Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކަރަންޓް

ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލާލެވޭ ސްމާޓް މީޓަރ އަންނަ އަހަރު ތައާރަފް ކުރަނީ

އަންނަ ހަފްތާގައި އެކަމާއި ގުޅޭ ޓީއޯއާރް ތައްޔާރުކޮށް އިއުލާނު ކުރާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ނޮވެމްބަރު 2019 | ހުކުރު 04:12
ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސައިފް

ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސައިފް

ކަރަންޓު ބޭނުންކުރެވޭ މިންވަރު ވަގުތުން ބަލާލެވޭ "ސްމާޓް މީޓަރ" އަންނަ އަހަރު ތައާރަފް ކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ މުހައްމަދު ސައިފް ވިދާޅުވީ، ސްމާޓް މީޓަރ ތައާރަފް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަަމަށާއި، އަންނަ ހަފްތާގައި އެކަމާއި ގުޅޭ ޓީއޯއާރް (ޓާމްސް އޮފް ރިފަރެންސް) ތައްޔާރުކޮށް، އިއުލާނު ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސައިފް ވިދާޅުވީ، ސްމާޓް މީޓަރ ތައާރަފް ކުރެވުމުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށާއި، ރީޑިންގް ނަގަން ގެއަށް ދިއުމުގެ ބަދަލުގައި މީޓަރު މެދުވެރިކޮށް ބިލުގެ މައުލޫމާތު ސްޓެލްކޯއަށް އެނގިގެންދާނެ ކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ، ސްމާޓް މީޓަރު ތައާރަފް ކުރެވުމުން ބިލުގެ މައުލޫމާތާއި، ކަރަންޓު ބޭނުންކުރެވޭ މިންވަރު އެޕްލިކޭޝަނެއް މެދުވެރިކޮށް ގޭގެ ވެރިމީހާއަށް ބެލޭނެ ކަމަށާއި، އޭގެ ސަބަބުން ކަރަންޓު ބިލާއި ގުޅިގެން އަންނަ ޝަކުވާތައްވެސް މަދުވެގެންދާނެ ކަމަށެވެ.

ސްޓެލްކޯއިންދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބިގަނެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، ހުޅުމާލެ، ހުޅުލެ އަދި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލެވުމުން ކަރަންޓަށް ދިމާވާ މައްސަލަތައް ހައްލު ކުރެވޭނެ ކަމަށްވެސް ސައިފް ވިދާޅުވިއެވެ.

ކަރަންޓްގެ އަގު ކުޑަކުރުމަކީ ރައީސް ސޯލިހުގެ ވައުދެފުޅެއް ކަމަށް ވުމާ އެކު އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ސަރުކާރުން ވަނީ ކަރަންޓްގެ އަގު ހެޔޮކުރިކަން އިއުލާނުކޮށްފައެވެ. އަދި މާލެއެކޭ އެއް ހަމައެއްގައި ރަށްރަށުގެ ކަރަންޓް ރޭޓް ވަނީ ކަނޑައަޅާފައެވެ.

އިތުރަށް ކިޔާލަން

04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
01 މެއި 2017

ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ

01 މެއި 2017
ހއ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމް ގާއިމް ކުރަނީ
27 އެޕްރީލު 2017

މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ

27 އެޕްރީލު 2017
މިފްކޯއިން މަސް ގަންނަ މިންވަރު ކޮންޓްރޯލްކުރުމުން މަސްވެރިން ރުޅިގަދަވެއްޖެ
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު