Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމީން ރަޝީދުގެ މަރުގެ މައްސަލަ

ޔާމީން ރަޝީދުގެ މަރުގެ މައްސަލަ: ތިން ހެކީން ހެކިބަސް ދޭން ދެކޮޅު!

25 ނޮވެމްބަރު 2019 | ހޯމަ 12:49

މިމައްސަލާގައި ހުކުމް ކުރުން ޖެނުއަރީ 30 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ނޮވެމްބަރު 2019 | ހޯމަ 12:49
ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު

ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު

އަނިޔާވެރި ރަހުމުކުޑަގޮތަކަށް މަރާލަފައިވާ ސޯޝަލް މީޑިއާ އެކުޓިވިސްޓު އަދި ބްލޮގަރ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުގެ ފަރާތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހުށަހަޅާފައިވާ ހެކިވެރިންގެ ތެރެއިން ހެކިބަސް ނުނެގިވާ ތިން ހެކީން ހެކިބަސް ދޭން ދެކޮޅު ހެދުމުން، އެމައްސަލާގައި ހެކިބަސް ނަގާ ނިމުނީ ކަމަށް ނިންމައި، ދިފާއީ ހެކީންގެ ހެކިބަސް ނެގުން ކުރިއަށް ގެންދިއުމަށް ޝަރީއަތުން ނިންމައިފި އެވެ.

ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން ހުށަހަޅާފައި ހެކިވެރިންގެ ތެރެއިން ހެކިބަސް ނުނެގި ބާތި ތިބި ތިން މީހުން ހެކިބަސް ދޭން ދެކޮޅު ހަދާފައިވާތީ، އެމީހުންގެ ހެކިބަސް ނުނަގައި، މިމައްސަލަ ކުރިއަށް ގެންދަން އެދޭ ކަމަށެވެ. އެއީ ދައުލަތުން އެޝަރީއަތަށް ހުށަހެޅި ސިއްރު ހެކިވެރިންގެ ތެރޭގައި ހިމެނޭ ތިން ހެކިވެރިޔެކެވެ.

Advertisement - newsAdvertisement

ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ދައުވާ ލިބޭ އިސްމާއީލް ރަޝީދުގެ ގެ ބަލާ ފާސްކުރި ފުލުސް މީހާއާއި ދައުވާލިބޭ ހުސައިން ޒިޔާދުގެ ގެ ބަލާ ފާސްކުރި ފުލުސް މީހާގެ ހެކިބަސް ނެގުމެވެ.

މިމައްސަލައިގެ ޝަރީއަތަށް އެ ދެ ގެ ބަލާފާސްކުރި ސީން އޮފް ކްރައިމް ރިޕޯޓްތައް ވަނީ ހުށަހެޅިފަ އެވެ.

އެގޮތުން، ޒިޔާދުއާ ދެކޮޅަށް ހުށަހެޅި ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާ އާ އެއްވެސް ސުވާލެއް ކުރަން ބޭނުން ނުވާކަމަށް ޒިޔާދުގެ ވަކީލު ވިދާޅުވުމާއި ގުޅިގެން އެ ފުލުސް މީހާގެ ހެކިބަސް ނުނަގައި ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުގެ ފަރާތުންވެސް އިއުތިރާޒު ނުކުރާތީ ގާޒީ ނިންމެވީ، އެ ފުލުސް މީހާގެ ހެކިބަސް ނުނެގުމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ހެކިބަސް ނަގާފައި ވަނީ އިސްމާއިލް ރަޝީދު ދިރިއުޅުނު މ. ތޯއިފް ބަލާ ފާސް ކުރި ސީން އޮފް ކްރައިމް ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާގެ ހެކިބަހެވެ. އެ ފުލުސް މީހާގެ ބުނި ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ފާސް ކުރިއިރު ސިފައިން ލައި އުޅޭ ފަދަ އާމީ ގަމީހަކާއި ފަޓުލޫނަކާއި ތޮއްޕެއްގެ އިތުރުން ލެޕްޓޮޕަކާއި ފޯނެއް އެ ގޭގެ ކޮޓަރިއަކުން ފެނުނު ކަމަށެވެ.

ހޯމަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އެމައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަނީ ދެން މައްސަލަ ކުރިއަށް ގެންދަވާނެ ގޮތުގެ ތާވަލެއް ވަކީލުންގެ މަޝްވަރާއާ އެކު އެކުލަވައިލާފަ އެވެ. އެގޮތުން، ޑިސެމްބަރު މަހާއި ޖެނުއަރީ މަހުގެ ކުރީ ކޮޅު ދިފާއީ ހެކީންގެ ހެކިބަސް ނެގުން ކުރިއަށް ގެންދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން ދައުވާ ކޮށްފައިވާ މީހުން ވެސް އެމީހުންގެ ދިފާއުގައި ޝަފަވީ ގިނަ ހެކިތަކެއް ޝަރީއަތަށް ހުށަހަޅާފައި ވެއެވެ.

ގާޒީ ވިދާޅުވީ، ދިފާއުގައި ހުށަހަޅާފައިވާ ޝަފަވީ ހެކީންގެ ހެކިބަސް ނަގާ ނިމުމަށްފަހު، އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ކިތާބީ ހެކިތަކާބެހޭ ގޮތުން ވާހަކަ ދެއްކުމަށް އަޑުއެހުމެއް ބާއްވައި، އަދި ޖެނުއަރީ 15 ވަނަ ދުވަހު ހުލާސާ ބަޔާން އިއްވުމަށްފަހު، ޖެނުއަރީ 30 ވަނަ ދުވަހު މިމައްސަލާގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ތާވަލް ކުރެވޭނެ ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 15 ގައި ބޭއްވި ޝަރިއަތުގެ އަޑުއެހުމުގައި ޔާމީން ރަޝީދު ދިރިއުޅެމުން ދިޔަ މ. ސްޕެޓިއުލާ ގޭގެ ލިފްޓް ކެމެރާއިން ނެގި ފިންގަރޕްރިންޓާއި، އެ މައްސަލަައިގައި ދައުވާ ލިބޭ އިސްމާއިލް ހައިޝަމް ރަޝީދުގެ ފިންގަރޕްރިންޓްއާ ދިމާވާކަމަށް ހެކިވެރިޔަކު ބުނެފިއެވެ.

ޔާމީން މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފައި ވަނީ މ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއިލް ރަޝީދާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނުގެ އިތުރުން މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް