Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކައުންސިލް

ކައުންސިލްތަކުގެ ރައީސުންނާއި، މޭޔަރުން ސިއްރު ވޯޓަކުން އިންތިޚާބު ކުރަންޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފި

3 ޑިސެމްބަރު 2019 | އަންގާރަ 09:40

ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ދިގު ކުރާ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 3 ޑިސެމްބަރު 2019 | އަންގާރަ 09:40
ކައުންސިލްގެ މެމްބަރުންތަކަކާއި ރައީސް ސޯލިހް ބައްދަލުކުރައްވަނީ

ކައުންސިލްގެ މެމްބަރުންތަކަކާއި ރައީސް ސޯލިހް ބައްދަލުކުރައްވަނީ

ކައުންސިލް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ދިމިގްރާތީ އުސޫލުތަކުގެ މަތިންނެގޭ ސިއްރު ވޯޓަކުން ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބު ކުރަންޖެހޭގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއިއެކުއެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، އެ ކައުންސިލުގައި ހިމެނެންވާނީ އެ އިދާރީ ދާއިރާގައި ހިމެނޭ ރަށު ކައުންސިލުތަކަށް އިންތިޙާބު ކުރާ ރައީސުން ކަމަށް ވެސް އިސްލާހު ގެނެސްފައިވެއެވެ.

Advertisement - newsAdvertisement

ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ މޭޔަރުން ސިއްރު ވޯޓަކުން އިންތިޚާބު ކުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމުގެ އިތުރުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އިންތިޚާބުކުރެވޭ ކައުންސިލްތަކުގެ އުމުރު 5 އަހަރަށް ދިގު ކުރާ ގޮތަށް ވެސް ވަނީ އިސްލާހުކޮށްފައެވެ.

11 މެމްބަރުންގެ މައްޗަށް އެކުލަވާލެވުނު ސަބްކޮމެޓީއިން ބިލު ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް އިސްލާހު ހުށަހެޅުއްވުމަށް މުޅި މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމުގައި މެމްމަބަރުންނަށް ދެވުނު ފުރުސަތުގައި އެއްވެސް އިސްލާހެއް ފޮނުއްވާފައެއް ނުވެއެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމެޓީއިން ބިލް ދިރާސާ ކުރުމަށްފަހު އެކުލަވާލި ރިޕޯޓަށް އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެ އިސްލާހެއް ހުށަހެޅުއްވިއެވެ.

މެމްބަރު ކޮމެޓީއިން އެކުލަވާލި ރިޕޯޓަށް ހުށަހެޅުއްވި އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރަންވާނީ މިގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ކަމަށެވެ. އަދި މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ވާނީ ލޯކަލް ކައުންސިލްތައް އެކުލެވޭ ގޮތް ކަމަށް އަދި އެކައުންސިލްތައް އިންތިހާބުކުރަން ޖެހޭ ގޮތް ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކަމަށް ބިލުގެ 3 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.

މި އިސްލާހަށް ވަކިން ވޯޓަށް އަހާފައިވާއިރު އިސްލާހު ފާސްވެފައިވަނީ 66 މެމްބަރުންގެ ވޯޓާއިއެކުއެވެ.

މެމްބަރު އާޒިމް ކޮމެޓީ ރިޕޯޓަށް ހުށަހެޅުއްވި ދެވަނަ އިސްލާހަކީ ބިލުގެ 4 ވަނަ މާއްދާއަށް ގެނައުމަށް ހުށަހެޅި އިސްލާހެކެވެ. 'ގާނޫނަށް އަމަލު ކުރަން ފަށާނީ މި ގާނޫނު ފާސްކޮށް ތަސްދީގު ކުރާ ފަހުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން' މިގޮތަށް މެމްބަރު ވަނީ އިސްލާހެއް ހުށަހަޅުއްވާފައެވެ.

މި އިސްލާހަށް ވެސް ވަކިން ވޯޓަށް އަހާފައިވާއިރު އިސްލާހު ފާސްވެފައިވަނީ 66 ވޯޓާއިއެކުއެވެ.

ތަޅުމުގައި ހުށަހެޅުނު އިސްލާހުތަކާއި، މުޅި މަޖިލީހުގެ ކޮމެޓީއިން ހުށަހެޅު އިސްލާހުތަކާއި އެކު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ފާސްކޮށްފައިވަނީ 69 މެމްބަރުންގެ ވޯޓާއި އެކުއެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
16 މާރިޗު 2017

ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން

16 މާރިޗު 2017
ފ.އަތޮޅުގެ ޑީލު ސިއްރު ކުރަން ސައުދީ ޝާހީ އާއިލާއިން ބޭނުންވޭ: ނިހާން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
14 މާރިޗު 2017

ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ

14 މާރިޗު 2017
ނުރައްކާތެރި ސްވައިން ފްލޫ ފެތުރޭކަން ސިއްރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން: ޑރ. ޑީޑީ
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
15 ފެބުރުއަރީ 2017

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް