Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތު މިނިސްޓްރީ

ދެ ގަޑިއިރު ތެރޭގައި ޓީބީ ޓެސްޓް ކުރެވޭ މެޝިން އިތުރު 4 އަތޮޅަކަށް ދެނީ

18 ސެޕްޓެމްބަރު 2019 | ބުދަ 08:18

މިހާރުވެސް ރާއްޖޭގެ 2 ސަރަހައްދެއްގައި މި މެޝިން ބެހެއްޓިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ސެޕްޓެމްބަރު 2019 | ބުދަ 08:18
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މިނިސްޓްރީ އޮފް ހެލްތަށް ހަދިޔާކުރި "ޖީން އެކްސްޕަރޓް މެޝިން" ތައް 4 އަތޮޅަކަށް ފޮނުވުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މި މެޝިނުގެ އެހީގައި މީހެއްގެ ކުޅުގައި ޓީބީ ބަލީގެ ޖަރާސީމު ހުރިތޯ 2 ގަޑިއިރު ތެރޭގައި ޓެސްޓް ކުރެވިގެންދާއިރު، މި ބައްޔަށް ބޭނުންކުރެވޭ ބައެއް ބޭސްތަކަށް އެ ޖަރާސީމުތައް "ރެސިސްޓެންޓް" ކަން ނުވަތަ ނޫންކަން ދެނެގަނެވިގެންދެއެވެ. އެގޮތުން ޑަބްލިއުއެޗްއޯއިން 4 ޖީން އެކްސްޕަރޓް މެޝިން ހަދިޔާކޮށްފައިވާއިރު، އެކަމަށްޓަކައި އަންގާރަ ދުވަހު ހެލްތު މިނިސްޓްރީގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން މިހާރުވެސް ރާއްޖޭގެ 2 ސަރަހައްދެއްގައި ޖީން އެކްސްޕަރޓް މެޝިން ބެހެއްޓި ޚިދުމަތްދޭން ފަށާފައިވާ ކަމަށާއި، އޭގެ އިތުރުން އަލަށް ލިބުނު 4 މެޝިން ލ އަތޮޅާއި، ރ އަތޮޅާއި، ޅ އަތޮޅުގެ އިތުރުން އައްޑޫ ސިޓީގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، ޑރ.އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ޖީން އެކްސްޕަރޓް މެޝިން ބެހެއްޓި ޚިދުމަތް ދެމުން ގެންދާއިރު، އިތުރު 4 ރަށުން މި ޚިދުމަތް ލިބުމުން ރާއްޖެއިން ޓީބީ ނައްތާލުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގެ މިހާރުގެ ހާލަތަށް ބަލާއިރު، އާންމުކޮށް ޓީބީ ދެނެގަތުމަށް ހަދަން ޖެހޭ ޓެސްޓުތައް ހެދުމުގެ މަސައްކަތަށް 3 ދުވަސް ހޭދަވެގެންދާއިރު، މި މެޝިންތައް ބެހެއްޓުމުން ބަލީގެ ކުރީ ކޮޅުގައި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް އެހީއަކަށްވެގެންދެއެވެ. އެގޮތުން މި ބައްޔަކީ ބަލީގެ ކުރީކޮޅު އެކަށީގެންވާ ފަރުވާދީގެން އެއްކޮށް ރަނގަޅު ކުރެވޭ ބައްޔަކަށްވާއިރު، ސަރުކާރުން ވަނީ 2022 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުމަށް އަމާޒު ހިފާފައެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް