Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމޯލްޑިވްސް ބިޒްނަސް އެވޯރޑްސް 2019

މޯލްޑިވްސް ބިޒްނަސް އެވޯރޑްސް 2019 ލޯންޗްކޮށްފި

މިނިސްޓަރ ވިދާޅުވީ އިގްތިސާދުގެ މައިނާރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 ސެޕްޓެމްބަރު 2019 | ހޯމަ 12:43
މިއަހަރުގެ ބިޒްނަސް އެވޯރޑްސް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

މިއަހަރުގެ ބިޒްނަސް އެވޯރޑްސް ލޯންޗްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

މޯލްޑިވްސް ބިޒްނަސް އެވޯރޑްސް 2019 ލޯންޗްކޮށް އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަރު ހުޅުވައިލައިފިއެވެ.

މިއަހަރުގެ ބިޒްނަސް އެވޯރޑްސް ލޯންޗް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އެވެ.

އެވޯރޑް ލޯންޗް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިގްތިސާދުގެ މައިނާރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށާއި ވިޔަފާރިތައް ކުރިއެރުމަށް ނަގަންޖެހޭ ރިސްކް ނެގުމަކީ ސަރުކާރުން ބާރުއަޅާ ކަމެއް ކަމުގައެވެ.

މިނިސްޓަރ ވިދާޅުވީ ރިސްކު އިތުރަށް ނަގާ ކަމަށް ވާނަމަ ވިޔަފާރިއާ އިގްތިސާދު ފުޅާވެގެން ދާނެ ކަމުގައެވެ. މީގެ ސަބަބުން ގައުމުގެ ރެވެނިއު އިތުރުވެ ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އަދި މިކަންތައްތައް މިހެން ކުރާއިރު ވިޔަފާރިތައް އިވެލުއޭޓުކޮށް ވިޔަފާރިތަކުގެ މަސައްކަތްތައް މިނެކިރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ގައުމު ބިނާކުރުމުގައި ވިޔަފާރިތަކުން ވަރަށް ބޮޑު ރޯލެއް ކުޅޭ ކަމަށާއި ވިޔަފާރިތައް ހާލުގަޖެހުމުން ފަސޭހަކޮށްދެވޭނެ ކަންތައްތައް ސަރުކާރުން ފޯރުކޮށްދިނުމަކީ މިނިސްޓަރ ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިކަންކަމުގައި ލުއި ގޮތް ގޮތް ހޯދައިދޭން ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މި ސަރުކާރުން ދަނީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން ކަން ފާހަގަ ކުރައްވާ، މިނިސްޓަރ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުން މިފަދަ ކަންކަމުގައި ބައިވެރިވުމަކީ ސަރުކާރުން ވަރަށް ބޮޑަށް ބާރުއަޅާކަމެއް ކަމުގައެވެ.

މިނިސްޓަރ ވަނީ މި އެވޯރޑާ ދޭތެރޭ އާންމުން އަދި ވިޔަފާރިތަކުން ދީފައިވާ އިތުބާރު ގެއްލުވާނުލާ މި ކަންތައް ކުރިއަށް ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެފައެވެ. އުންމީދަކީ މި އެވޯރޑް ތަކަކީ އާންމު ރައްޔިތުން އިހްތިރާމާއެކު ބަލައިގަންނަ އެވޯރޑް ތަކަކަށް ވެގެން ދިއުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓްރީގެ ފަރާތުން މިކަމަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވް ބިޒްނަސް އެވޯރޑް ކުރިއަށް ގެންދާ ބްލޭޒަން އިންކް އިން ބުނީ ފާއިތުވެދިޔަ އަހަރުގެ އެވޯރޑަށް ސަތޭކައަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލާފައި ވާކަމަށާއި ގަބޫލުކުރަނީ މިއަހަރުގެ އެވޯރޑަށް މިއަށް ވުރެ ގިނަ ފަރާތްތަކުން ކުރިމަތިލައްވާނެކަމުގައެވެ.

މިފަދަ އެވޯރޑެއް ދިނުމުގެ މަގްސަދަކީ ވިޔަފާރިތަކުން ކުރާ މަސައްކަތްތައް އާންމުންނާއި ހަމައަށް ގެނެސްދީ ރަނގަޅު ވިޔަފާރިތަކުގެ އަގު ވަޒަންކުރުން ކަމުގައި ބްލޭޒަން އިންކް އިން ބުންޏެވެ. އަދި އެވޯރޑް ތަކުގެ ކްރެޑިބިލިޓީ ހިފެއްޓުމަށް ރަނގަޅު ނަޒާހަތްތެރި ޖަޖިންގ ޕެނަލެއް އެކުލަވާލެވިފައި ވާނެ ކަމަށް ބްލޭޒަން އިންކް އިން ބުންޏެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި

29 މާރިޗު 2017
ސެމްސަންގް އެސް 8 އަދި އެސް 8 ޕްލަސް ލޯންޗްކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު