Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެގިއުލަރައިޒޭޝަން ޕްރޮގްރާމް

ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމް މިއަދު ފަށަނީ

18 ސެޕްޓެމްބަރު 2019 | ބުދަ 19:05

ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށް ދާނީ އެއް އަހަރު ދުވަހަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 18 ސެޕްޓެމްބަރު 2019 | ބުދަ 19:05
ބިދޭސީއަކު ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ

ބިދޭސީއަކު ކުނި އުކާލުމުގައި ހަރަކާތްތެރިވަނީ

ރާއްޖޭގައި ގަވައިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ރެގިއުލޭޓްކޮށް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު (މިއަދު) ފެށުމަށް ނިންމައިފި އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށް ދާނީ ސިވިލް ސާރވިސް ކޮމިޝަން ހިންގަމުން ގެންދާ އިމާރާތުގެ އެއްވަނަ ފަންގިފިލާގައެވެ. ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމަކީ ޤާނޫނާއި ހިލާފަށް އުޅޭ ބިދޭސީންތައް، ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ހިންގާ ޕްރޮގްރާމެކެވެ.

Advertisement - newsAdvertisement

މި ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ވެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމަށް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކޮށްފައިވާ ބިދޭންސީންނަށް ކަމަށް އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތު ދެއެވެ. މިނިސްޓްރީއިން އިތުރަށް ބުނީ ރެގިއުލަރައިޒް ކުރުމަށް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ކާކުކަން އަންގައިދޭ ލިޔުން ނެތް ފަރާތްތަކަށް ވެސް "އެމްޕްލޯއިމަންޓް އެޕްރޫވަލް" ދޫކުރެވިފައި ވާނަމަ ރެގިއުލަރައިޒް ކުރެވޭނެކަމުގައެވެ. އަދި ވަޒީފާ ހަމަޖެހިފައިވާ ފަރާތްތަކުން ރެގިއުލަރައިޒްވުމަށް ހުށައަޅަން ޖެހޭނީ ވަޒީފާދޭ ފަރާތްތަކުން "އެކްސްޕެޓް އޮންލައިން ސިސްޓަމް" މެދުވެރިކޮށް ކަމަށް މިނިސްޓްރީއިން ބުންޏެވެ.

ބިދޭސީންނަށް ވަޒީފާ ދޭ ފަރާތަކީ ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ދޫކުރެވޭ ކޯޓާ އޮތް ފަރާތެއް ނަމަ، އެފަރާތުގެ އަތުގައި ބޭނުން ނުކޮށް ހުރި ކޯޓާ އަށް ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށައެޅޭނެ ކަމަށާއި އަދި ކޯޓާ ނެތް ފަރާއްތަކުން ކޯޓާއަށް އެދި ހުށައަޅާ ވަގުތު ބިދޭސީން ރެގިއުލަރައިޒް ކުރުމަށް ހުށެއެޅޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ވަޒީފާ ދޭނެ ފަރާތެއް ނެތް ބިދޭސީން ރެގިއުލަރއިޒް ޕްރޮގްރާމަ ފަށާތާ ހަ މަސް ދުވަސް ތެރޭގައި އިކޮނޮމިކް މިނިސްޓްރީއަށް ހާޒިރުވެ ރެގިއުލަރައިޒް ވާން އެދި ބިދޭސީންގެ ދަފުތަރުގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. މި ދަފްތަރުގައި ރަޖިސްޓްރީވާ ފަރާތްތަކަށް "ރެގިއުލަރައިޒޭޝަން ރަޖިސްޓްރޭޝަން ކާޑް" ދެވޭނެއެވެ. މި ކާޑު ދޫކުރެވޭނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

މި ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ކުރަން ބޭނުންވާ ފަރާތްތަކަށް އައު އެމްޕްލޯއިމަންޓް އެޕްރޫވަލް ދޫކުރެވޭނީ ޑިޕޮސިޓް ފައިސާ ދެއްކުމުންނެވެ.

ރެގިއުލަރައިޒް ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވެ ތިބޭ ބިދޭސީން ލައްވާ މަސައްކަތް ކުރުމަކީ މަނާކަމެކެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ރެގިއުލަރައިޒް ނުވާ ބިދޭސީންނާއި މެދު ފިޔަވަޅު އެޅިގެން ދާނެއެވެ. އެއްވެސް ސަބަބަކާ ހުރެ ރެގިއުލަރައިޒް ނުކޮށްދެވޭ ބިދޭސީންގެ ދަފްތަރެއް މިނިސްޓްރީން ބަލަހައްޓާނެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވީ، ރަޖިސްޓްރީ ކުރުމަށްފަހު ގާނޫނީ އިމުގެ ތެރެއިން މައްސަކަތް ކުރުމަށް މުއައްޒަފުން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީކުރާ މީހުންގެ ތެރެއިން މީހުން ދެވޭނަކަމަށެވެ. އަދި ގިނަ ފަރާތްތަކަކުން ބިދޭސީންގެ އަތުން ފައިސާ ނަގައި ރާއްޖެ ގެނައުމަށްފަހު ދޫކޮށްލައިފާ އެބަހުރި ކަމަށާއި މި ޕްރޮގްރާމްގެ ދަށުން މިފަދަ ފަރާތްތަކަށް ރާއްޖޭގެ ގާނުނުގެ އިމުގެ ތެރެއަށް ވަދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމުގައެވެ.

ޕްރޮގްރާމްގެ ދަށުން މިނިސްޓްރީން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީންގެ މަސައްލައަކީ ގިނަ އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށާއި އެހެން ނަމަވެސް ބިދޭސީންނާއި ނުލާ ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދެވެން ނެތް ކަމަށް ވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެ މައްސަލައަށް ހައްލު ހޯދުމުގައި ގިނަ ފަރާތްތަކާއި މަޝްވަރާކުރެވިފައިވާކަމަށް މިނިސްޓަ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

އިތުރަށް ކިޔާލަން

23 މާރިޗު 2017

ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް

23 މާރިޗު 2017
ފާރިސް އާމެދު ގާނޫނީ ފިޔަވަޅު އަޅަން ވިސްނަން:ޕީޕީއެމް
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
19 ފެބުރުއަރީ 2017

އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ

19 ފެބުރުއަރީ 2017
އިބްތިހާލު މަރުވީ ނޭވާ ނުލެވޭވަރަށް ކަރުގައި ހިފާ، ހަށިގަނޑުގެ ތެރެއަށް ލޭ އެޅިގެން: ޑޮކްޓަރ
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް