Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ދ. ކުޑަހުވަދޫ

ދ.ކުޑަހުވަދޫ - ކުނި މެނޭޖް ކުރުމުގައި ނަމޫނާ ރަށެއް!

މި ސެންޓަރު ހެދީ ކައުންސިލުން ޚަރަދުކޮށްގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:21
ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ދ. ކުޑަހުވަދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފުރިހަމަކަން އެންމެ ބޮޑަށް ފެންނަނީ ރާއްޖޭގެ ރަށްރަށުގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދުތަކުންނެވެ. ހިތްގައިމު މަގުތަކާއި، ރަށްރަށުގެ ސާފުތާހިރުކަމުންނެވެ. ނަމަވެސް ބައެއް ރަށްރަށުގެ ޤުދުރަތީ ރީތިކަން ގެއްލިގެން ދިއުމުގެ އެއް ސަބަބަކަށް ވެފައި އޮންނަނީ ރަށްރަށުގެ މަގުތަކާއި ގޮނޑުދޮށްތައް ކުނިބުނިން ފުރިފައި އޮތުމެވެ.

ކިތަންމެ ރީތި ހިތްގައިމު ގޮނޑުދޮށެއް އޮންނަ ރަށެއް ނަމަވެސް އެކި ޒާތުގެ ކުނިން ފުރިފައި އޮންނަ ނަމަ އެރަށެއްގެ ހިތްގައިމުކަން ގެއްލިގެންދެއެވެ. އެގޮތުން ރަށްރަށުގައި އުފެދޭ ކުނިބުނި ނައްތާލުމުގެ އެކަށީގެންވާ ނިޒާމެއް ނެތުމުގެ ސަބަބުން މި މައްސަލަ އެތައް ރަށަކަށް ދިމަވެފައިވާއިރު، ދ. ކުޑަހުވަދޫގެ ކައުންސިލުން ޚަރަދުކޮށްގެން މިވަނީ ކުނި މެނޭޖް ކުރުމުގެ ތަފާތު ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ފަށާފައެވެ.

ކުނި މެނޭޖްކުރަން ވަކި ސެންޓަރެއް ޤާއިމުކުރުމުގެ ކުރިން އެރަށުގެ ހާލަތު އޮތް ގޮތް ބަޔާންކޮށްދެމުން ރަށުން ވާހަކަދެއްވި ބައެއް ފަރާތްތަކުން ބުނީ، ކުނި އުކަން ވަކި ތަނެއް ކަނޑައަޅާފައި އޮތް ނަމަވެސް އެމީހަކު ބޭނުން ދިމާލަކަށް ކުނި އުކުމަކީ އާންމު ކަމެއް ކަމަށާއި. ބައެއް ޒާތުގެ ކުނި ގޮނޑުދޮށަށް އުކާ ކަމަށެވެ. އަދި އޭގެ ސަބަބުން މުޅި ގޮނޑުދޮށް އޮންނަނީ ތަޢައްޔަރުވެފައި ކަމަށާއި، އެކިޒާތުގެ ކުނިބުނިން ފުރިފައި ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ޓަނެއްގެ ކުނި ރަށުގައި އުފެދޭއިރު، ކުނި އެޅުމަށް ހުންނަ ސަރަހައްދަކީވެސް ގޮނޑުދޮށާ ކައިރި ސަރަހައްދެއް ކަމަށާއި، އެ ސަރަހައްދުގައި ކުނިތައް ފުނި ޖެހުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ކުނިތައް ފެތުރިގެންދާކަމަށްވެސް ރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން ކުޑަހުވަދޫ ކައުންސިލް މެމްބަރެއް ކަމަށްވާ އަހުމަދު މައުރޫފު ވިދާޅުވީ، ކައުންސިލް ހޮވިގެން ދިޔައީ ޚާއްސަ ވައުދުތަކަކާއެކީގައި ކަމަށާއި، އޭގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރި އެއްކަމަކީ ރަށުގެ ކުނި މެނޭޖްކުރާނެ ރަނގަޅު ނިޒާމެއް ޤާއިމުކުރުން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޑިޒައިން ކޮށްފައިވާއިރު، އެކަމުގައިވެސް ފާހަގަކޮށްލެވެނީ ދުރު ރާސްތާ ޕްލޭންއެއްގެ ދަށުން، ހިންގުންތެރިކަމާއެކު އެކަން ކޮށްފައިވާކަމެވެ.

ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޤާއިމުކުރުމަށް ހަދަންޖެހޭ ޑިޒައިނިންގ ހެދުމުގެ ކުރިން ކައުންސިލުން ވަނީ 4 ރަށަކަށް ޒިޔާރަތްކޮށް، އެ މަސައްކަތް ކުރާ ގޮތް ބައްލަވާފައެވެ. އަދި އެ ރަށްރަށުގައި ކުނި މެނޭޖްކުރާ ގޮތް ބެއްލެވުމަށް ފަހު، މިހާރު ކުޑަހުވަދޫގައި ވަނީ ރަނގަޅު ފެންވަރެއްގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައެވެ.

ޑިޒައިން ކުރުމުގެ މަރުހަލާއަށްފަހުވެސް ކައުންސިލުން ވަނީ މި ސެންޓަރު ޤާއިމު ކުރުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ރަށު ތެރޭގައި ގަސްގަހާގެއްސާއި ރުއްތައް ހެދިފައިވާ ބޮޑު ސަރަހައްދެއް އެއްކޮށް ސާފުކޮށްފައިވާއިރު، މިކަމުގައިވެސް ތަފާތު ކަމެއް ފާހަގަކޮށްލެވެއެވެ. އެއީ ތިމާވެއްޓާއި ވީހާވެސް ރައްޓެހި ގޮތަކަށް އެކަން ކުރުމެވެ. އެކަމަށްޓަކައި އެ ސަރަހައްދުން ނަގާފައިވާ ރުއްތަށްވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ވަށައިގެންވާ ސަރަހައްދުގައި ވަނީ ޖަހާފައެވެ.

ސެންޓަރަށް ގެންނަ ކުނީގެ ތެރެއިން އެކި ބާވަތުގެ ކުނި ވަކި ކޮށް، ކުނި ނައްތާލުމުގައި 15 ބިދޭސީންނާއި 2 ދިވެހިން ހަރަކާތްތެރިވާއިރު، މައުރޫފް ވިދާޅުވީ، އެ މަސައްކަތްވެސް ފުރަތަމަ އިއުލާނު ކުރީ ދިވެހިން ހޯދުމަށް ކަމަށެވެ. ނަމަވެސް ކައުންސިލުގެ މާލީ ހާލަތަށް ބަލައި އެވަރުގެ މުސާރައެއް ދެވެން ނެތުމުގެ ސަބަބުން އެކަމަށް ދިވެހި މުވައްޒަފުން ނުލިބުނު ކަމަށެވެ.

ކޮންމެ ދުވަހަކުވެސް ހެނދުނު 7:30 ގައި ގޭގެއިން ކުނި ނެގުމުގެ މަސައްކަތް ފަށައެވެ. އެގޮތުން އެ މަސައްކަތް 13:30 ހާއިރު ނިމޭއިރު، އޭގެ އިތުރުންވެސް ޚާއްސަ މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ގަސް ކެނޑުމާއި، ގޭގެ ފާރު ތަޅާލުން ފަދަ ޚާއްސަ ހާލަތްތަކުގައި އުފެދޭ ކުނިވެސް ކައުންސިލުން ގެންގޮސްދެއެވެ.

އެއަށްފަހު ކުރާ މަސައްކަތަކީ އެކި ބާވަތުގެ ކުނި ވަކި ކުރުމެވެ. އެގޮތުން އެކަމަށްޓަކައިވެސް އުފެއްދުންތެރި އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާއިރު، ބިއްލޫރިއާއި، ދަޅާއި، ޕްލާސްޓިކް ފަދަ ބާވަތްތައް ވަކިކޮށް، ކުނި ނައްތާލުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިބާވަތްތައް ވަކިން ނައްތާލަންޖެހޭއިރު، އެކަށީގެންވާ މެޝިނަރީ ނެތުމުގެ ދަތިކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދަގަނޑާއި ޕްލާސްޓިކް ފަދަ ތަކެތި ނައްތާލުމަށް އެކަށީގެންވާ މެޝިނަރީ ނެތް ނަމަވެސް ކައުންސިލުން ތިބީ އެކަމަށްވެސް އަތް އުރާލައިގެން ތިބޭ ކަހަލަ ގޮތަކަށް ނޫނެވެ. ރަށުގެ ތަރައްޤީއަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާއިރު، ބަދިގޭގެ ކުނި ނައްތާލުމަށް ޚާއްސަ މެޝިނަރީއެއް ވަނީ އަމިއްލައަށް އުފައްދާފައެވެ.

ވޭސްޓް މެނޭޖްމަންޓުގެ ކަންކަން ބަލަހައްޓާ މީހެއްގެ ހައިސިއްޔަތުން ކައުންސިލުގެ ފަރާތުން ރާއްޖެއެމްވީއަށް އިންޓަރވިއު ދެއްވި މައުރޫފް ވަނީ ބަދިގޭގެ ކުނި ނައްތާލުމަށް އީޖާދީ އުފެއްދުމެއް އުފައްދަވާފައެވެ. އެގޮތުން މި މެޝިން ބޭނުންކޮށްގެން ބަދިގޭގެ ކުނިތައް ވަކިކޮށް، މެޝިނުގައި ހުންނަ ދާގަނޑެއްގެ އެހީގައި ފިލްޓަރ ކުރެވިގެންދާއިރު، ބަދިގޭގައި ބޭނުންކުރާ ކުނިތައް އެއްކޮށް ހިމުންކޮށްލައި ފެނާއިއެކު ގިރާލުމަށްފަހު، ހޮޅިއެއްގެ ޒަރިއްޔާއިން ކަނޑަށް ބޭރުކޮށްލާ ގޮތަށް ވަނީ ފަރުމާކޮށްފައެވެ. އަދި މި މެޝިން ކައިރި މުސްތަޤުބަލެއްގައި ބޭނުންކުރަން ފަށާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މި މެޝިން ބޭނުން ކުރަން ފެށުމުންވެސް ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އިތުރު ފަސޭހައެއް ލިބިގެންދާނެއެވެ. އެގޮތުން މިހާރު ދޯންޏެއްގައި ގޮސް ބަދިގޭގެ ކުނިތައް ކަނޑަށް އުކާލަންޖެހޭއިރު، އެކަމަށްޓަކައި އިތުރު ޚަރަދުތަކެއްވެސް ކައުންސިލުން ކުރަންޖެހެއެވެ.

ކައުންސިލުން ޚަރަދުކޮށްގެން ބުރަ މަސައްކަތުނަ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ފުރިހަމަ ނިޒާމެއް ޤާއިމުކޮށްފައިވީނަމަވެސް ކައުންސިލަށްވެސް ބަޖެޓުގެ ދަތިކަމާއެކު ބޭނުންވާ އިތުރު ކަންކަން އެބަހުއްޓެވެ. އެގޮތުން ކުނި މެނޭޖްކުރާ ސެންޓަރުގެ އިންސިނިރޭޓަރު ހަލާކުވެފައިވުމުގެ ސަބަބުން މިހާރު ކުނި އަންދަމުންދަނީ 2 އަށިގަނޑު މަތީގައެވެ. އޭގެ އިތުރުން، ރަށުގެ ކުނި އުފެދޭ މިންވަރަށް ބަލައި ބައެއް މެޝިނަރީތައް ނެތުމުގެ ދަތިކަންވެސް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކޮންމެއަކަސް، އެތަކެއް ދަތިތަކާއެކުވެސް ކައުންސިލުން މި ވަނީ ރަށުގެ ރައްޔިތުންނަށާއި ރަށުގެ ތަރައްޤީއަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްދީފައެވެ. ކައުންސިލުން އަމިއްލައަށް ޚަރަދުކޮށްގެން މިފަދަ ސެންޓަރެއް ޤާއިމު ކޮށްފައިވާއިރު، ދޭހަވެގެންދަނީ ރަށްރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތް ކުރާ މިފަދަ ކައުންސިލްތަކަށް އެކަށީގެންވާ ބާރާއި ބަޖެޓް ލިބެންޖެހޭ ކަމެވެ. އެކަށީގެންވާ ވަސީލަތްތަކާއި ކަންކަން ކުރާނެ މަގު ސަރުކާރުން ތަނަވަސްކޮށްދޭންޖެހޭ ކަމެވެ. ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ސަރުކާރުން ކައުންސިލްތަކަށް އިތުރު އެހީތައް ދޭންޖެހޭ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

ވިޔަފާރިއަށް ފަހި މާޙައުލެއް ޤާއިމްކުރުމުގައި މިނިސްޓަރ ސަޢީދު ފެއިލްވެއްޖެ

05 އެޕްރީލު 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

22 ޖެނުއަރީ 2018
އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

އިންސާފު ޤާއިމްކުރުމުގައި ސުޕްރީމް ކޯޓު ވަނީ ފެއިލްވެފައި!؟

07 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު