Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓްރާންސްޕޯޓް މިނިސްޓްރީ

ޓްރެފިކް މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެތެރެކުރެވޭ ވެހިކަލް ލިމިޓްކުރުން: ޓްރާންސްޕޯޓް މިނިސްޓްރީ

މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވޭ

އަމަން ހަލީމް
އަމަން ހަލީމް | 14 އޮކްޓޯބަރު 2019 | ހޯމަ 18:42
ތޮއްޖެހިފައިވާ ހަތަރު އަނގޮޅި ކަންމައްޗެއްގައި ފުލުހަކު ހަރަކާތްތެރިވަނީ

ތޮއްޖެހިފައިވާ ހަތަރު އަނގޮޅި ކަންމައްޗެއްގައި ފުލުހަކު ހަރަކާތްތެރިވަނީ

މާލެއަށް ދިމާވެގެން އުޅޭ ޓްރެފިކް ފްލޯގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ، ރާއްޖެއަށް އެތެރެކުރެވޭ އެއްގަމު އުޅަނދުފަހަރުގެ އަދަދު މަދުކުރުން ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޝިމާޒް ވިދާޅުވީ، މިކަން ކުރުމަށް ވިސްނުމަށް ފަހު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. ޝިމާޒް މިހެން ވިދާޅުވީ މާލޭގެ ގަރާޖުތަކުގައި ރަޖިސްޓްރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދުތަކާއި ގުޅޭގޮތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

Advertisement - newsAdvertisement

މި މައްސަލައާއި ގުޅޭގޮތުން ޝިމާޒް ވިދާޅުވީ، ބައެއް ފަހަރު ސިޓީ ކައުންސިލުން ގަރާޖު ހުއްދަ ދޫކުރާ ތަންތަނަށް ވެހިކަލްތައް ރަޖިސްޓްރީ ކުރާތާ ދުވަސްތަކެއް ފަހުން އެތަންތަނުގައި ވިޔަފާރިއެއް ހިންގުމުގެ ހުއްދާ ދޫކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝިމާޒް ވިދާޅުވީ، މިކަން މިހެންވުން ހުއްޓުވުމަށް، މައްސޫލުވެރި ވުޒާރާތަކާއި ސިޓީ ކައުންސިލް ގުޅިގެން އޮންލައިން ވިއުގައެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި މި ވިއުގަ ގާއިމް ކުރެވުމުން އެއްތަނަކަށް ދެ ހުއްދައެއް ދޫކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް ޝިމާޒް ވިދާޅުވިއެވެ.

މާލޭގައި ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ބައެއް ތަންތަނުގައި 120އާ ގާތްކުރާ އަދަދަކަށް ވެހިކަލް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި މިކަހަލަ ތަންތަނުގައި ރަޖިސްޓްރީ ކޮށްފައި ހުރި ވެހިކަލްތަކުގެ ހުއްދަ ބާތިލް ކުރުމަކީ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ މައްސަލައަކަށް ވުމުން މިހެން މިކަން ނުކޮށް، އެހެން ހައްލުތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިހާރު މާލޭގައި ގަރާޖުގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ ތަންތަނަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުން ނަމަވެސް، ކުރިން އެކަން ކޮށްފައި ވަނީ ސީދާ ޓްރާންސްޕޯޓް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު