Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއަބީޝޭކް-ޝާހްރުކް

ޝާހްރުކްގެ "ބޮބް ބިސްވާސް" އަށް އަބީޝޭކް!

މީގެ ކުރިން އެ ދެތރަިން ވަނީ އެކުގައި މަސައްކަތްކޮށްފަ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ | 27 ނޮވެމްބަރު 2019 | ބުދަ 03:41
އަބީޝޭކް އާއި ޝާހްރުކް

އަބީޝޭކް އާއި ޝާހްރުކް

ކުޅަދާނަ ފިލްމީތަރި ޝާހްރުކް ޚާންގެ ފިލްމަކަށް ކާމިޔާބު އެކްޓަރ އަބީޝޭކް ބައްޗަން ސޮއިކޮށްފިއެވެ.

އަބީޝޭކް ސޮއިކޮށްފައިވަނީ ޝާހްރުކް ޕްރޮޑިއުސްކުރާ "ބޮބް ބިސްވާސް" އަށެވެ.

ޝާހްރުކް ބުނެފައިވަނީ ބައުންޑް ސްކްރިޕްޓާ ގުޅިގެން ފިލްމެއް ހެދުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި މިއީ އަބީޝެކްގެ ފާހަގަކޮށްލެވޭ ފިލްމަކަށްވާނެ ކަމަށެވެ. އަބީޝޭކް ވެސް ވަނީ ޝާހްރުކްގެ ފިލްމެއްގައި މަސައްކަތްކުރަން ލިބުނީތީ އުފާވާ ކަމަށް ބައެއް ނޫސްތަކުގައި ބުނެފައެވެ.

ޝާހްރުކް ޕްރޮޑިއުސްކޮށް މި އަހަރުގެ މާޗް މަހު ރިލީޒްކުރި "ބަދުލާ" އިން އަބީޝޭކްގެ ބައްފަ އަމީތާބު ބައްޗަން ވެސް ފެނިގެންދިޔައެވެ. އެ ފިލްމަކީ ބޮކްސް އޮފީހުގައި ވެސް ރަނގަޅު ކާމިޔާބީއެއް ހޯދި ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

ޝާހްރުކްގެ ކުރިޔަށް އޮތް ފިލްމުގެ ޑައިރެކްޓަރަކީ ދިޔާ އައްނަޕޫރްނާ ގޯޝްއެވެ. "ބޮބް ބިސްވާސް"ގެ ޝޫޓިން އަންނަ އަހަރުގެ ކުރީ ކޮޅު ފަށަން ނިންމާފައިވީ ނަމަވެސް ފިލްމާ ބެހޭ މާގިނަ ތަފްސީލުތަކެއް އަދި މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ.

ޝާހްރުކް ޚާންގެ ފިލްމަށް އަބީޝޭކް ސޮއިކޮށްފައިވާއިރު އެ ދެ ފަންނާނުން ކުރިން ވަނީ އެކުގައި މަސައްކަތްކޮށްފައެވެ، ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަށް ބަލައިލާއިރު "ކަބީ އަލްވިދަނާ ކެހެނާ" އާއި "ހެޕީ ނިޔު އިޔާ" ފަދަ ފިލްމުތައް ހިމެނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2020

އަބީޝޭކްގެ ''ބޮބް ބިސްވާސް''ގެ ޝޫޓިން ފަށައިފި

24 ޖެނުއަރީ 2020
އަބީޝޭކްގެ ''ބޮބް ބިސްވާސް''ގެ ޝޫޓިން ފަށައިފި
16 ސެޕްޓެމްބަރު 2019

އަޖޭ ޕްރޮޑިއުސް ކުރާ ''ބިގް ބުލް'' ގައި އަބީޝޭކް

16 ސެޕްޓެމްބަރު 2019
އަޖޭ ޕްރޮޑިއުސް ކުރާ ''ބިގް ބުލް'' ގައި އަބީޝޭކް
29 ނޮވެމްބަރު 2018

ސްޕޮންޖްބޮބް އުފެއްދި ސްޓެފަން ހިލަންބާގް މަރުވެއްޖެ

29 ނޮވެމްބަރު 2018
ސްޕޮންޖްބޮބް އުފެއްދި ސްޓެފަން ހިލަންބާގް މަރުވެއްޖެ
27 ޑިސެމްބަރު 2017

ޓޮމް އެންޑް ޖެރީ ކުރެހި ބޮބް ގިވެންސް މަރުވެއްޖެ

27 ޑިސެމްބަރު 2017
ޓޮމް އެންޑް ޖެރީ ކުރެހި ބޮބް ގިވެންސް މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު