Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޓޫރޯ ވިޑާލް

ޗައިނާ ކްލަބެއްގެ ހުށަހެޅުން ރިޖެކްޓްކޮށް، ވިޑާލް އިންޓައަށް ބަދަލުވަނީ!

ބާސާއާއެކު ވިޑާލް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2019 | ހުކުރު 07:28
އާޓޫރޯ ވިޑާލް

އާޓޫރޯ ވިޑާލް

ޗައިނީޒް ސުޕަރ ލީގުގެ ޝަންހާއީގެ ހުށަހެޅުން ރިޖެކްޓްކޮށް، ބާސެލޯނާއަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އާޓޫރޯ ވިޑާލް އިންޓަ މިލާނަށް ބަދަލުވާން އުލޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އިންޓަ ނިއުސްއިން ބުނީ، ޝަންހާއީއަށް ބަދަލުވާން ވިޑާލް ބޭނުންނުވާ ކަމަށާއި، އޭނާ ބޭނުންވަނީ ޔުވެންޓަސްގައި ހުރި ދުވަސްވަރު އިރުޝާދުދިން އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދެމުން އަންނަ އިންޓައަށް ބަދަލުވާން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ޝަންހާއީން ވަނީ ވިޑާލްއަށް ބޮޑު ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް އޭނާ އެ ހުށަހެޅުން ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 32 އަހަރުގެ ވިޑާލް ބާސާއާއެކު 2021 ވަނަ އަހަރަށް އެއްބަސްވުން ހަދާފައިވާއިރު، އޭނާ ހޯދުމަށް ޗައިނާގެ އިތުރުން ޖަރުމަން އަދި އިޓަލީގެ ކްލަބްތަކުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެކުރިން ޔުވެންޓަސް އަދި ބަޔާން މިއުނިކަށް ވެސް ކުޅެފައިވާ ވިޑާލް ވަނީ ބާސާއަށް މިހާތަނަށް ކުޅުނު 61 މެޗުގައި ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ލަލީގާ އާއި ސްޕެނިޝް ސުޕަކަޕް ކާމިޔާބު ކޮށްފައެވެ.

ބަޔާންއާއެކު ތިން ލީގު ތަށި ކާމިޔާބުކޮށްފައިވާ ވިޑާލް ވަނީ ޔުވެންޓަސްއާއެކު ހަތަރު ލީގު ތަށި ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްއާއެކު ޗެމްޕިއަންސް ލީގުގެ ދެވަނަވެސް ހޯދާފައެވެ.

ވިޑާލް ވަނީ ޗިލީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 115 މެޗުގައި 28 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެޓީމާއެކު ކޮޕަ އެމެރިކާވެސް ކާމިޔާބުކޮށްފައެވެ.

ޗިލީގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައިވާ ވިޑާލް ވަނީ ބޭރު ގައުމެއްގައި ކުޅޭ ޗިލީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޔުވެންޓަސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އެއްފަހަރު ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

21 އެޕްރީލު 2017
ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

ޗައިނާ ލީގުން ހުށަހެޅި 100 މިލިއަން ޕައުންޑުގެ ހުށަހެޅުން ރިޖެކްޓްކުރިން: އޮޒިލް

17 އެޕްރީލު 2017
އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

އޭޝިއަން ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ޓީޓީ ޓީމު ޗައިނާއަށް ފުރައިފި

30 މާރިޗު 2017
ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

ޕްރިމިއާ ލީގް ކްލަބްތަކުން ކުރި ހޭދައަށް ވުރެ ޗައިނާ ސުޕާ ލީގް ކްލަބްތަކުން ކުރި ހޭދަ މައްޗަށް!

01 މާރިޗު 2017
ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

ރޫނީއަށް ރޮނާލްޑީނިއޯގެ ނަސޭހަތް: ޗައިނާއަށް ނުދާތި

26 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު