Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްއާރުއެމް

ދިވެހިރާއްޖެ ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ފެނޭ: އެމްއާރުއެމް

ރައީސް ޞޯލިޙުގެ ސަރުކާރަކީ އެމް.އާރް.އެމް އަށްވެސް ނިސްބަތްވާ ސަރުކާރަކަށްވުމަކީ ޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެެއްކަމަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2019 | އާދީއްތަ 16:42
މޯލްޑިވްސް ރީފޯރމް މޫވްމެންޓް (އެމްއާރުއެމް)

މޯލްޑިވްސް ރީފޯރމް މޫވްމެންޓް (އެމްއާރުއެމް)

މިއަދު ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރު ކަމަށް މޯލްޑިވްސް ރީފޯރމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

އެމްއާރުއެމް އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމާ ޙަވާލުވެވަޑައިގެން، ކޯލިޝަން ސަރުކާރެއް އުފެއްދެވިތާ އެއް އަހަރު ފުރޭ މުނާސަބަތުގައި ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ، އެމްއާރުއެމްގެ އިންތިޤާލި ރައީސް، ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި، ޕާޓީގެ އިންތިޤާލީ ކައުންސިލާއި، ޕާޓީގެ ލޮބުވެތި މެންބަރުންގެ ނަމުގައި ރައީސް ޞާލިޙަށް ތަހުނިޔާއާއި މުބާރިކްބާދީ ދަންނަވާކަމަށެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަކީ އެމް.އާރް.އެމަށްވެސް ނިޞްބަތްވާ ސަރުކާރަކަށްވުމަކީ ޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެެއްކަމުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ވަނީ ސަރުކާރަށް އެއްއަހަރު ފުރުނުއިރު، އެކި ދާއިރާތަކުން ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ. އެއީ ރާއްޖޭގައި ޞުލްޙަމަސްލަސްކަމާއި އަމަން އަމާންކަން ޤާއިމުކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއިއެކު ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ނަތީޖާގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. އަދި ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް، ދަމަހައްޓަވާ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅު ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާއެކުގައި ކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުން ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު ފެންނަމުންދާކަމަށާއި ޞަރަޙައްދީ ޤައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަމުން، ބައިނަލްއަޤުވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލާ ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ބަޔާން ނިންމާލަމުން އެމްއާރުއެމުން ބުނީ ކާމިޔާބުކަމާއެކު ސަރުކާރު ހިންގުމުގައި ރައީސް ޞާލިޙު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި އެމްއާރްއެމްގެ ރައީސް އަދި ޕާޓީގެ މެންބަރުންގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުމެ ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ސަރުކާރަށް އަރުވާކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

ދިވެހިރާއްޖެ އދ. ގެ ހިޔުމަންރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް: އެމްޑީޕީ

08 ޖޫން 2017
ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

ޤަތަރާއި ގުޅުން ކަނޑާލަން ދިވެހިރާއްޖެއިން ވެސް ނިންމައިފި

05 ޖޫން 2017
ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން

ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ހިންގޭނެ މަންޒަރު ފެންނާނެ: އަމީން

10 މެއި 2017
ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

ސަރުކާރުގެ އިދާރާއެއްގެ ތެރޭގައި ފަހަރަކު ދޫންޏެއް ފަހަރަކު ދޫންޏެއް ކަތިލަމުން ދިޔަ ހިތްދަތި މަންޒަރު

29 މާރިޗު 2017
ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

ފެންނަމުން މިދަނީ ހުރިހާ ދިމާލަކުންވެސް ޑިފެންސަށް ކުޅެމުންދާ މަންޒަރު: ޢަލީ ޒާހިރު

19 މާރިޗު 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު