Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދެ ފަނޑިޔާރުން ވަކިކުރުން، އުފާކުރަންޖެހޭފަދަ ބޮޑު ކާމިޔާބެއް!

ދެ ފަނޑިޔާރުން ވަކިކުރުމަށް މަޖިލީހުގެ ޖަލްސާގައި 69 މެމްބަރުން ވޯޓުދެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2019 | އަންގާރަ 11:25
ފަނޑިޔާރުކަމުން ވަކިކުރެވުނު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ

ފަނޑިޔާރުކަމުން ވަކިކުރެވުނު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުގައި ހުންނެވި އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމި ނިންމުމަކީ ތާރީހީ ބޮޑު ނިންމުމެކެވެ. ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުން ބޭރުކުރުމަށް ފާސްކުރީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އިތުރުން މަހުޖަނު ޤާސިމް އިބްރާހިމް ފިޔަވައި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި، އަމިއްލަ މެމްބަރުންގެ ވޯޓާއެކުގަ އެވެ. ސުޕްރީމް ކޯޓުން އެ ދެ ފަނޑިޔާރުން ބޭރުކުރުމަށް މަޖިލީހުގެ 69 މެމްބަރުންގެ އަޤުލަބިއްޔަތު ލިބިގެންގޮސްފައިވެއެވެ.

ދެ ފަނޑިޔާރުން ސުޕްރީމް ކޯޓުން ބޭރުކުރުމަށް ފާސްކުރުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންވެސް ފެނިގެންދިޔައީ އުފާފާޅުކުރަމުންދިޔަ މަންޒަރު އެވެ. މެމްބަރުން އަތްޖައްސަވަމުންގެންދެވިއިރު، މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު މެމްބަރުންނަށް ދަންނަވަމުންގެންދެވީ ކާމިޔާބީގައި ހިތްތިރިކުރަންޖެހޭނެކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާގޮތަށް ދެ ފަނޑިޔާރުން ބޭރުކުރެވުމަކީ މެމްބަރުންނާއި އެއް މިންވަރަށް، ރައްޔިތުންވެސް އެކަމުގައި އުފާކުރަންޖެހޭކަމެކެވެ. ސަބަބުތައް ގިނަވެފައި، އެކަމަކީ ރައްޔިތުންނަށް ލިބުނު ބޮޑުކުރިއެރުމަކަށްވާތީ އެވެ. ފަނޑިޔާރުގެ އިސްލާހުކުރުމަށްކުރާ މަސައްކަތުގައި އެޅުނު ހަރުދަނާ ފިޔަވަޅަކަށްވާތީ އެވެ.

އެކަމުގައި އުފާފާޅުކުރަންޖެހޭ ސަބަބުތަކަކީ، ހުދުމުހުތާރު، ބޮޑާވެރި، އިންސާފުން އެއްކިބާވެފައިވާ ފަނޑިޔާރުންތަކެއްގެ ނިމުން އައިތީ އެވެ. ހިތުހުރިގޮތަކަށް ހުކުމްތައް ކުރައްވަމުންގެންދެވި ފަނޑިޔާރުންތަކެއްގެ އެ މަސައްކަތްތަކަށް ނިމުމެއް ގެނުވީތީ އެވެ. ބޮޑާކަމާއި، ކިބުރުވެރިކަމާއެކު ކޮންމެކަމެއް ކޮންމެގޮތަކަށް ކުރެއްވިނަމަވެސް، ތިމަންމެނާ ނުބެހެވޭނެކަމަށް ވިދާޅުވެ ގަދަ ހެއްދެވި ހެއްދެވުމަށް ނިމުމެއް ގެނުވީތީ އެވެ. އިންސާފަކީ ގަނެ ވިއްކާ އެއްޗެއްގެ ގޮތުގައި ދެކެ، މަޤާމުގެ މަތިކަން ލިބޭ ކޮޅަކަށް ހުކުމްތައް ނެރުއްވުން ހުއްޓުމަކަށް ގެނުވީތީ އެވެ.

މިއީ ހައްތަހާވެސް ދެ ފަނޑިޔާރުން، ސުޕްރީމް ކޯޓުން ބޭރުކުރި މައްސަލާގައި އުފާކުރަންޖެހޭ ކަންތައްތަކެވެ. އެކަމުގައި ރައްޔިތުން އަތްޖަހަންޖެހޭ ސަބަބުތަކެވެ.

މި ދެންނެވި ދެ ފަނޑިޔާރުން ދެކިވަޑައިގެންނެވި ގޮތުގައި ކޮންމެގޮތަކަށް ހުކުމް ނެރުއްވިނަމަވެސް އެބޭފުޅުން ނެރުއްވާ ހުކުމެއްގެ މައްސަލައެއް ނުބެލޭނެ އެވެ. އެއީ ތިން ދުވަހު ތިންގޮތަށް ހުކުމްތައް ނެރުއްވިނަމަވެސް ކުރެއްވޭނެކަމެއް ނޫންކަމަށް އެބޭފުޅުން ދެކިވަޑައިގެން ތިއްބެވި އެވެ. އެންމެފަހު ވަގުތާއި ހަމައަށްވެސް ވިދާޅުވަމުންގެންދެވީ ނެރުއްވާ ހުކުމަކާއި ގުޅިގެން އެބޭފުޅުންގެ މައްސަލައެއް ނުބެއްލެވޭނެކަމަށެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް ވަކި ހައްދަކާއި، ވަކި އިމެއް އިންނަކަން މިދެންނެވި ދެ ފަނޑިޔާރުން އެނގިވަޑައިނުގެން ތިއްބެވުމަކީ ވަރަށް ލަދުވެތިކަމެކެވެ.

ޤާނޫނު އަސާސީންނާއި، ޤާނޫނުތަކުން ރައްކާތެރިކަމެއް ލިބުނުނަމަވެސް، އެ ރައްކާތެރިކަމެއް ދެމި އޮންނާނީ ވަކި އިމެއްގަ އެވެ. މިއަދު އެއްގޮތަށް ހުކުމް ނެރުއްވުމަށްފަހު، އަނެއް ދުވަހު ލިބިވަޑައިގަންނަވާ މަޤާމަކަށް ބެއްލެވުމަށްފަހު ހުކުމް ބަދަލުކުރައްވާ، ޖެހިގެން އަންނަ ދުވަހު ސަރުކާރު ބަދަލުވުމުން މަޤާމު ދިފާއުކުރައްވަން އެ ހުކުމް ތިންވަނަ ގޮތަށް ބަދަލުކުރައްވާނަމަ އެ އޮތީ އެކަމުގައި ހައްދުން ކައްސާލާފަކަން މި ދެންނެވި ބޭފުޅުން ދެކިވަޑައިނުގެންނެވުމަކީ ފަނޑިޔާރުކަމަށް ޝަރުތުހަމަނުވާކަން ހާމަކޮށްދޭ ކަންކަމެވެ.

ހަމަ މި ނުކުތާގައި އިތުރު ކަމެއްވެސް ހަނދާނަށް ގެންނަންޖެހެ އެވެ. ފަސް ފަނޑިޔާރުން އެއްބަސްވިދާޅުވެ، 2018 ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ހުކުމް އެޅުއްވުމަށްފަހު، އޭގެތެރެއިން ދެ ފަނޑިޔާރުން މަޅީގައި ޖައްސަވައި، ފުރާޅުން ޓިނު ނައްގަވަން ފުރުސަތު ދެއްވީވެސް މި ދެންނެވި ދެ ފަނޑިޔާރުންކަމެވެ. އެ ދުވަހު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ބޭފުޅާ ޖަލަށްލެއްވުމަށްފަހު އަތްޖައްސަވާ، މަޤާމުގެ ދަހިވެތިކަމުގައި އުއްތަމަ ފަނޑިޔާރުކަމަށް ވެޑުވިގެން އިންނެވީވެސް މިބޭފުޅާކަމެވެ.

މިއަދު އެ ފަނޑިޔަރުން ނިމުން އައިގޮތަކީ އެޔަށްވުރެވެސް ހުތުރު ގޮތެކަށްވުމެވެ. އެހެނީ ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުން ވަކިކޮށް، ސުޕްރީމް ކޯޓުން ބޭރުކޮށްލެވުނީ ރައްޔިތުން އެބޭފުޅުންގެ މައްޗަށްކުރާ އިތުބާރާ ނަޖާހަތްތެރިކަން އެއްކޮށް ގެއްލިފައިވާކަމަށް ގަބޫލުކޮށްފައިވަނިކޮށްކަމަށްވުމެވެ. އެބޭފުޅުންގެ ދިފާއުގައިނަމަވެސް އެއްޗެއް ބުނާނެ ރައްޔިތަކު ނެތްކަމުންނެވެ.

ފެނިގެންދިޔަ މަންޒަރަކީ އިންސާފުން އެއްކިބާވެ، މަޤާމުގެ ދަހިވެތިކަމުގައި ހުކުމްތައް ނެރުއްވަމުންގެންދަވާ ފަނޑިޔާރުންނަށް އިބުރަތެއްގެ ގޮތުގައި ނަގަންޖެހޭކަމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު