Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޔޫއެމް

އައިޔޫއެމްގެ ޖާގަ ކުޑަވެ ކޮރިޑޯވެސް ކުލާސްރޫމްތަކަށް ހަދައިގެން ބޭނުންކުރޭ: ޒަކަރިއްޔާ

30 އޮކްޓޯބަރު 2019 | ބުދަ 14:06

އައިޔޫއެމްގެ އިމާރާތަކީ ގާތްގަނޑަކަށް 1000 ދަރިވަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ އިމާރާތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 އޮކްޓޯބަރު 2019 | ބުދަ 14:06
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ (ވ) އަދި ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިން (ކ)

އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ (ވ) އަދި ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިން (ކ)

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިމާރާތް މިހާރުހުރި ގޮތުން ޖާގައިގެ ދަތިތައް ދިމާޥެގެން ކޮރިޑޯގައި ކުލާސްރޫމްތައް ހަދައިގެން ބޭނުންކުރަންޖެހޭކަމަށް އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ މިހާރު ބޭނުންކުރާ އިމާރާތަކީ 2003 ވަނަ އަހަރު ކިންގް ފަހަދުގެ ހާއްސަ އިނާޔަތެއްގެ ދަށުން ސާނަވީ މަދުރަސާއެއް ހިންގުމަށް ބިނާކުރެއްވި އިމާރާތެއް ކަމަށެވެ. އަދި އެތަނަކީ ސާނަވީ މަދުރަސާއެއް ހިންގުމަށް ބޭނުންވާ ކަންތައްތަކަކާއި އަމާޒުކުރެވިގެން ފަރުމާ ކުރެވިފައިވާ އިމާރާތެއް ކަމަށާއި، އެއީ ގާތްގަނޑަކަށް 1000 ދަރިވަރުންނަށް އަމާޒުކޮށްގެން ހަދާފައިވާ އިމާރާތެއް ކަމަށެވެ.

Advertisement - newsAdvertisement

އައިޔޫއެމްގެ މިހާރުވެސް 2000 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ. އަދި އެތަނުގައި ފުލްކޮށް ކޮންމެ ދުވަހަކުވެސް ހެނދުނުން ފެށިގެން ރޭގަނޑު 11 ޖަހަންދެން ކުލާސްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް 2015 ވަނަ އަހަރު ޔުނިވާސިޓީއަކަށް ބަދަލުވި ހިސާބުން ފެށިގެން ޔުނިވަރސިޓީގެ އެކިއެކި ރިކުއަރމެންޓްތަކަށް ލެކްޗާ ހޯލްތަކާއި އަދި އޮޑިޓޯރިއަމްފަދަ ތަންތަނަށް ބޭނުންވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އެއީ ކަލެކްޓިވްކޮށް ގެންދާ ބައެއް ކޯސްތަކަށް 120 ދަރިވަރުން އެއްފަހަރާ ގެނެސް ލެކްޗާ ދިނުންފަދަ ބައެއް ކޯސްތައް ހިނގާއިރު، އެފަދަ ކޯސްތަކަށްވެސް އޮޑިޓޯރިއަމް ކަހަލަ ތަނެއް ނެތުމުގެ ސަބަބުން ވަރަށްބޮޑެތި ދަތިތަކެއް ދިމާވާ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ އައިޔޫއެމްގެ ޓްރަސްޓް ފަންޑަށް ލިބުނު އެހީއެއްގެ ތެރެއިން މިދިޔަ އަހަރުތެރޭގައި ހުޅުމާލެއިން 4300 އަކަފޫޓްގެ ބިމެއް ގަނެފައިވާ ކަމަށެވެ. މި ބިން އައިޔޫއެމުން ގަނެފައިވަނީ 5 މިލިއަން ރުފިޔާއަށެވެ. އަދި މި ބިމުގައި ގާތްގަނޑަކަށް ހަތް ބުރީގެ އިމާރާތެއް ހެދޭނެ ކަމަށާއި، އޭގެ ބޭނުމަކީ އައިޔޫއެމް ވީހާ ވެސް ބޮޑަކަށް ބަޖެޓަށް ޑިޕެންޑް ނުކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ގޮތެއް ވުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އިމާރާތުގެ ޑިޒައިން ކުރަހާ ބީއޯކިއު ވެސް ތައްޔާރުކުރެވިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުގެ ތެރެއިން އޯއައިސީގެ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ވަރަށްބޮޑު އިންޓްރެސްޓެއް ފާޅުކުރައްވާ މި އިމާރާތް އެބޭފުޅުންގެ އަމިއްލަ ހަރަދުގައި ހައްދަވައި ދެއްވުމަށް ހުށަހަޅުއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބައެއް ކަންކަން ހުރި ގޮތުން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އެކަން ކުރުމަށް ގާނޫނީ ޕްރޮސެސްއެއްގެދަށުން އެކަންކަން ހަމަޖައްސަން ޖެހޭ ކަމަށާއި، މި ޕްރޮޖެކްޓައް ފަންޑު ލިބިފައިވީ ނަމަވެސް ލީގަލް ޕްރޮސެސްގެ ދަށުން މިކަން ކުރަން ޖެހޭތީ މަސައްކަތް ލަސްވާ ކަމަށެވެ. އަދި އަންނަ އަހަރު ފެށޭ ހިސާބުގައި އިމާރާތްކުރަން ފެށޭގޮތް ވާން އޯއައިސީން ބޭނުންވި ނަމަވެސް، އެކަން އަދި ކުރެވެން ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ މި އިމާރާތް ނިންމާލެވިއްޖެކަމުގައި ވާނަމަ މިއީ ވަރަށް ޕްރައިމް ލޮކޭޝަނެއްގައި ހުރި އިމާރާތަކަށް ވެފައި،އެތަން މިހާރުވެސް ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާ ފަރާތްތައް ހުރުމުން ލަފާކުރެވޭ ގޮތަށް ޕްރޮސްޕެކްޓިވް ގޮތެއްގައި މިތަނުން ފުދޭވަރެއްގެ އާމްދަނީއެއް ޖަނަރޭޓްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން އައިޔޫއެމްގެ ބަޖެޓަށް ވަރަށް ބޮޑަށް ލޯޑް ކުޑަވެގެންދާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

25 އޯގަސްޓު 2017

ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ

25 އޯގަސްޓު 2017
ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ވާހަކަ ދައްކާނެ ޖާގައެއް ނެތް: އެމެރިކާ
24 ޖުލައި 2017

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

24 ޖުލައި 2017
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ
21 ޖުލައި 2017

ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް ޖާގަ ގާއިމުކުރުމަށް ބާރު އަޅާނަން: އިނގިރޭސި ވިލާތް

21 ޖުލައި 2017
ރިޔާސީ އިންތިހާބުގެ ކުރިން ޑިމޮކްރެޓިކް ޖާގަ ގާއިމުކުރުމަށް ބާރު އަޅާނަން: އިނގިރޭސި ވިލާތް
19 ޖުލައި 2017

މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ

19 ޖުލައި 2017
މަޖިލިސް ހައިޖެކްކޮށްފައި ބާއްވަން ޖާގައެއް ނުދޭނަން: އިބޫ
18 ޖުލައި 2017

ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން

18 ޖުލައި 2017
ޤާސިމް ސެނަހިޔާއަށް ބަދަލުކުރެވޭނެ ޤާނޫނީ ޖާގައެއް ނެތް: ލޯޔަރުން
17 މެއި 2017

ރައީސް މައުމޫންގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދެއްވީތީ ޝުކުރު ދަންނަވަން: ފާރިސް

17 މެއި 2017
ރައީސް މައުމޫންގެ ދަރިއަކަށް އެމްޑީޕީގެ ޕޯޑިއަމުން ޖާގަ ދެއްވީތީ ޝުކުރު ދަންނަވަން: ފާރިސް
09 އެޕްރީލު 2017

އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް

09 އެޕްރީލު 2017
އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް ޖާގައެއް ނުދޭނަން: ޕީޕީއެމް
06 އެޕްރީލު 2017

ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!

06 އެޕްރީލު 2017
ރައީސް ޔާމީންގެ އަރިހުން ޖާގަ ގެއްލި، ޕީޖީ ލީޑަރު ނިހާން ފަހަތު ސަފުގައި!
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
17 ޖެނުއަރީ 2017

ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން

17 ޖެނުއަރީ 2017
ސީއެޗްއެސްއީގައި އޮތީ 570 ވަރަކަށް ޖާގަ: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް