Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގޭ ރިޕޯޓް

ރިލްވާނަށް އިންސާފު ލިބިދާނެތަ؟

ރިޕޯޓުން ހާމަވާގޮތުގައި އޭނާ މަރާލުމާއި ގެއްލުވާލުމުގައި އިހުމާލުތަކެއް ވަނީ ވެފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 11 ސެޕްޓެމްބަރު 2019 | ބުދަ 11:39
ރިލްވާން

ރިލްވާން

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ތަހުގީގު ކުރުމަށްފަހު ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންނަށް ވީގޮތް ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން ވަނީ ރިލްވާން ކަރުބުރިކޮށްލާ މަރާލާފައިވާ ކަމަށް ތަހުގީގުން މިހާތަނަށް ހާމަވާ ކަމަށް ބުނެފައެވެ.

ރިލްވާން މަރާލުމުގައި ދީނީ ހަރުކަށި މީހުން ހިމެނޭ ކަމަށާއި އެކަމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭކަމަށް އެ ކޮމިޝަނުން ހާމަ ކުރީ މިމަހުގެ 1 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

Advertisement - newsAdvertisement

ރިލްވާން ގެއްލިފައިވާތާ 5 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަމުގެ ތަހުގީގު ކޮށް މަރު ކޮމިޝަނުން ހާމަ ކުރުމާއެކު ދެކެވެމުން އައީ ރިލްވާނަށް އިންސާފު ލިބިދާނެތޯއެވެ؟ އެކަމުގައި އެދެވޭ ނަތީޖާއެއް ނެރެވިދާނެތޯއެވެ. ފަސް އަހަރަށް ފަހު ރިލްވާނަށް އެކަށީގެންވާ އިންސާފު ލިބިދާނެތޯއެވެ؟

މިސަރުކާރު ވެރިކަމަށް އައީ އިންސާފު ގާއިމް ކޮށްދޭނެ ކަމުގެ ވައުދާއެކުއެވެ. އެވައުދާއެކު އުފެއްދި މަރުކޮމިޝަނުން ކުރިން ހާމަ ނުކޮށް ހުރި ހާމަ ކުރުންތައް ރިލްވާންގެ މައްސަލައިގައި ހާމަ ކޮށްފިއެވެ. ރިލްވާން ގަދަކަމުން ފޮރުވި މީހުންނާއި އެކަމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ހާމަ ކޮށްފިއެވެ. މަރު ކޮމިޝަނުގެ ތަހުގީގު ކުރި ރިޕޯޓުން ހާމަވާގޮތުގައި އޭނާ މަރާލުމާއި ގެއްލުވާލުމުގައި އިހުމާލުތަކެއް ވަނީ ވެފައެވެ.

ރިލްވާން މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކޯޓުން ދޫކޮށްލުމުގައި މުއައްސަސާތަކުގެ އިހުމާލު އޮތް ކަމެވެ. އޭގެއިން ބައެއް ފަރާތްތައް އޭގެ ފަހުން ވަނީ ރާއްޖެއިން ބޭރަށް ގޮސް ސީރިއާއަށް ހަނގުރާމައަށް ގޮސްފައެވެ. މަރު ކޮމިޝަނުން ވަނީ ރިލްވާން މަރާލުމުގެ ކުރިން ގޭންގުތަކުގެ ބަޔަކު ބޭނުންކޮށްގެން ދެ މީހަކު ކަނޑު ފައްތަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމުގައި ވިއަސް އެކަމުގައި އަޅާނުލިކަން ފާހަގަވާކަމެވެ. ރިލްވާން ސީރިއާއަށް ހަނގުރާމައަށް ދިޔަކަން ދެއްކުމަށް އޭނާގެ ޕާސްޕޯޓް ހެއްދުމަށް އިންޓެލިޖެންސް ދެ ފުލުހުންގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތެވެ.

ރިލްވާން މައްސަލައިގައި ފިޔަވަޅު އެޅުމުގެ މަރުހަލާ ފެށުމުގެ ކުރިން ތައްޔާރު ކުރި ރިޕޯޓް އަދި އެއްކޮށް ފުރިހަމައެއް ނުވެއެވެ. ތަހުގީގު ފުރިހަމަ ކުރުމަށް އިތުރު ހެކިތައް ހޯދުމަށް މަރުކޮމިޝަނުގެ އެދުމުގެ މަތިން ކޯޓު އަމުރާއެކު ފުލުހުން ދަނީ އެ ރިޕޯޓުގައި ހިމަނާފައިވާ ފަރާތްތައް ދިރިއުޅޭ ގޭގެ ފާސްކުރަމުންނެވެ. އެރިޕޯޓް އިތުރަށް ފުރިހަމަ ކުރި ނަމަވެސް އެކަމުގައި ބައިވެރިވި ބައެއް ފަރާތްތައް ކަމަށް ބުނާ ބައެއް މީހުން މިހާރު ދުނިޔޭގައި ނެތްކަން ރިޕޯޓުން ހާމަވެއެވެ. ރިޕޯޓް ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރަން ޖެހޭ ފަރާތްތަކާ މެދު ދައުވާ ކުރަން ފޮނުވި ނަމަވެސް ރިލްވާނަށް އެކަށީގެންވާ އިންސާފު ލިބިދާނެބާވައެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
27 ފެބުރުއަރީ 2017

ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު

27 ފެބުރުއަރީ 2017
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު