Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ހުކުރު މިސްކިތް

ހުކުރު މިސްކިތް އާބާތުރަ ފިލުވައި މަރާމާތަށް ދެ އަހަރު ދުވަސް ނަގާނެ: ހެރިޓޭޖް

30 ނޮވެމްބަރު 2019 | ހޮނިހިރު 07:32

ހުކުރު މިސްކިތުގައި ފަހުން ޖަހާފައިވާ ލަކުޑި ބެރިތައް ގަނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 30 ނޮވެމްބަރު 2019 | ހޮނިހިރު 07:32
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް: ހުކުރު މިސްކިތުގެ ގޯތި ތެރޭގައި-

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް: ހުކުރު މިސްކިތުގެ ގޯތި ތެރޭގައި-

ދިވެހިރާއްޖޭގެ އެންމެ އާސާރީ އަދި ތާރީޚީ ބިނާ، މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރުމަށްފަހު، ދެން ހުޅުވޭވަރު ވާނީ، ދެ އަހަރު ފަހުން ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިގު ވިދާޅުވީ، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމަށް އިންޑިއާ ސަރުކާރާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ނަމަވެސް ޢަމަލީ މަސައްކަތް އަދި ނުފެށޭ ކަމަށެވެ.

Advertisement - newsAdvertisement

ޠާރިގު ވިދާޅުވީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ ނޮވެންބަރު މަހުގެ ތެރޭގައި ފަށާގޮތަށް ހަމަޖެފައިވާ ކަމެވެ. އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، ހުކުރު މިސްކިތުގެ ކިތައްމެ ކުޑަ ގެއްލުމެއް ވިޔަސް އެކަމެއް މަރާމާތު ކުރެވޭނެ ކަމަށް ވެސް ޠާރިގު ވިދާޅުވި އެވެ.

މީގެއިތުރުން ޠާރިގު ވިދާޅުވީ، އިންޑިއާގެ ތަޖުރިބާކާރުންގެ ދެތިން ވަފުދެއް ރާއްޖެ ވަޑައިގެން ހުކުރު މިސްކިތް ސާރވޭކޮށް، ބައްލަވާ ވަރަށް ތަފުޞީލު ރިޕޯޓުތަކެއް ހައްދަވާފައިވާ ކަމަށެވެ.

އެރިޕޯޓުތަކާއި އެކަން ދިރާސާކުރި ބޭފުޅުން ވިދާޅުވާގޮތުން، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތަށް ދެ އަހަރު ދުވަސް ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށް ޠާރިގު ވިދާޅުވި އެވެ.

ޠާރިގު ވިދާޅުވީ އިންޑިއާ ސަރުކާރާއެކު ކުރެވުމު މަޝްވަރާތަކުން ނޮވެމްބަރު މަހުގެ ފަހު ހަފްތާގައި އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް ކުރިން ގަބޫލު ކުރެވުނު ނަމަވެސް ދެން ނޮވެބަރު މަހުގެ ތެރޭގައި ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތް ނުފެށޭނެ ކަމަށެވެ. ނަމަވެސް ވަރަށް އަވަހަށް އެމަސައްކަތުގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ޠާރިގު ވިދާޅުވި އެވެ.

ޠާރިގު ވިދާޅުވީ ހުކުރު މިސްކިތުގައި ކަތުރުފަނި އަޅާ އެ މިސްކިތަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާތީ، މިވަގުތު އެހުރީ، އެކަމަށް ދޭންޖެހޭ ފަރުވާ ދީފަ ކަމަށެވެ. ނަމަވެސް އެ މިސްކިތް މިވަގުތު ހުޅުވާން ބޭނުން ނުވަނީ، ކަތުރުފަނި ނައްތާލަން ވަރަށް ގިނަ ކެމިކަލް ބޭނުންކޮށްފައިވާތީ، މީހުންނަށް ގެއްލުމެއް ލިބިދާނެ ކަމަށް ވިސްނާ އަދި މިސްކިތުގެ އާބާތުރަ ފިލުގައި މަރާމާތުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެއްޓޭވަރުވާނެ ކަމަށް ފެންނާތީ ކަމަށް ވެސް ޠާރިގު ވިދާޅުވި އެވެ.

ޠާރިގު ވިދާޅުވީ ހުކުރު މިސްކިތުގައި އެހާވަރަށް ކަތުރުފަނި އަޅާ، މިސްކިތައް އެހާބޮޑު ގެއްލުމެއް ލިބިފައިވަނީ، ވަކި ޚާއްޞަ ތާވަލެއްގެ ދަށުން ކަތުރުފަނިން ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ނުކުރެވި، ފަރުވާ ދެވިފައިނުވާތީ ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން، އެ މިސްކިތް މަރާމާތު ކުރުމުގައި ފްލައިވުޑާއި ލަކުޑީގެ އިތުރު ބެރިތަކެއް ހަރުކުރުމުގެ ސަބަބުން ވެސް ކަރުތުފަނީގެ މައްސަލަ ބޮޑުވެފައި، މިސްކިތަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ޠާރިގު ވިދާޅުވި އެވެ.

ޠާރިގު ވިދާޅުވީ، ހުކުރު މިސްކިތުގައި ފަހުން ހަރުކޮށްފައިވާ، ލަކުޑި ބެރިތައް އެއްކޮށް ނަގާނެ ކަމަށެވެ. ހުކުރު މިސްކިތުގައި ފަހުން ވަނީ ލަކުޑީގެ ގިނަ ބެރިތަކެއް ހަރުކޮށްފަ އެވެ. އެކަމުގެ ސަބަބުން، އެ މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރާ މީހުންނަށް މިސްކިތުގެ ޖާގަވެސް ކޮންމެވެސް ވަރަށް ވަނީ ގެއްލިފަ އެވެ.

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ބަންދު ކުރީ މިދިއަ ސެޕްޓެމްބަރު މަހުގެ 13 ވީ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހުގަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

02 ޖޫން 2017

 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ

02 ޖޫން 2017
 ރޯދަވީއްލުމެއް ދިނުމަކީ ތިމާއަށް އެރޯދަ ހިފި މީހާއަށް ލިބޭ ފަދަ ދަރުމަ ލިބިގެންދާކަމެއް: ހުކުރު ޚުތުބާ
28 މެއި 2017

ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި

28 މެއި 2017
ހުކުރު ދުވަހުން ފެށިގެން ތިމަރަފުށީގައި ކަރަންޓެއް ނެތް، ގެއެއްގައި ވަނީ ރޯވެފައި
26 މެއި 2017

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ

26 މެއި 2017
ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ
25 މެއި 2017

ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި

25 މެއި 2017
ދޫނިދޫގައި އިމާރާތްކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފި
19 މެއި 2017

ހުކުރު ނަމާދަށްފަހު މިއަދުވެސް ދުއާ ކޮށްފި

19 މެއި 2017
ހުކުރު ނަމާދަށްފަހު މިއަދުވެސް ދުއާ ކޮށްފި
17 މެއި 2017

ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ

17 މެއި 2017
ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ބަހައްޓައި ހުކުރު ދުވަހު ގްރިޑާއި ގުޅައިލަނީ
28 އެޕްރީލު 2017

ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ

28 އެޕްރީލު 2017
ރިޝްވަތަކީ ގައުމު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނޭ ކަމެއް: ހުކުރު ޚުތުބާ
18 މާރިޗު 2017

އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ

18 މާރިޗު 2017
އެޗްވަންއެންވަން އަށް ހުކުރު ދުވަހު އިތުރު 6 މީހުން ޕޮސިޓިވް ވެއްޖެ
08 މާރިޗު 2017

ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ

08 މާރިޗު 2017
ރާއްޖެޓީވީން "އަބުރު ފަންޑު" ހުކުރު ދުވަހު ހުޅުވަނީ
05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް