Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދު

ފުލުހުން އަޅުގަނޑަށް ފަރާލާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައި: ރައީސް ނަޝީދު

އެމަނިކުފާނު ދަނީ ރިލްވާނު މައްސަލާގައި ދަނީ ވަރަށް ބޮޑަށް ފުލުހުންނާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2019 | އާދީއްތަ 20:53
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު

މީގެ ތިން ދުވަސް ކުރިން ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ލިބިފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓުން ސިފަވެގެން ދިޔައީ ޒަމާނުއްސުރެ ކަންބޮޑުވަމުން އައި ކަންތައްތައް ކަމަށެވެ.

Advertisement - newsAdvertisement

އެ ރިޕޯޓުން އެނގިގެން ދަނީ ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ވިސްނުމުގެ ބަޔަކާއި ދެމެދު އަރާރުންތަކެއް ހިނގައި މީހުން މެރުންކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އެކަން ކުރުމުގައި ފުލުހުންގެ އިތުރުން ސިފައިން ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެކަމަށް ހައްލެއް ނުހޯދޭނަމަ ޖިނާއި އަދުލުގެ ނިޒާމު އިސްލާހު ކުރެވޭނެ ގޮތެއް ނޯއްނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ، ނުކިޔަމަންތެރިކަން ދެއްކުމުގައި ފުލުހުންނާއި ސިފައިން ހައްދު ފަހަނައަޅާ ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމަށް އެމްޑީޕީން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.

އެފަދަ އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، އެކަމާއި ގުޅިގެން ދައްކަން ހުރި ވާހަކައެއް ދައްކާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެން ނަމަވެސް އެވާހަކަތައް ދެއްކުން ހުއްޓާނުލާނެ ކަމަށާއި، އެކަމާއި މެދު ގައުމީ މަޖިލީހުގެ ވިސްނާ އެކުގައި އަމަލުކުރަމުންދާ ގޮތްތަކަކީ އެއްވެސް ހާލެއްގައި ސަރުކާރާ އިދިކޮޅަށް ކުރާކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. އެ ގޮތަކީ ސަރުކާރުވެސް ބޭނުންވާ ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އަމާޒަކީ ފުލުސް އޮފީސް ހަރުދަނާ ކުރުން ކަމަށާއި، ފުލުސް އޮފީހަކީ އަދުލު އިންސާފު ގާއިމްކުރުމުގެ މައިގަނޑު ތަރަހައަށްވާއިރު އެ މުއައްސަސާގެ ކަންކަން އިސްލާހު ކުރުމަކީ މި ސަރުކާރު އުފެދިގެން އައިއިރުވެސް އަދި މިހާރުވެސް އެމްޑިޕީން އެއްބަސްވެފައިވާ ކަމެއް ކަމަށެވެ. އަދި ފުލުހުންގެ އިދާރާ އާއި ޝަރުއީ ދާއިރާ އިސްލާހުވާން ޖެހޭ ކަމަށް ނަޝީދު ތަކުރާރު ކުރެއްވިއެވެ. އެހެން އެކަންތައް ނުވާނަމަ ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު