Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2020: އާމްދަނީ އިތުރު ކުރުން

އެއަރޕޯޓް ސަރވިސް ޗާޖު އުވާލުމަށްފަހު، ތިން ފަންތިއެއްގެ ޑިޕާޗަރ ޓެކުހެއް އަންނަ އަހަރު ތަޢާރަފު ކުރަނީ!

ސަރވިސް ޗާޖު އުވާލުމަށްފަހު، ޑިޕާޗަރ ޓެކްސްއެއް، އިކޮނޮމިކް ކްލާހުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2019 | އާދީއްތަ 06:27
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް--

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް--

މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެމަގުން ރާއްޖެއިން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ އެއަރޕޯޓް ސަރވިސް ޗާޖު އުވާލުމަށްފަހު، ތިން ފަންތިއެއްގެ ޑިޕާޗަރ ޓެކުހެއް ނެގުމަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ.

މިހާރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަމުން ދެއެވެ. އެފައިސާ ނަގަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، ބަޖެޓަށް ޢާމްދަނީ އިތުރު ކުރުމަށްކަމަށް ބުނެއެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ހުށަހަޅާ ފުރަތަމަ ބަޖެޓް، މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، ޢާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އައު ކަންތައްތަކުގެ ތެރެއިން އެއަރޕޯޓް ސަރވިސް ޖާޗު އުވާލުމަށްފަހު، އޭގެ ބަދަލުގައި ޑިޕާޗަރ ޓެކުހެއް ނެގުމަށް ވަނީ ހުށަހަޅާފަ އެވެ. އެގޮތުން ނެގޭ ޑިޕާޗަރ ޓެކުހާއި ފީނެގޭ ރޭޓުތަކެއް ވަނީ ކަނޑާއަޅާފަ އެވެ.

އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 12 ޑޮލަރެވެ. ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒިނަސް ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން 60 ޑޮލަރު ނެގުމަށް ހަމަޖެހިފައިވާއިރު، ބިދޭސީންގެ އަތުން ނެގުމަށް ނިންމާފައިވަނީ ވެސް 60 ޑޮލަރެވެ. ފަސްޓް ކްލާހުގައި ދަތުރު ކުރާ ދިވެހިންގެ އަތުން 90 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ބިދޭސީންގެ އަތުން ވެސް 90 ޑޮލަރު ނެގުމަށް ހުށަހަޅާފައި ވެއެވެ.

ބަޖެޓް ފޮތުގައި ބުނެފައިވާގޮތުން، އެގޮތަށް ޓެކުހާއި ފީ ބަދަލު ކުރުމުގެ މައިގަނޑު މަޤްޞަދަކީ ބޮޑު އަގުގައި ދަތުރުފަތުރު ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކުގެ އަތުން އިތުރަށް މި ފީ އަދި ޓެކްސް ނެގުން ކަމަށެވެ. އެއީ މިފަދަ ފަރާތްތަކަކީ ދަތުރުފަތުރުގެ އަގަށް ބަދަލު އައިކަމުގައިވީ ނަމަވެސް ދަތުރުފަތުރުކުރުމުގެ މާބޮޑު ބަދަލެއް ނުގެންނާނެ ފަރާތްތަކަށްވާނެތީއެވެ.

މިގޮތުން ނެގޭ ޓެކުހާއި ރޭޓުތައް ބަދަލުކޮށް ނަގަން ފެށުމަށް ހުށަހަޅާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އަދި އަގުތަށް ބަދަލު ކުރުމުން 2020 ވަނަ އަހަރު 319.2 މިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ބަޖެޓް ފޮތުގައި ބުނެފައި ވެއެވެ.

އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ޗާޖުތަކެއް ނެގުމަށް ކުރިން އެއަރޕޯޓް ތަރައްޤީކޮށް، ހިންގުމަށް ޙަވާލުކުރި ޖީއެމްއާރުން ވެސް މަސައްކަތް ކުރިއެވެ. އެކަމާ އޭރުގެ އިދިކޮޅު ފަރާތަކުންނާއި ޢާއްމު ރައްޔިތުންގެ ބަޔަކު ނުރުހުން ފާޅުކުރިއެވެ.

ނަމަވެސް ޖީއެމްއާރު ރާއްޖެއިން ބޭރުކުރުމަށްފަހު، ޖީއެމްއާރު ބޭރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އަދި އެ ސަރުކާރުގެ އިސް ބައެއްވެރިންނާއި އޭރު ސަރުކާރަށް ތާއީދު ކުރާ ބައެއް މަޖިލިސް މެމްބަރުންގެ ކަންބޮޑުވުންތަކަށް ފުރަގަސްދީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެެއްސެއްގެ އަތުން ސަރވިސް ޗާޖާއާއި ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 24 ޑޮލަރު ނަގަމުން ނެވެ. އަދި ފުރާ ކޮންމެ ބިދޭސީއެއްގެ އަތުން 50 ޑޮލަރު ނަގަމުން ނެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު