Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ކްރިކެޓް ޓީމު

ގައުމީ ފިރިހެން ކްރިކެޓް ޓީމުން ސީނިއަރ ކުޅުންތެރިން ބާކީކޮށްފި

27 އޮކްޓޯބަރު 2019 | އާދީއްތަ 10:41

ނޮވެމްބަރު މަހު އޮންނަ ކޭމްޕްގައި ދާނީ 21 އަހަރުން ދަށުގެ ޓީމު

އަތޫފް އާތިފް
އަތޫފް އާތިފް | 27 އޮކްޓޯބަރު 2019 | އާދީއްތަ 10:41
ގައުމީ ފިރިހެން ކްރިކެޓް ޓީމު

ގައުމީ ފިރިހެން ކްރިކެޓް ޓީމު

ގައުމީ ފިރިހެން ކްރިކެޓް ޓީމުގެ ސްކޮޑުން ސީނިއަރ ކުޅުންތެރިން ބާކީ ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައުމީ ފިރިހެން ކްރިކެޓް ޓީމުން ސީނިއާ ކުޅުންތެރިން ބާކީ ކުރީ ގައުމީ ޓީމުގެ ކޯޗު އާސިފް ޚާން ކުޑަ އަންހެން ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނެ، އެކަމުގެ ދިފާއުގައި ގައުމީ ފިރިހެން ޓީމުގެ ކުޅުންތެރިން ތެދުވުމުންނެވެ.

ގައުމީ ފިރިހެން ޓީމުގެ ކުޅުންތެރިން ސަސްޕެންޑް ކުރި އިރު، ނޮވެމްބަރު މަހު ގައުމީ ކްރިކެޓް ޓީމު ރާއްޖެއިން ބޭރުގައި ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭމްޕަށް މިހާރު ދިޔުމަށް ހަމަޖެހިފައި ވަނީ 21 އަހަރުން ދަށުގެ ގައުމީ ޓީމެވެ.

ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ، ގައުމީ ކްރިކެޓް ޓީމު ސަސްޕެންޑް ކުރިކަމެއް އެނގިފައި ނުވާކަމަށާއި، ނޮވެމްބަރ މަހު އޮތް ކޭމްޕަށް ދާނެ ކުޅުންތެރިން ކަނޑައަޅާނީ ކުޅުންތެރިން ނެގުމަށް ހަދާފައިވާ ކޮމެޓީން ކަމަށެވެ. ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވަނީ ގައުމީ ފިރިހެން ޓީމު އެއްކޮށް ސަސްޕެންޑް ކުރިކަމަށެވެ.

ގައުމީ ކްރިކެޓް ޓީމުގެ މައްސަލަތައް ފެންމަތިވެފައިވަނީ ކްރިކެޓް ބައެއް ކުޅުންތެރިންނަށް ގައުމީ ކޯޗު އާސިފް ޚާން ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކާއެކުގައެވެ. އަދި އޭނާ އެކަން ކުރުމުން އެކަންތައް ކްރިކެޓް ބޯޑުން ފޮރުވަން މަސައްކަތްކުރި ކަމަށްވެސް ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ގޮތުގައި ޕާކިސްތާނުގެ އެމްބަސަޑަރ ވައިސް އެޑްމިރަލް ރިޓަޔާޑް ވަސީމް އަކްރަމް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންދާ ފުލުހުންނަށް ގުޅައި ކްރިކެޓް ކޯޗުގެ މައްސަލަ ވަކިގޮތަކަށް ނިންމުމަށް ނުފޫޒު ފޯރުވަމުންނެވެ. ހަމައެހެންމެ އޭނާގެ ގާނޫނީ ވަކީލުންގެ ފީ ވެސް ދައްކަނީ ކްރިކެޓް ކޯޗު ނިސްބަތްވާ ޕާކިސްތާނުގެ އެމްބަސީއިން ކަން ރާއްޖެއެމްވީ އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޒުވާން ކްރިކެޓް ކުޅުންތެރިންނަށް އާސިފް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލަން ޖެހުނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުހުލަތުގެ ތެރޭގައި އޭނާ ކޯޓަށް ނުގެންދެވުމުންނެވެ. އޭނާ އެ އަމަލު ހިންގި ކަމަށް ތުހުމަތު ކުރާ ކުދިންގެ ތެރޭގައި، 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނެއެވެ.

މީގެއިތުރުން އާސިފްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅައި ރާއްޖެއިން ފުރުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ވަނީ ކުރެވިފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
07 ޖެނުއަރީ 2017

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް