިންމާގެ ގޮތުގައި ހަމަޖައްސާފައިވަނީ 4 ބަނދަރެއް ބެލެހެއްޓުމަށެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި، މާމިގިލީ އިންޓަނޭޝަނަލް ޕޯޓާއި، މާލޭ ކޮމަރޝަލް ހާބަރުގެ އިތުރުން ހިތަދޫ ރީޖަނަލް ޕޯޓެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު