Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތް އޭޝިއަން ގޭމްސް

ސައުތް އޭޝިއަން ގޭމްސް: ލަންކާ އަތުން ބަލިވެ ފިރިހެން ވޮލީ ޓީމު މުބާރާތުން ކަޓައިފި

ލަންކާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 29 ނޮވެމްބަރު 2019 | ހުކުރު 14:39
ގައުމީ ފިރިހެން ވޮލީ ޓީމު

ގައުމީ ފިރިހެން ވޮލީ ޓީމު

ނޭޕާލުގައި ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ހުކުރު ދުވަހު ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ މިސްޓޭކް ތަކެއް ފެނިގެންދިޔައިރު މި ސެޓް ލަންކާއިން ކާމިޔާބުކުރީ 25-18 އިންނެވެ. މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް މޮޅަށް ކުޅުނުއިރު މި ސެޓު ލަންކާއިން ކާމިޔާބުކުރީ 25-23 އިންނެވެ.

މެޗުގެ ފަހު ސެޓުގައި ލަންކާގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މި ސެޓު ލަންކާއިން ކާމިޔާބު ކުރީ 25-17 އިންނެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ބުރާސްފަތި ދުވަހު ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ. ޕާކިސްތާނާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މި މެޗުން ރާއްޖެ ބަލިވީ ވެސް ސީދާ ތިން ސެޓުންނެވެ.

މި މުބާރާތަށް ރާއްޖެ ނިކުތީ އާ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްގެ އިރުޝާދުގެ ދަށުންނެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނިފައިވަނީ ގްރޫޕް "ބީ" ގައި ސްރީލަންކާ އަދި ޕާކިސްތާނާއި އެކުގައެވެ. ގްރޫޕް "އޭ" ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ނޭޕާލްގެ އިތުރުން އިންޑިއާ އަދި ބަންގްލަދޭޝް އެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
31 ޖެނުއަރީ 2017

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު