Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
19 ވަނަ ރައްޔިތުންގެ މަޖިލީސް

މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެންވަޔަރަމަންޓް މިނިސްޓަރ ހާޒިރުކުރަނީ

މިނިސްޓަރ ހާޒިރު ކުރުމަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2019 | އާދީއްތަ 14:31
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި

ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޙުސައިން ރަޝީދު ޙަސަން ހާޒިރުކުރުމަށް އެޖެންޑާކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރ ހާޒިރު ކުރުމަށް ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދެވެ.

Advertisement - newsAdvertisement

މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ޕީއެސްއައިޕީގެ ޕްރޮޖެކްޓުގެ ގޮތުގައި، ވ. ފުލިދޫގެ ކުނިކޮށި މި އަހަރު ބަޖެޓު ކުރެވިފައިވީއިރު މި މަސައްކަތް ކޮންޓްރެކްޓުގެ އުސޫލުން ބަޔަކާއި ޙަވާލުކުރެވޭނެ ތާރީހާއި ގުޅިގެން ސުވާލު ކުރެއްވުމަށެވެ. އަދި މީގެއިރުތުން ވ. ފުލިދޫގެ ކުނިކޮށީގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެތޯއާއި ކުނިކޮށި ޤާއިމުކުރުމަށްޓަކައި މިހާރު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލާއި ގުޅިގެން ވެސް މެމްބަރު މިނިސްޓަރާއި ސުވާލު ކުރައްވާނެއެވެ.

އޭގެއިތުރުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެމަތިން، ސަޢުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޚަލީލް، އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމާ، އެމައްސަލައާއި ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުންވެސް ވަނީ އެޖެންޑާ ކުރެވިފައެވެ. އަދި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންއާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޢައްޔަންކު ރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުން ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

ކޮމިޝަނާގެ މަގާމަށް ދެ ބޭފުޅަކު އަދި ޑެޕިއުޓީ ކޮމިޝަނަރަކަށް ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. މީރާގެ ގާނޫނަށް ގެނައި އިސްލާހު މިދިޔަ މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވިއިރު، އެ އިސްލާހު ބުނާ ގޮތުން 30 ދުވަހުގެ ތެރޭގައި މީރާ އަށް ވެރިން އައްޔަން ކުރަން ޖެހެ އެވެ.

އޭގެއިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންކަމުން ދެ ބޭފުޅަކު ވަކިކުރުމުގެ މައްސަލަވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެއެވެ. ނަމަވެސް އޭގެތެރެއިން ކޮމިޝަންގެ ރައީސް މުހައްމަދު ޝާހީބު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، ދެން ވޯޓަށް އަހާނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބް ރައީސާ ފާތުމަތު ޒައިނާގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެކަނި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

އެމެރިކާގެ ނުވަ ވަނަ މިޝަން ސަޕޯޓް ކޮމާންޑަރު، ޑިފެންސް މިނިސްޓަރާ ބައްދަލު ކުރައްވައިފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު