Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ރަށަކަށް އަރާ އައިސިސްގެ ލޯގޯ ޖެހުމާއި، 13 އަހަރުގެ ކުއްޖާގެ މައްސަލައާއި ގުޅިގެން ކުއްލި މައްސަލައެއް

ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2019 | ހޯމަ 06:37
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ހަނގުރާމަވެރި ޖަމާއަތުގެ މީހުން ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އެރުމާއި 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލަ އާއި ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމެވެ.

Advertisement - newsAdvertisement

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ވިދާޅުވީ މީހުން މަރާ، އެހެނިހެން ޖަރީމާތައް ހިންގާ ސެލްއެއް ކަމަށް ބެލެވޭ ބަޔަކު ށ. މާއުނގޫދޫއަށް އަރާ، އެރަށް ފަތަހަ ކުރި ކަމުގެ އަމަލުތައް ހިންގާ، އަދި އެރަށުގެ އެތަންމިތަނުގައި އައިސިސްގެ ނިޝާނާއި ލޯގޯ ރަށުގެ އެކި ސަރަހައްދުތަކުގައި ހަރުކޮށް، ރައްޔިތުންނަށް ބިރުވެރިކަން ފަތުރާފައިވާކަމަށެވެ.

އަދި މަރާލެވިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުޤީޤުކުރާ ކޮމިޝަނުން ޑރ އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ނެރުއްވި ރިޕޯޓުގައި ތަފްސީލުކޮށް ބަޔާންކޮށްދީފައިވާ މައުލޫމާތުން އެނގިގެންދަނީ މާއުނގޫދޫގައި ހިނގާ ދިޔަ ކަންތައްތައް ކަންބޮޑުވުން ހުރި މިންވަރު ކަމަށެވެ.

ދާދި ފަހުން ލަނޑާ ނެގުމުގެ މަސައްކަތްކުރާ ދޯނީގައި އުޅުނު ރ. މަޑުއްވަރީ މީހަކަށް އަނިޔާކޮށް ކަނޑަށް އެއްލާލި މައްސަލައާއި ގުޅިގެން ފެންމަތިވި، އުމުރުން 13 އަހަރުގެ ކުއްޖަކު ޤަވާއިދާ ޚިލާފަށް ކައިވެނި ކޮށްގެން އުޅޭ މައްސަލައާއި ގުޅިގެން މެމްބަރު ވިދާޅުވި ކުޑަކުދިންނަކީ ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި މީހުންނާއި އެއް މިންވަރަށް ހެދި ބޮޑުވެފައިވާ ބައެއް ނޫން ކަމަށެވެ. އަދި އެ ކުދިންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ (ހ)ގައި އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ކަނޑައެޅިފައިވީނަމަވެސް ކުޑަކުދިންގެ ނާޖާއިޒު މަންފާ ނަގާ އެކުދިންނާއި ޖިންސީ ގޮތުން ގުޅުން އުފައްދާ ނުރައްކަލުގެ ތެރެއަށް ކުޑަކުދިން ހުށަހެޅުމުގެ އަމަލުތައް ފެތުރިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެގޮތުން 13 އަހަރުގެ ކުޑަކުއްޖަކާއި މެދު މިފަދައިން ޖިންސީ ގޮތުން ގުޅުން އުފައްދައި އެކަމުގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކަށް ލިބުނު ފަހުން އަހަރެއް ވާން ގާތްވާ ހިނދު މިކަމުގައި ޝިކާރައަކަށް ވި ކުޑަކުއްޖާ މިހާރުވެސް ދިރިއުޅެމުންދަނީ މި ނުރައްކަލަށް ކުޑަކުއްޖާ ހުށަހެޅުނު ފަރާތްތަކާއި އެކުގައި ކަން މެމްބަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި ޝާމިލުވީ އެއްވެސް ފަރާތަކާއި މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލުވާ އަދި އިހުމާލުވާ ހުރިހާ ފަރާތްތަކާއި މެދު މިހިނދުން މި ހިނދަށް ފިޔަވަޅު އެޅުމަށް މެމްބަރު ވަނީ ގޮވާލައްވާފައެވެ. އަދި މި ކަންކަމުގެ ސަބަބަން ދިވެހި ރާއްޖޭ ހަނގުރާމައިގެ ތުންފަތް މައްޗަށް ފުރޮޅިފައިވާތީވެ ސަރުކާރުގެ ސަމާލުކަމަށް މި ކަން ގެނައުމަށްވެސް މެމްބަރު ވަނީ ގޮވާލައްވާފައެވެ.

ކޯޓުުން ބޭރުގައި، އުމުރުން 13 އަަހަރުގައި ކައިވެނި ކޮށްގެން އުޅޭ އަންހެން ކުއްޖާގެ އާއިލާގެ މައުލޫމާތު 2018 ވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެ ކުއްޖާ ބަނޑުބޮޑުވި މައްސަލައެއް ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އާދިއްތަ ދުވަހު ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީ ގުޅިގެން އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، އެއް އާއިލާއެއްގެ ކުދިންތަކަކަށް ލިބެންވާ ތައުލީމާއި ސިއްހީ ހައްޤުތަކުން މަހުރޫމް ކޮށްފައިވާކަމުގެ މައުލޫމާތު 2018 ވަނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށާއި، އޭރުން ފެށިގެން އެ މައްސަލަ ތަހުޤީގުކޮށް ގާތުން ބަލަމުން އަންނަ ކަަމަށެވެ. އެފަދަ މައްސަލަތަކުގައި ޝިކާރާއަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިމައްސަލައަށް މަޖިލީހުގައި ދަނީ ބަހުޘް ކުރަމުންނެވެ. ކުއްލި މައްސަލައަށް ބަހުޘް ކުރަން އެދިލެއްވި ހުރިހައި މެންބަރުންނަށް ފުރުޞަތު ދިނުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު

ޖުމްހޫރީ ޕާޓީގެ ދިދައާއި ލޯގޯގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބުދަ ދުވަހު

21 ޖޫން 2017
ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި

ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި

07 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް ވައްދައިފި

06 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!

05 ޖޫން 2017
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

04 ޖޫން 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު