Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަތުރުފަތުރާބެހޭ ބިލް

މާލޭގައި އުޅޭ ކޮންމެ ދެ މީހަކަށް ސައިކަލެއް އެބަހުރި: ޕޮލިސް

ޕަބްލިކް ޓްރާންސްޕޯޓުގެ ހިދްމަތް ދިނުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 އޮކްޓޯބަރު 2019 | ހޯމަ 07:23
ދަތުރުފަތުރާބެހޭ ބިލް ޑްރާފްޓްކުރާ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

ދަތުރުފަތުރާބެހޭ ބިލް ޑްރާފްޓްކުރާ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގެ ތެރެއިން --

މާލޭގައި ދިރިއުޅޭ ކޮންމެ ދެ މީހަކަށް ސައިކަލެއް އެބަހުރި ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް (ފުލުހުން) ބުނެފި އެވެ.

ދަތުރުފަތުރާބެހޭ ބިލް ޑްރާފްޓް ކުރުމަށް ހޮވާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގެ ކުޑަ ކޮމެޓީން ހޯމަ ދުވަހު ބޭއްވި ބައްދަލުވުމަށް ފުލުހުންގެ ފަރާތުން އެކޮމެޓީއަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ، މާލޭގައި ދިރިއުޅޭ ކޮންމެ ދެމީހަކަށް ސައިކަލެއް އެބަހުރި ކަމަށެވެ. އަދި މާލެގައި ޕާކު ކުރެވޭނެ ރަނގަޅު ގޮތްތަކެއް ކަނޑައެޅި، މާލެއަށް ވެހިކަލް އެތެރެކޮށް، ކޮންޓްރޯލް ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމުވާން އެބަޖެހޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާލޭގައި ހުރި ޓްރެފިކްގެ މައްސަލަތަކާއި ޕާކިންގެ މައްސަލަތަކާއި މަގުތަކުގެ މައްސަލަތައް ހައްލުކޮށްގެން ނޫންގޮތަށް ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ ރާއްޖޭގެ ބޮޑެތި ރަށްތައް ކަމަށްވާ އައްޑޫ ސިޓީއާއި ލ އަތޮޅު ފަދަ ރަށްތަކުގައި ވެސް މުސްތަގްބަލުގައި ވެހިކަލްތައް ގިނަވެ، ތޮއްޖެހި، ޓްރެފިކްގެ މައްސަލަ ދިމާވެ، މާލެއަށް ދިމާވެފައި މިވާކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން އަތޮޅުތަކައި ވެސް ވެހިކަލް ރެޖިސްޓްރީ ކުރެވޭ، ވަކި މިންވަރެއް ކަނޑައެޅި، ރަނގަޅު ނިޒާމެއްގެ ދަށުން ޓްރާންސްޕޯޓްގެ ކަންކަން ހިންގުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ފުލުހުން ބުންޏެވެ.

ހޯމަ ދުވަހުގެ އެކޮމެޓީގެ ބައްދަލުވުމަށް ފުލުހުންގެ އިތުރުން، ދަތުރުފަތުރާބެހޭ ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އެމްޓީސީސީއާއި އެއާރޕޯޓް ކުންފުނިތައްފަދަ ކަމާ ގުޅުންހުރި ކުންފުނިތަކުގެ ވެރިން ބައިވެރިވެފައިވެއެވެ.

ދަތުރުފަތުރާބެހޭ ބިލަކީ ރާއްޖޭގެ އެއްގަމާއި ކަނޑާއި ވައިގެ މަގުން، ބޭނުންކޮށްގެން ރާއްޖޭގެ ރައްޔިތުންނަށް ފަސޭހައިން އެއް ރަށުން އަނެއްރަށަށް ދަތުރުކުރެވޭނެ ރަނގަޅު ނިޒާމަކުން ގުޅާޅުމަށް އެކުލަވާލެވޭ ބިލެކެވެ.

ކޮމެޓީގެ އެބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ގާއިމުކުރި ދަތުރުފަތުރުގެ ނިޒާމު އެއީ މޮޑަލެއް ކަމަށްބަލައި، އަދި އެ މޮޑެލް އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ބައެއް ކުންފުނިތަކުން ދީފައި ވެެއެވެ. ނަމަވެސް ރާއްޖޭގެ ރަށްތަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވޭއިރު، އެއިން ރައްޔިތުންނަށް ލާބައާއި މަންފާ ކުރާނެ ގޮތަކަށް އަދި ދައުލަތަށްވެސް ގެންލުންނުވާނެ ގޮތްތަކަށް ކަންކަން ބައްޓަން ކުރުމުގެ ވިސްނުން ގެއްގުޅުން ރަނގަޅުކަމަށް ކުންފުނިތަކުގެ ވެރިންނާއި ކޮމެޓީގެ މެމްބަރުންވެސް އިއްތިފާގުވެއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
16 ޖެނުއަރީ 2017

ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި

16 ޖެނުއަރީ 2017
ރީނދޫ ހުން އުޅޭ ޤައުމުތަކަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އަންގައިފި
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް