Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމިކް މިނިސްޓްރީ

ސަސްޕެންޑްކުރީ ޒިކުރާ މިސްކިތުގެ އެގްރިމެންޓް ބާތިލްކުރުމުން ބަދަލުހިފުމުގެ ގޮތުން: މުސްއަބު

10 ސެޕްޓެމްބަރު 2019 | އަންގާރަ 06:59

އެސްޖޭ ކުންފުންޏާއެކު ހެދި އެއްބަސްވުން ވަނީ ބާތިލް ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ސެޕްޓެމްބަރު 2019 | އަންގާރަ 06:59
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ)

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ (ކ)

ފަސް ވަނަ ފަހަރަށް ސަސްޕެންޑްކޮށްފައިވަނީ ޒިކުރާ މިސްކިތުގެ އެގްރިމެންޓް ބާތިލްކުރުމުން ބަދަލު ހިފުމުގެގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މުސްއަބު ރާއްޖެއެމްވީއަށް ވިދާޅުވީ އޭނާ ސަސްޕެންޑް ކޮށްފައިވަނީ ކޮން ސަބަބަކާ ހުރެ ކަން އެނގުނީ ސީއެސްސީގެ ތަހުގީގަށް ހާޒިރުވެލެއްވުމުން ކަމަށެވެ.

Advertisement - newsAdvertisement

މުސްއަބުގެ ސަސްޕެންޝަން ފަސްވަނަ ފަހަރަށް އިތުރު ކުރީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ސީއެސްސީއިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންއޭނާ އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މެއި 29 ވަނަ ދުވަހުއެވެ.

މުސްއަބު ވަނީ އޭނާ ސަސްޕެންޝަން ތިން ވަނަ ފަހަރަށް އިތުރު ކުރި މައްސަލަ މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށާއި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން ރައީސް އޮފީހަށް ވެސް ހުށައަޅުއްވާފައެވެ. ނަމަވެސް އެއިން އެއްވެސް އިދާރާއަކުން އޭނާއަށް ޖަވާބެއް ލިބިވަޑައިގެންފައިނުވާ ކަމަށް މުސްއަބު ވިދާޅުވި އެވެ.

މުސްއަބު ވިދާޅުވީ ސީއެސްސީއަށް ހާޒިރުވުމުން އޭނާގެ މައްޗަށް ތަހުގީގުކުރަނީ ތިން ސިޓީއެއްގެ މައްޗަށް ބިނާކޮށްކަމަށް އެނގިލެއްވި ކަމަށެވެ. އެއީ ޒިކުރާ މިސްކިތް ލަސްވެ އެމިސްކިތް ހަދަން ހަވާލުކުރި އެސްޖޭ ކޮންސްޓްރަކްޝަންގެ ޑިރެކްޓަރެއް އަދި ހިއްސާދާރެއް ހުށައެޅުއްވި މައްސަލައެއްކަން އެނގިލެއްވި ކަމަށެވެ.

މުސްއަބު ތުހުމަތު ކުރައްވާގޮތުން އެސްޖޭ ކުންފުނީގެ އިސްފަރާތް ހުށައެޅުއްވި މައްސަލައަކީ އިސްލާމިކް މިނިސްޓްރީގައި މަސައްކަތް ކުރައްވާ އެޗްއާރު ޑިޕާޓްމަންޓުގެ މުއައްޒަފަކާއެކު ވައްކަމެއްގައި ބައިވެރިވެ މީގެކުރިން އޭނާ އަށް ކުރި ތުހުމަތުތަކެވެ. އެމައްސަލަ އޭސީސީއިން ބެލުމަށްފަހު އޭނާގެ ބައިވެރިވުމެއް ނެތްކަން ނިންމާފައިވާ ކަމަށާއި އެކަން ކުރި އެޗްއާރު ޑިޕާޓްމެންޓުގެ މުއައްޒަފު އޭނާ ކުރި ކުށަށް އިއުތިރާފުވި ކަމަށް މުސްއަބު ވިދާޅުވިއެވެެ. ކުންފުންޏެއްގެ ޑިރެކްޓަރަކު މިނިސްޓްރީގެ އިދާރީ މައްސަލައެއްގެ ތެރެއަށް ވަންނަންވީ ސަބަބެއް އެނގިނުލައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަނެއް ސިޓީއަކީ އިސްލާމިކް މިނިސްޓްރީގައި އުޅޭ މުއައްޒަފެއްގެ ނަމުގައި މުސްއަބާއި ގުޅޭ ގޮތުން ސީއެސްސީއަށް ފޮނުވި ޝަކުވާއެއްގެ ސިޓީއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ އެ މުއައްޒަފުގެ ނަމުގައި އެހެން މީހެއް ސީއެސްސީއަށް ހުށައަޅާފައިވާ ސިޓީއެއްކަން އެ މުއައްޒަފު އޭނާގެ ގާތުގައި ބުނެފައިވާ ކަމަށް މުސްއަބު ވިދާޅުވިއެވެ. އަދި އެ ސީއެސްސީގެ ތަހުގީގަށް އެމުއައްޒަފު ހާޒިރުކުރުމުން ސީއެސްސީގައިވެސް ބުނެފައިވާ ކަމަށް މުސްއަބު ވިދާޅުވިއެވެ.

މުސްއަބު ވިދާޅުވީ އެސްޖޭ ކޮންސްޓަރަކްޝަންގެ އިސްފަރާތް ވަނީ ޒިކުރާ މިސްކިތުގެ އެއްބަސްވުން ބާތިލްކުރުމުގެ ކުރިން ވެސް އޭނާއަށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައިކަމަށެވެ.

ޕީއެސްގެ މަގާމަށް މުސްއަބު އައްޔަން ކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހުއެވެ.

މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތް އަޅަން ހަވާލުކުރީ އެސްޖީ ކުންފުންޏާއެވެ. އެ މިސްކިތް އިމާރާތް ކުރުމުގެ މަޝްރޫއު އަށް 130 މިލިއަން ރުފިޔާ އަރާނެ ކަމަށް އޭރުގެ ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް އިމާރާތުގެ މަސައްކަތް ކުރިއަށް ނުދާތީ އެކުންފުންޏާއެކު ހެދި އެއްބަސްވުން މިހާރު ވަނީ ބާތިލް ކޮށްފައެވެ.

މުސްއަބު ވަނީ ތިން ފަރާތަކުން ޕްރޮޕޯސަލް ހޯދުމަށް ފަހު ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއާ ހަވާލުކުރީ އެ ކުންފުންޏަށް މަންފާވާ ގޮތަށް ކަމަށް ވިދާޅުވެ އެކަން މަޖިލީހަށް ހުށައަޅުއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

09 ޖުލައި 2018

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި

09 ޖުލައި 2018
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާއެއްގައި ގުރުއާން ކިޔެވުމުން އިހަވަންދޫ މިސްކިތުގެ އިމާމް ސަސްޕެންޑްކޮށްފި
18 ޖޫން 2018

ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި

18 ޖޫން 2018
ކުމުންދޫގެ ހުކުރު މިސްކިތުގެ ކުލަ ވެސް ބަދަލުކުރަން އަންގައިފި
14 ޖޫން 2018

ޖަވާބުދާރީވާން އަދީބް އެދިފައިވަނިކޮށް، ވިލާ އެގްރިމެންޓްތަކުގެ މައްސަލައިގައި އަދީބްގެ މައްޗަށް ދައުވާ ކުރަނީ

14 ޖޫން 2018
ޖަވާބުދާރީވާން އަދީބް އެދިފައިވަނިކޮށް، ވިލާ އެގްރިމެންޓްތަކުގެ މައްސަލައިގައި އަދީބްގެ މައްޗަށް ދައުވާ ކުރަނީ
07 ޖޫން 2018

ވިލާގެ ސެޓްލްމަންޓް އެގްރިމެންޓްތަކުގެ މައްސަލައިގައި އޭސީސީން އަދީބާ ސުވާލުކޮށްފި

07 ޖޫން 2018
ވިލާގެ ސެޓްލްމަންޓް އެގްރިމެންޓްތަކުގެ މައްސަލައިގައި އޭސީސީން އަދީބާ ސުވާލުކޮށްފި
16 ފެބުރުއަރީ 2018

ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު

16 ފެބުރުއަރީ 2018
ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް: ޑރ. މުޢިއްޒު
06 ނޮވެމްބަރު 2017

ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ހުއްޓުވަން އުޅުމުން: ޅ. އަތޮޅު ކައުންސިލްގެ ރައީސް

06 ނޮވެމްބަރު 2017
ސަސްޕެންޑްކުރީ ގަވާއިދާ ހިލާފަށް ހިންގާ ކަންކަން ހުއްޓުވަން އުޅުމުން: ޅ. އަތޮޅު ކައުންސިލްގެ ރައީސް
19 ޖޫން 2017

ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް

19 ޖޫން 2017
ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތަކުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއްވެދާނެ: އީއައިއޭ ރިޕޯޓް
20 އެޕްރީލު 2017

ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި

20 އެޕްރީލު 2017
ގަބުރު ފެނިފައިވާތީ ބިހުރޯޒު މިސްކިތުގެ ގޯތިތެރޭ ނަމާދު ކުރުން މަނާކޮށްފި
06 މާރިޗު 2017

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި
28 ފެބުރުއަރީ 2017

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި

28 ފެބުރުއަރީ 2017
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް 24 މިލިއަން ޑޮލަރަށް  ތުރުކީގެ ކުންފުންޏަކާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް