Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނި ނައްތާލުން

3 ރަށެއްގައި އިންސިނެރޭޓަރ ބެހެއްޓުމުގެ މަޝްރޫއުގައި ސޮއިކޮށްފި

17 ސެޕްޓެމްބަރު 2019 | އަންގާރަ 12:05

މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރމަންޓް މިނިސްޓަރ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ސެޕްޓެމްބަރު 2019 | އަންގާރަ 12:05
އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން

އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަން

ރައްކާތެރިކަމާއެކު ކުނި ނައްތާލުމަށްޓަކައި ތިން ރަށެއްގައި އިންސިނެރޭޓަރ ބެހެއްޓުމުގެ މަޝްރޫއުގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީ އޮފް އެންވަޔަރަމެންޓްގައި އޮތް ރަސްމިއްޔާތެއްގައި ކ. މާފުއްޓާއި ޏ. ފުވައްމުލަކުގެ އިތުރުން ހދ ކުޅުދުއްފުށީގައި އިންސިނެރޭޓަރ ބެހެއްޓުމުގެ މަޝްރޫއުގައި ވަނީ ސޮއިކޮށްފައެވެ. އެގޮތުން ކުޅުދުއްފުއްޓާއި ފުވައްމުލަކަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންސިނިރޭޓަރ ޤާއިމު ކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ މެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

Advertisement - newsAdvertisement

މި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދް ހަސަންއެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް 119 ދުވަސް ދީފައިވާއިރު، މާފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އިންސިނެރޭޓަރ ޤާއިމު ކުރުމަށް ކޮރަލް ލައިފް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ހަވާލުކޮށް މަސައްކަތް ނިންމުމަށް 45 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވީ، މި މަޝްރޫއުގެ ސަބަބުން ކ. މާފުށީގެ ޓޫރިޒަމަށްވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

އިންސިނެރޭޓަރތައް ޤާއިމުކުރުމުން މި ރަށްރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ރަސްމިއްޔާތަށްފަހު "ރާއްޖެއެމްވީ އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ، ފާއިތުވި 20 އަހަރު ތެރޭގައި އެރަށުގެ ކުނީގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ. އަދި މިހާރުވެސް 115،000 ޓަނަށްވުރެ ގިނަ ކުނި ކުޅުދުއްފުށީގެ ކުނި ކޮއްޓަށް ޖަމާވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މި ރަށްރަށުގައި ޤާއިމުކުރުމަށް ނިންމަވާފައިވާ އިންސިނެރޭޓަރތަކުން ދުވާލެއްގެ މައްޗަށް 4 ޓަނުގެ ކުނި ރައްކާތެރިކަމާއެކު ނައްތާލެވިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެންމެ ހިނގާ

1

ނާމަލް ރާޖަޕަކްސަ ހައްޔަރުކޮށްފި

2

ހުޅުމާލެއިން 7.1 މިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް މިނިސްޓަރު މުއްޠަލިބުގެ ޢާއިލީ ބޭފުޅަކު ބައްލަވައިގެންނެވިކަން ހާމަވެއްޖެ

3

ނެދަލެންޑްސްއިން އެމެރިކާގައި ބަހައްޓާފައި ހުރި 10 ބިލިއަން ޑޮލަރުގެ ރަން އަނބުރާ ގެންދިޔައީ ކީއްވެ؟

4

ދުނިޔޭގެ އައު ޗާޓް އދ. ގެ އާންމު މަޖިލީހުން ފާސްކޮށްފި

5

ފިލިޕީންސްގެ ނައިބު ރައީސް ހައްޔަރުކުރުމަށް ކޯޓުން އަމުރުކޮށްފި

އިތުރަށް ކިޔާލަން

28 އެޕްރީލު 2017

ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި

28 އެޕްރީލު 2017
ފެންފުށީ ކައުންސިލްގެ ނައިބު ރައީސް ޕީޕީއެމް ދޫކޮށް ޖޭޕީއަށް ސޮއިކޮށްފި
27 އެޕްރީލު 2017

ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި

27 އެޕްރީލު 2017
ދާއިރާގެ ގިނަ ރައްޔިތުން ސަރުކާރަށް ތާއިދު ނުކުރާކަމަށްބުނި އެމްޑީޕީ ކެނޑިޑޭޓް ޕީޕީއެމަށް ސޮއިކޮށްފި
18 އެޕްރީލު 2017

ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި

18 އެޕްރީލު 2017
ބްރޮޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް އެދި ހުށަހަޅާ ޕެޓިޝަންގައި ރާއްޖެޓީވީ ހުރިހާ މުއައްޒަފުން ސޮއިކޮށްފި
05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
30 މާރިޗު 2017

ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 މާރިޗު 2017
ސީއެސްސީ އާއި އައްޑޫ ސިޓީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި
24 މާރިޗު 2017

ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި

24 މާރިޗު 2017
ސިޔާސީ ޕާޓީތަކުން އެއްބަސްވުމެއްގައި ސޮއިކޮށްފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް