Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓްރީ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ފުށިދިިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އެންމެ ފުރަތަމަ ރަށް ވިއްކާލާފައިވަނީ ޑރ. ވަހީދުގެ ސަރުކާރުގައި

އަލީ ސަމާޚް
އަލީ ސަމާޚް | 19 އޮކްޓޯބަރު 2019 | ހޮނިހިރު 18:35
އދ. ފުށިދިއްގާ

އދ. ފުށިދިއްގާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީގެ ޚިޔާނަތުގައި ތިން ފަރާތަކަށް އެކި ނަންނަމުގައި ދޫކޮށްފައިވާ އދ. ފުށިދިއްގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ހޮނިހިރު ދުވަހުގެރޭ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސް ގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ގަވާއިދާ ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ޓޫރިޒަމް މިނިސްޓްރީގެ ތަހުގީގު ޓީމަކާއި ފުލުހުންގެ ޓީމަކާއި ގުޅިގެން ހޮނިހިރު ދުވަހު އެ ރަށަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.

އެ ޓީމުން އެ ރަށަށް ގޮސް ބެލިބެލުމުން ޤާނޫނާ ޚިލާފަށް ފަތުރުވެރިންނަށް ޚިދުމަތްދެމުންދާ ކަމުގެ މައުލޫމާތާއި، ޓޫރިސްޓުންނަށް ޚިދުމަތް ދެމުންދާ ކަމުގެ ރިކޯޑް ހުރިކަން ފާހަގަވެފައިވާތީ ޓޫރިޒަމް މިނިސްޓްރީން ވަކިގޮތެއް ނިންމަން ދެން އެ ރަށް ވަނީ ބަންދުކޮށްފައެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އެ ރަށުގައި ފަތުރުވެރިން ތިބި ކަމުގެ މަޢުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެރަށުގައި ތިބި ތަކެއްޗާއި މީހުން ބޭލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ފަތުވެރިކަމަށް ތަރައްޤީ ކުރަން ނިންމި ފުށިދިއްގާ ރަށް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައި ދިފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ މ. ހަސްތީ، އަހުމަދު ޚަލީލް ނަމަކަށް ކިޔާ މީހަކަށެވެ. އޭރުގެ ސަރުކާރުން ޚލީލާއެކު އެއްވެސް އެއްބަސްވުމެއް ހަދާފައެއް ނުވެއެވެ.

ނިމިގެންދިޔަ ރައީސް ޔާމީންގެ ސަރުކާރުގައި އަޙްމަދު އަދީބް ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވިއިރު ''ރަށްދިއްގާ'' ގެ ނަމުގައި އެރަށް އެޗްއެމްއެޗް އަށް ތިން މިލިއަން ޑޮލަރަކަށް ވިއްކާލުމަށް ފަހު އޭގެ ފަހުން ހަމަ އަނެއްކާވެސް އެރަށް ވަނީ ''ފުށިދިއްގާ''ގެ ނަމުގައި ސަރުކާރުން މޯލްޑިވިއާނާ ޕްރައިވެޓް ލިމިޓެޑް އަށް އެ ހަ ލައްކަ ޑޮލަރަށް ވިއްކާލާފައެވެ.

އެ ރަށް ދެ ފަރާތަކަށް ދިފައިވާތީ ރަށުގެ ބެލެނިވެރިފަރާތާއި މެދު ވަކިގޮތެއް ނިމެންދެން ޓޫރިޒަމުން ނިންމީ އެރަށް އެއްްވެސް ގޮތަކަށް ބޭނުން ނުކުރުމަށެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު