Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލިސް: ވަޒީރުންނާ ސުވާލު ކުރުން

ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފަށާފައިނުވާތީ ވަޒީރު ހާޒިރުކުރުން!

މިހިނގާ 2019 ވަނަ އަހަރުގެ ބަޖެޓްގައި އެކަން އޮތީ ހިމަނާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2019 | އަންގާރަ 21:56
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން

ތ. ތިމަރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފަށާފައި ނުވާތީ، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާ ސުވާލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން ހާޒިރު ކުރުމަށް އެޖެންޑާ ކޮށްފައިވަނީ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ސުވާލަކާ ގުޅިގެން ނެވެ.

Advertisement - newsAdvertisement

ރިޔާޒު ހުށަހަޅުއްވާފައިވާ ސުވާލުގައި ވަނީ މިހާރު ހިނގަމުންދާ 2019 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ، ތ. ތިމަރަފުށީގައި އެޅުމަށް ހަމަޖެހިފައިވާ ޖޫނިއަރ ކޮލެޖްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކީ ކޮބައިކަން އޮޅުން ފިލުވުމަށް ހުށަހަޅުއްވާފައިވާ ސުވާލެކެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ، ސަރުކާރު ކޯލިޝަންގެ ސާފު މެޖޯރިޓީ އޮތް މަޖިލީހެއް ނަމަވެސް، ވަޒީރުން މަޖިލީހަށް ހާޒިރުކޮށް، މެމްބަރުން ކުރަން ބޭނުންވާ ސުވާލުތައް ކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އެގޮތުން މީގެކުރިންވެސް ބައެއް މިނިސްޓަރުން މަޖިލީހަށް ހާޒިރުކޮށް، ސުވާލު ކުރައްވާފައި ވެއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު