Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުރީދޫ ކަލަރ ރަން

އުރީދޫ ކަލަރ ރަން 2019 ކާމިޔާބު ކަމާއެކު ބާއްވައިފި

30 ނޮވެމްބަރު 2019 | ހޮނިހިރު 14:32

ރަންގައި 5000 ބައިވެރިން ރަޖިސްޓަރ ވެފައިވޭ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 30 ނޮވެމްބަރު 2019 | ހޮނިހިރު 14:32
އުރީދޫ ކަލަރ ރަން 2019 ގެ ތެރެއިން

އުރީދޫ ކަލަރ ރަން 2019 ގެ ތެރެއިން

ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އުރީދޫ ކަލަރ ރަން ކާމިޔާބު ކަމާއެކު ބާއްވައިފިއެވެ.

އެ ދުވުން ބާއްވާފައިވަނީ ހުޅުމާލޭގައި ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހިއިރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފެށި މި ދުވުން ނިންމާލާފައި ވަނީ އިރުއޮއްސި 6 ޖެހިއިރުއެވެ.

އުރީދޫ ކަލަރ ރަން ފައްޓަވައި ދެއްވީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

މިފަހަރު އުރީދޫ ކަލަރ ރަންގައި ދުވުމަށް ޖުމްލަ 5،000 ބައިވެރިން ރަޖިސްޓްރީވި ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ބައިވެރިންނަށް ދުވުމުގައި ބައިވެރި ނުވެވުނު ކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ ޔާއި، ޖޮގްކޮށްފަޔާއި، ދުވެފަ ނޫނީ ނަށަމުން ވެސް ބައެއް ފަރާތްތަކުން ވަނީ ދުވުން ނިންމާފައިވެއެވެ.

އުރީދޫ އިން ވަނީ ކަލަރ ރަންގެ ފޯރި އިތުރު ކުރުމުގެ ގޮތުން އެންމެ ކަލަރ ފުލް ރަނާގެ އިތުރުން އެންމެ އެންޓަޓެއިންމަންޓް ރަނާވެސް ހޮވައި އެކަން ފާހަގަކޮށް އެވޯޑްތައް ވަނީ ދީފައެވެ.

އުރީދޫ ކަލަރަ ރަން އަކީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ރަން އެކެވެ. އެ ރަން އަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާއިރު އަހަރުން އަހަރަށް އެ ރަންގައި ބައިވެރިވާ މީހުން ގިނަ ވަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

އުރީދޫ ކަލަރ ރަން އައްޑޫ ސިޓީގައި ވެސް މިއަހަރުގެ ތެރޭގައި ބާއްވާފައިވާއިރު އެ ރަންގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެއްކަން ފާހަގަކޮށްލެވެއެވެ.

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް