Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސުޕްރީމް ކޯޓު

ސްޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަނު ކުރުން ދެން އޮންނަ ޖަލްސާގައި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ރުހުން ހޯދުމަށް ފޮނުވާފައިވަނީ ދިޔާނާ ސައީދާއި މަހާޒްގެ ނަން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޮކްޓޯބަރު 2019 | ހޯމަ 09:29
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވެވި ދިޔާނާ އަދި މަހާޒް އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވެވި ދިޔާނާ އަދި މަހާޒް އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ނުވަތަ ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރުމުގެ މައްސަލަ ދެން އޮންނަ ޖަލްސާ އެއްގައި ކުރިޔަށް ގެންދަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް މިމައްސަލަ ކޮމެޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި ވަނީ އެޖެންޑާ ކޮށްފައެވެ. އެހެންކަމުން ހޯމަ ދުވަހުގެ ޖަލްސާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރާނެކަމަށް ކުރިން ވަނީ ބެލެވިފައެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމަށް ހުރި ކަންކަމަށް ވޯޓަށް އަހާ ނިމުނީ ކަމަށް ރިޔާސަތުން ވިދާޅުވުމުން ނިޒާމީ ނުކުތާ ނަންގަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ އެޖެންޑާގައި ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނުކުރުން އޮތްނަމަވެސް އެކަން ނުނިމި ދާތީ އެކަމުގެ ސަބަބު އައްސަވާފަ އެވެ. އެއާއެކު ރިޔާސަތުން ވިދާޅުވީ އާންމު ގޮތެއްގައި ކޮމެޓީ ތަކުގެ ރިޕޯޓްގެ މަސައްކަތް ގެންދަނީ 1 އާއި 1:30 އާ ދެމެދު ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ގަވާއިދު އޮތްގޮތުން ތަރުތީބުން ނޫންގޮތަކަށް ދެވެން ނޯންނަކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ މީހުން އަތުން ފައިސާ ނެންގެވިކަމުގެ ތުހުމަތު ކުރެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރައްޔިތުންގެ މަޖިލީހުން ވަކިކުރުމާއި ގުޅިގެން، އެ މަގާމު ވަނީ ހުސްވެފައެވެ. އެމަގާމަށް ފަނޑިޔާރަކު އައްޔަންކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ވަނީ ކުރިމަތި ލައްވާފައެވެ.

ރައީސް ސޯލިހު ދިޔާނާ އާއި މަހާޒުގެ ނަންފުޅު މަޖިލީހަށް ފޮނުއްވި މިމަހުގެ 17 ވަނަ ދުވަހު އެވެ.

އެންމެފަހުން އައްޔަންކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި، އައިޝާ ޝުޖޫން މުހައްމަދާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިވަގުތު ތިއްބެވީ 6 ފަނޑިޔާރުންނެވެ. ކޯޓުތަކުގެ ގާނޫނަށް އެންމެފަހުން ގެނެވުނު އިސްލާހުގައިވާގޮތުން ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 7 ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު