Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް

އިންޓަވިއުތައް ލައިވް ކުރުމުގެ ސަބަބުން އިންސާފުވެރިކަމަށް އަސަރުފޯރާ: ކޮމެޓީ ރިޕޯޓު

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމެޓީން ވަނީ ރުހުންދީފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2019 | ހޯމަ 18:03
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

މިނިވަން މުއައްސަސާތަކަށާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ކުރެވޭ އިންޓަވިއުތައް ލައިވް ކޮށް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން އިންޓަވިއުގެ އިންސާފުވެރިކަމަށް އަސަރުފޯރި ކަމަށް ކޮމެޓީގެ މެމްބަރުންނަށް ފާހަގަކުރެވުނު ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރުމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން އެކުލަވާލި ރިޕޯޓުން ހާމަވެއްޖެއެވެ.

ރިޕޯޓުގައި ވާގޮތުން އިންފޮމޭޝަން ކޮމިޝަނަރުކަމަށް އައްޔަނު ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއު ކުރެވުނުއިރު، ލައިވް ކުރުމުގެ ސަބަބުން އިންޓަވިއުއަށް ފަހުން ހާޒިރުވާ ފަރާތްތަކަށް ކުރިން އިންޓަވިއު ކުރެވުނު ފަރާތްތަކާއި ކުރެވުނު ސުވާލުތަކާއި އެ ސުވާލުގެ ޖަވާބުތައް ހާމަވަމުން ދިއުމުގެ ސަބަބުން އިންޓަވިއުގެ އިންސާފުވެރިކަމަށް އަސަރުފޯރި ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

Advertisement - newsAdvertisement

މިނިވަން މުއައްސަސާތަކަށާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފޮނުވާފައިވާ މައްސަލަތަކުގައި އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކާއި ކުރާ އިންޓަވިއު ރައްޔިތުންގެ މަޖިލީހުގެ 201 ވަނަ މާއްދާގެ (އ)ގެ ދަށުން ލައިވްކޮށް ބްރޯޑްކާސްޓްކުރަން ލާޒިމްކުރެއެވެ.

ރިޕޯޓުގައި ފާހަގަކުރެވުނު އިތުރު ކަމަކަށް ބަލާލާއިރު ކޮމިޓީއަށް ލައިވްކޮށް ނިންމުމުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކުގެ ތެރެއިން އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ވުރެ ގާބިލު ކަމަށް ކޮމެޓީއަށް ފާހަގަކުރެވުނު ނަމަވެސް އެކަން މަޖިލީހުގެ ތަޅުމަށް ހާމަ ކޮށްދޭނެ އުސޫލެއް މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައި ނެތުމުން އެއީ ވަރަށް ބޮޑު އުނި ކަމެއްގެ ގޮތުގައި ކޮމެޓީގެ މެމްބަރުންނަށް ފާހަގަ ކުރެވުނު ކަމަށެވެ.

އަދި އިންޓަވިއު ނިންމުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްވަނީ ކޮމެޓީގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްވާ ނަންތައް އެކަނި ކަމުގައި ބަޔާން ކުރާއިރު މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ރައީސް ފޮނުއްވާ ހުރިހާ ނަމަކަށް މަޖިލީހުން ގޮތެއް ނިންމުމުގެ ފުރުސަތު ގެއްލޭ ކަން ގާހަގަ ކުރެވޭ ކަމަށް ވެސް ކޮމެޓީގެ ރިޕޯޓުގައިވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުކަމަށް ޢައްޔަންކުރަން 3 ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ ރުހުންދީފައެވެ. އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި 4 ބޭފުޅުންނާއި އިންޓަވިއު ކުރެވުނު އިރު މަޤާމަށް ޢައްޔަނުކުރުމަށް ކޮމެޓީން ރުހުންދީފައިވަނީ ޙުސައިން ފިޔާޒު މޫސާއާއި އަޙްމަދު ފަޔާޒުގެ އިތުރުން އަޙްމަދު އާހިދު ރަޝީދަށެވެ.

ޤާނޫނު އަސާސީގައި އޮންނަ ގޮތުން އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަޤާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އިންފޮމޭޝަން ކޮމިޝަނަރަކު ޢައްޔަންކުރަންޖެހެއެވެ. އެ މަޤާމުގައި ކުރިން ހުންނެވި ޢަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގެ މުއްދަތު ވަނީ މިއަަހަރުގެ ޖޫން މަހުގެ 22 އަށް ހަމަވެފައެވެ. އެހެންކަމުން އިންފޮމޭޝަން ކޮމިޝަނަރެއް ނެތި ، އެ މުއައްސަސާ ޤާނޫނީ ހުސްކަމެއްގެ ތެރޭގައި އޮންނަތާ މިހާރު ވަނީ ތިން މަހަށްވުރެ ގިނަ ދުވަސްވެފައެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހެއް ދައުލަތުން އުފައްދާފައިވަނީ 13 ޖުލައި 2014 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

16 ފެބުރުއަރީ 2017
ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތުގައި ހުރި ސިއްރުތައް ހޯދަން ޖެހޭ: ޓްރާންޕޭރެންސީ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު