Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްާޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯގެ މެސެޖް ޕޯޗުގަލްގެ ޒުވާން އަންހެން ފުޓުބޯޅަ ޓީމަށް!

29 އޮކްޓޯބަރު 2019 | އަންގާރަ 14:40

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓުބޯޅަ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅުންތެރިއެއް

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޮކްޓޯބަރު 2019 | އަންގާރަ 14:40
ކްރިސްޓިއާނޯ ރޮނާލްޑޯ

ކްރިސްޓިއާނޯ ރޮނާލްޑޯ

ޕޯޗުގަލްގެ 17 އަހަރުން ދަށުގެ އަނެހެން ފުޓުބޯޅަ ޓީމު ޔޫރޯ ކޮލިފައިންގެ އެލީޓް ބުރަށް ކޮލިފައިވުމުން ޕޯޗުގަލްގެ ފިރިހެން ގައުމީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އަންހެން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް މެސެޖަކާއި ހަދިޔާއެއް ފޮނުވައިފިއެވެ.

އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ފުޓުބޯޅައިގެ މައި އިދާރާ އަށް ފޮނުވި ސިޓީގައި އޭނާ ބުނެފައިވަނީ ނައިކީ ބްރޭންޑްގެ ބޫޓެއް އެގައުމުގެ ޒުވާން އަންހެން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް ހަދިޔާކޮށްފައިވާ ކަމަށާއި، އުންމީދަކީ އެ ބޫޓަށް އަރައިގެން އެ ގައުމުގެ ޒުވާން ޓީމުން ރަނގަޅު ކާމިޔާބީއެއް ހޯދުން ކަމަށެވެ.

ރޮނާލްޑޯ އެގައުމުގެ ޒުވާން ޓީމު ކުޅުންތެރިންނަށް ފޮނުވި ސިޓީގައި ރޮނާލްޑޯ ބުނީ ނައިކީ ބްރޭންޑްގެ ބޫޓުގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ހުވަފެންތައް ހަގީގަތަކަށް ވާނެ ކަމަށް އުންމީދު ކުރާ ކަމަށާއި އޭނާ ކުޑައިރު އަބަދުވެސް ހުވަފެންތައް ދެކުނިން ކަމަށާއި އަދި އެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރި ކަމަށެވެ. އެގޮތުން އަބަދުވެސް ދެކުން އެއް ހުވަފެނަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ވުން ކަމަށާއި އެ ހުވަފެން މި އަދު ހަގީގަތަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރުން އެއީ މުހިންމު ކަމެއް ކަމަށް ބުނަމުން ރޮނާލްޑޯ ބުނެފައިވަނީ ޕްރެކްޓިސްތައް ކުރާ ވަގުތުގައާއި ޖިމަށް ދާވަގުތާއި އަދި ކުޅެން ދަނޑު މައްޗަށް އަރާ ވަގުތަކީ އޭނާ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްކަމަށެވެ.

ރޮނާލްޑޯގެ ސިޓީގައި އޭނާ އިތުރަށް ބުނެފައި ވަނީ އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުނު ފަދައިން ޒުވާން އަންހެން ޓީމު ކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށްވުން އެއީ އޭނާ ދެކެން ބޭނުންވާ ދުވަހެއް ކަމަށާއި އެހެންކަމުން ކުޅުންތެރިން އެކުޅުންތެރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރަންވާނެ ކަމަށެވެ.

ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓުބޯޅަ ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން އޭނާ އަންނަނީ ކޮންމެ އަހަރަކުވެސް ޕޯޗުގަލްގެ ފުޓުބޯޅަ އެސޯސިއޭޝަނަށް ވަކި ވަރަކަށް ފައިސާ ދެމުންނެވެ. އަދި މީގެ އިތުރުން އޭނާގެ އުފަން ރަށް ކަމަށްވާ މެދީރާ ކުޅުންތެރިންނަށް ފުރުސަތުތައް ވެސް އޭނާ އަންނަނީ ހޯދައިދެމުންނެވެ.

ރޮނާލްޑޯ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދައިފައެވެ. އަދި ރަން ބޫޓު ހަތަރު ފަހަރު ހޯދައިފައިވާއިރު، އޭނާ އަކީ މިވަގުތު ފުޓުބޯޅައިގައި އެންމެ ގިނަ ރެކޯޑު ހަދައިފައިވާ ކުޅުންތެރިޔާ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 162 މެޗު ކުޅެ އޭނާ ވަނީ މިހާތަނަށް 95 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން

08 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް މުބާރާތް:ފިނޭންސް ބަލިކޮށް އަންހެން ބައިގެ ފައިނަލަށް އިމިގްރޭޝަން
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް