Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީސީބީ

ޕީސީބީ މެމްބަރުންނަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ ކޮމެޓީއަށް

ރައީސް އެ ހަތް ބޭފުޅުންގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ ބުދަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް | 14 ނޮވެމްބަރު 2019 | ބުރާސްފަތި 04:36
ޕީސީބީ ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުން

ޕީސީބީ ހިންގަނީ ފިނޭންސް މިނިސްޓްރީގެ ދަށުން

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޢައްޔަންކުރައްވާފައިވާ 7 މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ ކޮމެޓީއަށް ފޮނުވައިފިއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ(ހ)އާއި (ށ) އާއި ، 9 ވަނަ މާއްދާގެ (ހ)އާއި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕީސީބީގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކޮށް ގޮތެއް ނިންމުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީ (އެސްއޯއީ) އަށެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕީސީބީގެ މެންބަރުކަމަށް ޢައްޔަން ކުރައްވާފައިވާ ހަތް ބޭފުޅުންގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

ވަކި ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން ބޯޑު އުފައްދާފައި ވަނީ 2013 ވަނަ އަހަރު އެވެ. ދެ ފަހަރެއްގެ މަތިން އެ ބޯޑަށް މެމްބަރުން އައްޔަން ކުރިިއިރު މަޖިލީހުގެ ރުހުން ހޯދާފައީ ނުވާތީ އެސްއޯއީ އިން ވަނީ އެބޯޑު އަލުން އެކުލަވާލުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓުގައި ފާހަގަކޮށްފަ އެވެ. އަދި އެ މެމްބަރުންގެ ޒިންމާ އެކަށީގެންވާ ގޮތަށް އަދާކޮށްފައިނުވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕީސީބީގައި ތިއްބެވި މެމްބަރުން ވަކިކޮށް އައު މެމްބަރުންތަކެއް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮގަސްޓް މަހުގެ 7 ވަނަ ދުވަހުއެވެ.

ދައުލަތުގެ ވިޔަފާރީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުން އަދި މޮނިޓާކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި 7 މެމްބަރުން ހިމެނޭއިރު، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ އެ ބޯޑުގެ ޒިންމާއެކެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު