Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުތް އޭޝިއަން ގޭމްސް

ސައުތް އޭޝިއަން ގޭމްސް: ޓީޓީ ފިރިހެން ސިންގަލްސް ޓީމް އިވެންޓުން ލަންކާ އަތުން ރާއްޖެ ބަލިވެއްޖެ

ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2019 | ހޯމަ 06:28
ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު

ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތް އޭޝިއަން ގޭމްސް ޓޭބަލް ޓެނިސް ފިރިހެން ޓީމް އިވެންޓުގައި ސްރީލަންކާ އަތުން ރާއްޖޭގެ ޓީޓީ ޓީމު ބަލިވެއްޖެއެވެ.

ސްރީލަންކާ އަތުން ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ.

ފުރަތަމަ މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަހްމަދު ކުޅެން ނިކުތްއިރު، ވާދަވެރި ކުޅުމަކަށްފަހު މި މެޗު ލަންކާގެ ކުޅުންތެރިޔާ ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތަށް ލަންކާ ކުޅުންތެރިޔާ ގެންދިޔައީ 11-8، 11-9 އަދި 11-8 އިންނެވެ.

ދެވަނަ މެޗުގައި ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއިލް ކުޅެން ނިކުތްއިރު، މި މެޗު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 3 ސެޓު 1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ލަންކާ ކުޅުންތެރިޔާ ފަސޭހަ ކަމާއިއެކު، 11-7 އިން ކާމިޔާބުކުރިއިރު، ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ދެވަނަ ސެޓު ޝައްފާން ވަނީ 13-15 އިން ކާމިޔާބު ކޮށްފައެވެ. ނަމަވެސް ފަހު ދެ ސެޓު ލަންކާގެ ކުޅުންތެރިޔާ ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. ފަހު ދެ ސެޓު ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ، 11-7 އަދި 11-6 އިންނެވެ.

ތިންވަނަ މެޗުގައި ރާއްޖެގެ މުހައްމަދު ޒީސްތު ނަސީމް ކުޅެންއެރިއިރު، މި މެޗު ލަންކާގެ ކުޅުންތެރިޔާ ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. މި މެޗުގެ ސެޓުތައް ލަންކާ ކުޅުންތެރިޔާ ކާމިޔާބުކުރީ 11-4، 11-8 އަދި 11-8 އިންނެވެ.

ރާއްޖޭގެ ފިރިހެން ޓީޓީ ޓީމު އަންގާރަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލާއި ދެ ކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ކުރިން ފިރިހެން ވޮލީ ޓީމު ތައިލޭންޑަށް ފުރައިފި

09 މާރިޗު 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

ގައުމީ ކެރަމް މުބާރާތް: ފިރިހެން ޑަބަލް އިވެންޓް ފައިނަލަށްދިޔަ ކުޅުންތެރިން ކަށަވަރުވެއްޖެ

21 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު