Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

''އެމްޕޮސް'': ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ ޚިދުމަތެއް

17 އޮކްޓޯބަރު 2019 | ބުރާސްފަތި 19:19

ޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެ

އަލީ ސަމާޚް
އަލީ ސަމާޚް | 17 އޮކްޓޯބަރު 2019 | ބުރާސްފަތި 19:19
ބީއެމްއެލްގެ \'\'އެމްޕޮސް\'\' ރަސްމީގޮތުން ގަވަރުނަރު އިފްތިތާހު ކޮށްދެއްވަނީ

ބީއެމްއެލްގެ \'\'އެމްޕޮސް\'\' ރަސްމީގޮތުން ގަވަރުނަރު އިފްތިތާހު ކޮށްދެއްވަނީ

ކާޑާއި އޮންލައިންކޮށް ކަސްޓަމަރުންކުރާ މުޢާމަލާތްތައް، ވިޔަފާރިތަކުން ސްމާޓްފޯން ބޭނުންކޮށްގެން ފަސޭހަކަމާއެކު ފައިސާ ބަލައިގަނެވޭ މޯބައިލް ޕޮއިންޓް އޮފް ސޭލް (އެމްޕޮސް) ގެ ޚިދުމަތާއި، ބީއެމްއެލް މަރޗަންޓް ޕޯޓަލްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފުކޮށްފިއެވެ.

އެ ޚިދުމަތް ތައާރަފު ކޮށްފައިވަނީ ބުރާސްފަތި ދުވަހު އެކަމަށް ޚާއްޞަކޮށްގެން ކްރޮސްރޯޑުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ބީއެމްއެލްއިން ބުނީ، އެމްޕޮސް އެޕް ބޭނުންކޮށްގެން ކްރެޑިޓް، ޑެބިޓް އަދި ޕްރީޕެއިޑް ކާޑުގެ އިތުރުން ތަފާތު ގިނަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ކޮންމެވަގުތަކުވެސް ފައިސާ ބަލައިގަނެވޭނެ ކަމަށެވެ. އެމްޕޮސް އަކީ ވިޔަފާރިތަކަށް ލުއި ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ފައިސާ ބަލައިގަނެވޭ އެންމެ ޒަމާނީ އެއް ވަޞީލަތެވެ.

އެ ޚިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސްސެކްޝަންތަކުގެ ތަފްޞީލު ބަލައިލުމާއި ވިޔަފާރީގެ ރިޕޯރޓްތައްވެސް ތައްޔާރުކޮށްލެވޭނެއެވެ. އަދި ޚިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭން ކޮށްލައިގެންވެސް މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

އެމްޕޮސް އާއެކު ބީއެމްއެލް މަރޗަންޓް ޕޯޓަލްގެ ޚިދުމަތްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެ ޚިދުމަތް ބޭނުންކޮށްގެން ވިޔަފާރިތަކުން ފައިސާ ބަލައިގަތުމަށްޓަކައި އޮންލައިން ނުވަތަ އީމެއިލް މެސެޖަކުން ޕޭމަންޓް ލިންކް ފޮނުވުމާއި، ޓްރާންސްސެކްޝަން ތަކުގެ ތަފްޞީލު ބަލައިލުމާއި ވިޔަފާރީގެ ރިޕޯޓްތައްވެސް ތައްޔާރު ކޮށްލެވޭނެއެވެ.

އެ ޚިދުމަތްތަކާއެކު ފިހާރަތަކުގައި ހުންނަ ކިޔުއާރު ކޯޑް ސްކޭންކޮށްލައިގެންވެސް މުދަލާއި ޚިދުމަތަށް ފައިސާ ދެއްކޭނެއެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، އުއްމީދަކީ ރާއްޖޭގެ އެންމެހާ ވިޔަފާރިތަކަށާއި އެ ވިޔަފާރިތަކާއެކު މުޢާމަލާތްކުރައްވާ ކަސްޓަމަރުންނަށްވެސް އެ ޚިދުމަތުގެ ފައިދާ ލިބިގެންދިޔުން ކަމަށެވެ.

ބީއެމްއެލްގެ އާ ޚިދުމަތްތައް ތަޢާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ބޭނުންކުގެ ބޯޑުގެ މެމްބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2018

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !

25 ޖެނުއަރީ 2018
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް !
25 ޑިސެމްބަރު 2017

ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި

25 ޑިސެމްބަރު 2017
ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ނަގާފައިވާ ފަރާތްތަކުން ލައިސެންސް ފީ ދެއްކުމަށް އެމްއެމްއޭ އިން އަންގައިފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
08 އޮކްޓޯބަރު 2017

މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި

08 އޮކްޓޯބަރު 2017
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
06 ފެބުރުއަރީ 2017

ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި

06 ފެބުރުއަރީ 2017
ޓެކްސީ ދަތުރަށް އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ތަޢާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް