Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގާސިމް އިބްރާހިމް

ރައީސް ނަޝީދު އުޅުއްވަނީ ރާއްޖޭގައި އިސްލާމްދީން އޮންނާތީ ކަންބޮޑުވެގެން: ގާސިމް

ދެއްކޭ ވާހަކަވެސް ނަޝީދަށް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 18:28
ގާސިމް އިބްރާހިމް، އަދި ރައީސް ނަޝީދު

ގާސިމް އިބްރާހިމް، އަދި ރައީސް ނަޝީދު

ރާއްޖޭގައި އިސްލާމްދީނަށް އަމަލުކުރަމުންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެގެން އުޅުއްވާކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައި ފިއެވެ.

އާދިއްތަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން އޮންނާތީ އެކަމާއި މެދު ބަޔަކު ކަންބޮޑުވެގެން އުޅުއްވާތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. ''ކޮށި ކުޑަކޮށްލާފަ'' ދަންނަވާނަމަ އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ކަމަށް ގާސިމް ވިދާޅުވިއެވެ.

އެއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން އެމަނިކުފާނަށް ދެކެވޭ ވާހާކަތައް އެނގިނުލައްވާކަމަށް ވިދާޅުވެ ގާސިމް ސުވާލު އުފެއްދެވިއެވެ. މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގާސިމް ވިދާޅުވީ، ނަޝީދު "ބޯޅަ ޖައްސަވަނީ" އަމިއްލަ ބައިކޮޅަށް ކަމަށެވެ.

ގާސިމް ވިދާޅުވީ، ގައުމީ މަސްލަހަތު ގެއްލިގެންދާނެ ނުވަތަ ފިތުނަ ފަސާދަ އުފެދޭ ފަދަ ވާހަކަތައް އެއްވެސް ސިފައެއްގައި އެކަކުވެސް ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށާއި، ގައުމުގެ ރައްޔިތުން ބައިބައިވެގެންދާނެ ގޮތްތަކަކަށް ކަންތައް ކުރެވޭ ކަމަށްވާނަމަ އެކަމުން ލިބޭ ނަތީޖާ ދެރަވާނެ ކަމަށެވެ. އަދި ހަމަ އެއަކީ ކުރިމަގަށް ލިބިގެންދާނެ ނިކަމެތި ކަމެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

ހޮނިހިރު ދުވަހުގެރޭ ޢިޔާސުއްދީން ސްކޫލުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވީ، ސްކޫލު ކުދިން އެއްކޮށްގެން ވާހަކަ ދައްކަނީ އެ ކުދިންނަށް ކޮން ކަމެއް ވިސްނާއިދޭން ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް ނަޝީދަކީ ސީދާ ''ރޯމަރު'' ދޮގުހައްދަވާ ބޭފުޅެއް ގޮތުގައި ތުހުމަތު ކުރައްވަމުން ގާސިމް ވިދާޅުވީ، އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އެއްވެސް ބަޔަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. މީހުންގެ ތާއިދު ހޯއްދެވުމަށް '' އަނެއް ދިވެހިރާއްޖޭ'' ކިޔައިގެން ކުރިން ރާއްޖޭގައި އޮތް ގައުމީޔަތެއް ނުވަތަ ދީން ގެންނާކަމަށް ބޭނޫން ނުވާ ކަމަށެވެ.

ރައީސް ނަޝީދު ރައީސް ސޯލިހު އަށް ނުސީދާ ގޮތަށް ފާޑު ވިދާޅުވަމުންދާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ސަރުކާރު ގޯސްކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށާއި، އެހެން އެކަންދާނަމަ ކުރިޔަތް އޮތްތާގައި ރާއްޖެ ބޮޑު އަދަވަޅަކަށް ވެއްޓިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު