Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް އޮފީސް

ކޯލިޝަން ދެމި ނޯންނަންވީ ސަބަބެއް ނެތް، ލީޑަރުންނާއި އަންނަ މަހު ބައްދަލު ކުރާނަން: ރައީސް

ކުރިއާލާ ލީޑަރުންނަށް ވަގުތު ދެއްވާނަން

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2019 | ހުކުރު 05:35
ކޯލިޝަން ލީޑަރުން ބައްދަލު ކުރައްވަނީ

ކޯލިޝަން ލީޑަރުން ބައްދަލު ކުރައްވަނީ

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުމެއް އަންނަ މަހުގެ ކުރީކޮޅު ބާއްވާނެ ކަމަށާއި ފަސް އަހަރުގެ ތެރޭގައި ކޯލިޝަން ނޯންނަންވީ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނެނީ ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ( އެމްޑީޕީ)އާއި ޖުމްހޫރީ ޕާޓީ(ޖޭޕީ) އަދާލަތު ޕާޓީގެ އިތުރުން މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އެވެ. ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް އެންމެފަހުން ބާއްވައިފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައެވެ. އެމްޑީޕީގެ އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

މަޖިލިސް އިންތިޚާބަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލިސް އިންތިޚާބުގެ ތެރޭގައި ކޯލިޝަންގެ ބައްދަލުވުމެއް ނުބޭއްވީ އެ ބައްދަލުވުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނެތުމުން ކަމަށާއި މަޖިލިސް އިންތިޚާބަށް ދިޔައިރު ހަތަރު ލީޑަރުން އިންތިޚާބުގައި މަސައްކަތް ކުރައްވާނީ އެކުއެކީގައިކަން އޭރު އެއްބަސް ނުވެވުމުން އެއްތަނެއްގައި ތިބެގެން ނިންމޭނެ ނިންމުމެއް ނިންމޭނެ ކަމަށް ގަބޫލު ނުކުރެވޭތީ ކޯލިޝަން ބައްދަލުވުން ބޭއްވުމުން އެއީ އޭރު ކުރާނެ މާބޮޑު ފައިދާއެއް ކަމަށް ގަބޫލު ނުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި ޖުލައި މަހުގެ ތެރޭގައި ކޯލިޝަން ބައްދަލުވުމެއް ބާއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ނަމަވެސް އެބައްދަލުވުން މިއަދާއި ހަމައަށް ވެސް ނުބޭއްވުނީ ލީޑަރުން އެއް ވަގުތެއްގައި މާލޭގައި ނުތިއްބަވާތީ ކަމަށް ބުރާސްފަތި ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއާލާ ލީޑަރުންނަށް ވަގުތު ދެއްވުމަށްފަހު އަންނަ މަހުގެ ކުރީކޮޅު ބައްދަލުވުން ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ މަހު ކޯލިޝަން ބައްދަލުވުމެއް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު ކޯލިޝަން ބައްދަލުވުމެއް ބާއްވައިފައެއް ނުވެއެވެ.

ރައީސް ވިދާޅުވީ އަންނަ މަހު ބާއްވާ ލީޑަރުންގެ ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު