Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީރާން ބޯޓު

އިންޖީން ހުއްޓިގެން ހާލުގައި ޖެހުނު އީރާން ބޯޓުގައި މަސްތުވާތަކެތި!

3 ނޮވެމްބަރު 2019 | އާދީއްތަ 13:51

މި ބޯޓުގައި އީރާނުގެ 7 ފިރިހެނުން ތިބި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 3 ނޮވެމްބަރު 2019 | އާދީއްތަ 13:51
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދަނިކޮށް ފެނުނު އީރާންގެ ބޯޓު

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އޮޔާދަނިކޮށް ފެނުނު އީރާންގެ ބޯޓު

އާދީއްތަ ދުވަހު ހެނދުނު އިންޖީން ހުއްޓިގެން އޮޔާދަނިކޮށް ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން ފެނުނު އީރާން ބޯޓުގައި މަސްތުވާތަކެތިކަމަށް ޝައްކުރެވޭ އެއްޗެއް ހުރިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މީގެ ކުރިން ފުލުހުން ބުނެފައިވަނީ އދ. މަންދޫ ބޭރުން ރާއްޖެއިން ބޭރުގެ ލަކުޑި ބޯޓެއްގެ އިންޖީނު ހުއްޓިގެން އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިގެން ދިވެހި ފުލުހުން އެ ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ބޯޓު އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުނީ އާދީއްތަ ދުވަހުގެ ހެނދުނު 8:20 ހާއިރު ކަމަށާއި، މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކޯސްޓް ގާޑަށް މަޢުލޫމާތު ދިނުމަށްފަހު ފުލުހުން އެޞަރަޙައްދަށް ދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މި ބޯޓުގައި އީރާނުގެ 7 ފިރިހެނުން ތިބިކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ މަސްތުވާތަކެއްޗަށް ޝައްކުކުރެވޭތަކެއްޗާ އެކު ރާއްޖޭގެ ޞަރަޙައްދުން ބޭރުގެ މަސްބޯޓެއް ހިފަހައްޓާފައިވާ ކަމަށެވެ.

އަދި މި މަސްބޯޓު ހިފަހައްޓާފައިވަނީ، ގޮތްނޭނގޭ އުޅަނދެއް ރާއްޖޭގެ ސަރަޙައްދުން ދަތުރުކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިގެން، އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، އދ.މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުގައި އެ މަސްބޯޓު އޮއްވައި، މިއަދު ހެނދުނު 11:40 ހާއިރު ކަމަށެވެ.

މި މަސްބޯޓަށް ސިފައިންނާއި ފުލުހުން އަރައި، ބެލިބެލުމުގައި އެބޯޓުގެ ތެރޭގައި، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނިފައިވާ ކަމަށާއި، އެހެންކަމުން، އެ ބޯޓު އިތުރަށް ބަލައި ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ ކުރިން ވެސް ރާއްޖެ ޞަރަޙައްދުން ހިފަހެއްޓި އިރާނުގެ ބޯޓަކުން ވަނީ 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ދަންޖެހުނު ކުއްޖާގެ މަރާ މެދު ޝައްކުތަކެއް އުފެދޭތީ އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ގެނެސްފި

09 އޯގަސްޓު 2017
ދަންޖެހުނު ކުއްޖާގެ މަރާ މެދު ޝައްކުތަކެއް އުފެދޭތީ އިތުރު ޓެސްޓުތަކެއް ހެދުމަށް މާލެ ގެނެސްފި
04 އޯގަސްޓު 2017

އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި

04 އޯގަސްޓު 2017
އިންޑިއާ ދަރިވަރުން ތަކެއް ރާއްޖޭގައި ހާލުގައި ޖެހިފައި
31 ޖުލައި 2017

ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

31 ޖުލައި 2017
ވިލާއިން ދައްކަން ޖެހުނު 18 މިލިއަން ޑޮލަރުގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
19 ޖޫން 2017

ޓީބީޖެހުނު ބިދޭސީ ނަރުސް މަރުވެއްޖެ

19 ޖޫން 2017
ޓީބީޖެހުނު ބިދޭސީ ނަރުސް މަރުވެއްޖެ
14 ޖޫން 2017

އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން

14 ޖޫން 2017
އިސްލާހީ މަސައްކަތުގައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ރައީސް މައުމޫން
30 މެއި 2017

އަވަށްޓެރިން ހާލުގައި، ދިވެހި ސަރުކާރުގެ ކަންބޮޑުވުމެއް ނެތީތަ؟

30 މެއި 2017
އަވަށްޓެރިން ހާލުގައި، ދިވެހި ސަރުކާރުގެ ކަންބޮޑުވުމެއް ނެތީތަ؟
28 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

28 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި
18 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި

18 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް ވަގުތީ ބޯހިޔާ ވެހިކަން ފޯރުކޮށްދީފި
27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
03 ފެބުރުއަރީ 2017

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް