Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައިލަމް

ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ވާޖަހާ ދަމަމުން!

ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗެންޗޭން ޖަހައިގެން ދަމާފައި ގެންދާ މަންޒަރު ކުރެހުމުން ފެނޭ

| 4 ނޮވެމްބަރު 2019 | ހޯމަ 00:29
ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫއްޕުގައި ނަސްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއާކުރި ކުރެހުން

ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫއްޕުގައި ނަސްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއާކުރި ކުރެހުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކަރުގައި ވާ ޖަހައިގެން ދަމާ ކުރެހުމަކާއެކުކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ހައިލަމް ކްރިމިނަލް ކޯޓުގެ މުވައްޒަފުން ތިބޭ ވައިބަރ ގްރޫޕެއްގައި ނަޞްރުގެ ދުވަހުގެ ތަހުނިޔާއެކު ޝެއަރކުރި ކުރެހުމަކުންނެވެ. މި ކުރެހުމުން ފެންނަނީ ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ހުސައިން އާދަމް ބަޑިއަކާއެކު ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީއާއި އަދި ބައެއް އެހެން މީހުންގެ އިތުރުން ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ކަރުގައި ޗެންޗޭނު ޖަހައިގެން ދަމާފައި ގެންދާ މަންޒަރެވެ. އަދި މި ކުރެހުމުގައި ރައީސް ނަޝީދާއި, ރައީސް ސޯލިހުގެ އަތުގައި ވަނީ ބިޑި އަޅުވާފައެވެ.

އެ ކުރެހުމުގެ މަތީގައި ލިޔެފައިވަނީ 'އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު' އެވެ.

މިކަމާއި ގުޅޭގޮތުން ގާޒީ ހައިލަމްގެ ބަހެއް އަދި ލިބޭގޮތްވެފައެއް ނުވެ އެވެ.

ހައިލަމް އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެއިރު ސަރުކާރުގެ އިސްވެރިން ވިދާޅުވި ގޮތަކަށް ހުކުމް ނެރުއްވަމުން ގެންދެވި ބޭފުޅެއްކަމަށް އެއިރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރުގެ ސަރުކާރުގެ އިސް ފަރާތްތަކުން ތުހުމަތު ކުރައްވަމުން ގެންދެވި ފަރާތެކެވެ.

މީގެ އިތުރުން ހައިލަމާ ގުޅޭ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމިކަން އެ ކޮމިޝަނުން ވަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބުނެފައެވެ. ހައިލަމްގެ މައްސަލަ ބެލުމަށް ނިންމާފައިވީ ނަމަވެސް، އެ ކޮމިޝަނުން ބަލަން ނިންމާފައިވަނީ ހައިލަމްގެ ކޮން މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހައިލަމްގެ މައްސަލައެއް ބަލަމުންދާކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާކަމަށް ވެސް ހައިލަމް ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ހައިލަމް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އަދި އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ އައްޔަން ކުރެއްވީ ރައީސް ޔާމީނުގެ ވެރިކަމުގައި މިދިޔަ އަހަރުގެ މެދު ތެރޭގައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ގާޒީ ހައިލަމް ބައްލަވާއިރު، އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު