Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަނޑިޔާރު އާދަމް މުހަައްމަދު

ޖޭއެސްސީގެ އަމުރަކީ ބާތިލް އެއްޗެއް، ހާޒިރެއް ނުވާނަން: ފަނޑިޔާރު އާދަމް މުހައްމަދު

ފަނޑިޔާރު އުޒުރުވެރިވީ ސަބަބެއް އަދި އެނގިފައެއް ނުވޭ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2019 | އަންގާރަ 08:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ

ތަހުގީގަށް ހާޒިރުވެވަޑައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އުޒުރުވެރިވެ ވަޑައިގެންފިއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަން ނިންމާފައިވާ ސުލޫކީ މައްސަލައިގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲގެ ފަރާތުން ޤާނޫނީ ވަކީލެއްގެ ގޮތުގައި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ހަމަޖެއްސެވިކަމުގައި ވީ ނަމަވެސް، ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ފުލް ބެންޗުން ބަލަންޖެހޭ މައްސަލައެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްސަލަ ބައްލަވާ ކޮމިޓީއިން ނިންމަވައި އެ މައްސަލައިގައި ވަކީލެއްގެ ގޮތުގައި ހަމަޖެއްސި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޤަބޫލުނުކުރެވޭނެކަމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީއިންނާއި ޤާނޫނުތަކުން ސުޕްރީމް ކޯޓަށް ލިބިދީފައިވާ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އިޚްތިޞާޞްގެ ތެރެއަށްވަދެ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދުސްތޫރީ އިޚްތިޞާޞްގެ ބޭރުން ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) ގެ ދަށުން ފަނޑިޔާރުންނަށް ލިބިދީފައިވާ މުސްތަޤިއްލުކަމުގެ މަބްދައާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ޣައިރު ދުސްތޫރީ ޢަމަލެއްކަމަށެވެ. އަދި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) އިން ޤާނޫނީ ވަކީލެއްގެ އެހީއަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދާ ލިބިގަތުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީއިން ލިބިދީފައިވާ އަސާސީ ޙައްޤެއްކަން އެނގެން އޮތްއިރު، ޤާނޫނުއަސާސީގެ 69 ވަނަ މާއްދާގައި ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އެހެންކަމުން ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ޤަބޫލުނުކުރުމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީގެ މާއްދާތަކާ ކަނޑައެޅިގެން ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން ސާފުކަން ބޮޑުގޮތެއްގައި އެނގޭތީ ކޮމިޓީގެ އެ ނިންމުމަކީ ޤާނޫނީ އެއްވެސް އަސާސެއްނެތި ޤާނޫނުއަސާސީގެ 53 ވަނަ މާއްދާއިން ލިބިދީފައިވާ އަސާސީ ޙައްޤުން ޤަޞްދުގައި މަޙްރޫމްކުރުމަށް ނިންމާފައިވާ ތަޢައްޞުފީ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮންކަމަށެވެ.

އޭގެއިތުރުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ނޯޓިސްގައިވާ ކަންކަމަކީ ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި ނަގައިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލެވޭނެ މައްސަލަތަކެއް ނޫންކަމަށްވެސް، ފަނޑިޔާރު އާދަމް މުހައްމަދު، ޖޭއެސްސީއަށް ހާޒިރުވުމަށް އުޒުރުވެރިވެވަޑައިގެންނެވި މައްސަލާގައި ސުޕްރީމް ކޯޓުން ނެރިފައިވާ ނޫސް ބަޔާނުގައި ބުނެފައިވއެވެ. އަދި އެ ބަޔާނުގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ނޯޓިސްގައި ބަޔާންކޮށްފައިވާ މައްސަލަތައް ތަޙުޤީޤުކުރުމުގެ ނަމުގައި ފޮނުވާފައިވާ "ތަޙުޤީޤަށް ޙާޟިރުވުމުގެ އަމުރު" އަކީ އޭގެ ޒާތުގައި ބާޠިލް އަމުރެއްކަމުގައި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ ދެކެވަޑައިގަންނަވާކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގެ ތަހުޤީޤްގެ ދެ ވަނަ އަޑުއެހުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ބާއްވާފައިވާއިރު ވަކީލަކު އައްޔަންނުކުރެވޭކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތަހުޤީޤް ޓީމުން ނިންމީ ވަކީލަކު އައްޔަންކުރުމަށް ފަނޑިޔާރު އާދަމް މުހައްމަދު އަށް ފަހު ފުރުސަތެއް ދިނުމަށެވެ.

ފުރަތަމަ އަޑުއެހުމުގައި ފަނޑިޔާރު އާދަމް މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށުން ހިނގަމުންދިޔަ ޖުޑީޝަލް އެކަޑަމީގެ ކުރީގެ ޗާންސެލަރު އަހުމަދު މާޖިދު ހަމަޖެއްސިިއިރު ފަނޑިޔާރު އާދަމް މުހަމަދުގެ ގަނޫނީ ވަކީލެއްގެ ގޮތުގަައި ޑރ ޖަމީލް ބަލައި ނުގަތުމަށް ތަހުގީގު ޓީމުން ވަނީ ނިންމާފައެވެ.

ސަބަބެއް ކަމަށް ވަނީ، ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ ދުސްތޫރީ މައްސަލައެއްގެ އެއް ހަސްމަށް ޖަމީލު ވެވަޑައިގަންނަވާތީ އެވެ. އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާތީ، އެއީ ފަނޑިޔާރުގެ ސުލޫކީ މިންގަޑާ ހިލާފުކަމެއް ކަމަށެވެ. އަދި ވަކި ސުލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ޖޭއެސްސީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ތަހުގީގު ކޮމެޓީން ނިންމާފައި ވެއެވެ.

ފަނޑިޔާރު ވިދާޅުވީ ވަކީލަކު ހޯދުމަށް ވަރަށް މަސައްކަތްކުރެއްވިކަމަށެވެ. ނަމަވެސް ވަކީލަކު ލިބިވަޑައިނުގެންނެވިކަމަށާއި، ވަކީލުން އެކަމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށެވެ. ސަބަބެއްކަމަށް ފަނޑިޔާރު އަދަމް މުހައްމަދު ވިދާޅުވީ ދެން ވަޑައިގަންނަވާ ވަކީލަކުވެސް ބަލައި ނުގަތުމަށް ޖޭއެސްސީން ނިންމަފާނެތީ އާއި، އެ ވަކީލްގެ މައްސަލަ ބަރ ކައުންސިލަށް ފޮނުވާކަމުގެ ބިރު ވަކީލުންނަށް އޮތުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގެ ޖަލްސާތަކަށް ގާސިމް މިއަދު ވެސް ހާޒިރެއް ނުކުރި!

މަޖިލީހުގެ ޖަލްސާތަކަށް ގާސިމް މިއަދު ވެސް ހާޒިރެއް ނުކުރި!

11 އެޕްރީލު 2017
ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

ޕާޓީން ވަކިކުރި ނިންމުން ބާތިލްކުރުމަށް ގާނޫނޫ ތަންދިން އެންމެ ދުރަކަށް ދާނަން: އަމީތު

29 މާރިޗު 2017
ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

ރިޒަރވްއާ ގުޅިގެން ރައީސް ނަޝީދު ކުރި ޓްވީޓްގައި ހުރި މައުލޫމާތާއި މެދު އެއްޗެއް ބުނަން ބޭނުމެއް ނޫން: އެމްއެމްއޭ

12 މާރިޗު 2017
ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

ދިދަ ބޭނުންކުރުމުގެ އުސޫލަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް، އެއަށް އަމަލުކުރާކަން ނުޖެހޭނެ: ވަކީލުން

10 މާރިޗު 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު