Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު މިސްކިތް

ހުކުރު މިސްކިތުގެ ހަތަރު ވަޅު ބެލެހެއްޓުން ސްޓެލްކޯއިން ހަވާލުވެއްޖެ

އެ އެއްބަސްވުން ކުރިއަށް އޮތް ހަތަރު އަހަރަށް ދެމިއޮންނާނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2019 | އަންގާރަ 08:34
މާލޭގެ ހުކުރު މިސްކިތް

މާލޭގެ ހުކުރު މިސްކިތް

ދިވެހިރާއްޖޭގެ އެންމެ އާސާރީ އަދި ތާރީޚީ ބިނާ، މާލޭ ހުކުރު މިސްކިތުގެ މުންނާރާއި، ހުކުރު މިސްކިތުގެ ގޯތިތެރޭގައި ހުރި ހަތަރު ވަޅު، ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ޙަވާލު ވެއްޖެ އެވެ.

މިނިސްޓްރީ އޮފް އާރޓް، ކަލްޗަރ އެންޑް ހެރިޓޭޖާއި ސްޓެލްކޯއާ ދެމެދު އަންގާރަ ދުވަހު ވަނީ މި މަސައްކަތް ކުރުމުގެ ފަހުމުނާމާއެއްގައި ސޮއި ކުރައްވާފަ އެވެ. ހެރިޓޭޓް މިނިސްޓްރީގެ ފަރާތުން އެ ފަހުމުނާމާގައި ސޮއި ކުރެއްވީ އެމިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ އެވެ.

Advertisement - newsAdvertisement

ސްޓެލްކޯގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޠާރިޤް ވިދާޅުވީ އެއީ ވަރަށް މުހިއްމު އެއްބަސްވުމެއް ކަމަށާއި، ސަރުކާރުގެ ކުންފުނިތަކުން ރާއްޖޭގެ ތާރީޚާއި ޘަޤާފަަތް ރައްކާތެރިކުރުމާއި ދިރުވުމަށް އެމިނިސްޓްރީއާއި ދިވެހި ތާރީޚާއި ޘަޤާފަަތް ރައްކާތެރި ކުރުމާބެހޭ ސެންޓަރުގެ ފަރާތުން ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު މުޣުނީ ވަނީ، ސްޓެލްކޯއެކޭ އެއްގޮތަށް ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް ދިވެހިރާއްޖޭގެ ތާރީޚާއި ޘަޤާފަަތް ރައްކާތެރި ކުރުމަށް ހެރިޓޭޖް މިނިސްޓްރީއާއި ހެރިޓޭޖް ސެންޓަރުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުންދީ އެކަމުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

އެ ފަހުމުނާމާގެ ދަށުން ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު، މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި އެ މިސްކިތުގެ ގޯތިތެރޭގައި ހުރި ހަތަރު ވަޅު، ސާފުކޮށް، ރައްކާތެރިކޮށް، ބެލައްޓަމުންދާނީ ހެރިޓޭޖް މިނިސްޓްރީގެ އިރުޝާދާއެކު ސްޓެލްކޯއިން ނެވެ.

އެއެއްބަސް ވުމުގެ ދަށުން، ހުކުރު މިސްކިތުގެ މުންނާރާއި ހަތަރު ވަޅު ސާފު ކުރުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ސްޓެލްކޯއިން ފެށުމަށް ވަނީ ނިންމާފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
29 ޖެނުއަރީ 2017

ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

29 ޖެނުއަރީ 2017
ފިޝަރީޒްގެ ސެންޓަރުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
29 ޖެނުއަރީ 2017

އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް

29 ޖެނުއަރީ 2017
އިބްތިހާލު މަރުވީ އަނިޔާކުރިކަން އެނގިތިބެ، ފިޔަވަޅު ނާޅާ އޮއްވާ: ދައުލަތް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު