Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޢިޔާސުއްދީން ސްކޫލް

ވޯލްޑް ސްކޮލަރސް ކަޕްގައި ބައިވެރިވެ ޢިޔާސުއްދީން ސުކޫލުން އަނެއްކާވެސް ރަން ވަނަތަކެއް!

ޢިޔާސުއްދީން ސުކޫލަށް މިއަހަރު ޖުމުލަ 35 މެޑަލް ލިބިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2019 | އާދީއްތަ 13:53
ވޯލްޑް ސްކޯލަރސް ކަޕްގެ ޓޯރނަމެންޓް އޮފް ޗެމްޕިއަންސްގައި ބައިވެރިވި ކުދިންނަށް މަރުހަބާ ކިއުން

ވޯލްޑް ސްކޯލަރސް ކަޕްގެ ޓޯރނަމެންޓް އޮފް ޗެމްޕިއަންސްގައި ބައިވެރިވި ކުދިންނަށް މަރުހަބާ ކިއުން

ބައިނަލްއަޤުވާމީ ދިރާސީ މުބާރާތެއް ކަމަށްވާ ވޯލްޑް ސްކޮލަރސް ކަޕްގެ ޓޯރނަމެންޓް އޮފް ޗެމްޕިއަންސްގައި ބައިވެރިވެ ޢިޔާސުއްދީން ސުކޫލުން ރަން ވަނަތަކެއް ހާސިލުކޮށްފިއެވެ.

މީގެ ކުރިންވެސް މި މުބާރާތުގައި ވާދަކޮށްފައިވާ ޢިޔާސުއްދީން ސުކޫލަށް މިއަހަރު ޖުމުލަ 70 މެޑަލް ލިބިފައިވާއިރު، އޭގެ ތެރޭގައި ޖޫނިއަރ ޓީމަށް ލިބުނު 17 ގޯލްޑް މެޑެއްޔާއި، 12 ސިލްވަރ މެޑަލްގެ އިތުރުން ސީނިއަރ ޓީމަށް ލިބުނު 18 ގޯލްޑް މެޑެއްޔާއި، 23 ސިލްވަރ މެޑަލް ހިމެނެއެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެ ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަހުމީމާ އަބްދުލް ޢަފޫރު ވިދާޅުވީ، މިއީ ސުކޫލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީ ހޯދުމުގައި އެންމެ އިސް ރޯލެއް އަދާކޮށްދެއްވި އެއް ބަޔަކީ ބެލެނިވެރިންކަމަށެވެ. އަދި މިފަދަ މުބާރާތް ތަކުގައި ބައިވެރިވުމަކީ ބައިނަލްއަޤުވާމީ ގޮތުން ހިނގަމުންދާ ގިނަ ކަންތައްތަކަށް ކުދިންގެ ލޯ ހުޅުވި ގިނަ ކަންތައްތަކެއް ދަސްވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މުބާރާތުގައި ބައިވެރިވި ކުދިންވެސް ބުނެފައިވަނީ މިފަދަ ފުރުސަތެއް ލިބުމުން އުފާވާ ކަމަށާއި، މި ލިބުނު ކާމިޔާބީއަށްޓަކައި ސުކޫލުން ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޢިޔާސުއްދީން ސުކޫލު 2010 ވަނަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރި ފަހުން އެސްކޫލުން އަންނަނީ ބައިނަލްއަޤުވާމީ ފެންވަރުގެ އެކި މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއަށް ރީތިނަން ހޯދައިދެމުންނެވެ. އެގޮތުން މީގެ ކުރިންވެސް ވޯލްޑް ސްކޯލަރސް ކަޕްގެ މުބާރަތްތަކުގައި ބައިވެރިވެ އެ ސުކޫލުން ވަނީ ފަޚުރުވެރި ވަނަތަކެއް ހާސިލުކޮށްފައެވެ.

އިތުރަށް ކިޔާލަން

22 ޖުލައި 2017

ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު

22 ޖުލައި 2017
ރާއްޖެ ބައިވެރިވެފައިވާ މުއާހަދާ ބުނަނީ މުޒާހަރާ ކުރެވޭނެ ކަމަށް:ޑރ ޝަހީދު
09 ޖުލައި 2017

އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި

09 ޖުލައި 2017
އޯއައިސީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު އާސިމް ފުރާވަޑައިގެންފި
04 ޖުލައި 2017

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

04 ޖުލައި 2017
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް
24 ޖޫން 2017

ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!

24 ޖޫން 2017
ކުނި މެނޭޖް ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް 17.5 މިލިއަން ޑޮލަރު ދެނީ!
21 ޖޫން 2017

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ: ހަސަން ލަތީފް

21 ޖޫން 2017
އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައިގަންނަވާނެ: ހަސަން ލަތީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު