Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖެންޑަރ މިނިސްޓްރީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ހާއްސަ ޗުއްޓީ ޕްރޮގްރާމްތަކެއް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 149 ކުދިން

އަލީ ސަމާޚް
އަލީ ސަމާޚް | 8 ސެޕްޓެމްބަރު 2019 | އާދީއްތަ 13:30
ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޖެންޑަރ އިން ހިންގި ޕްރޮގްރާމްގެ ތެރެއިން

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ޖެންޑަރ އިން ހިންގި ޕްރޮގްރާމްގެ ތެރެއިން

ސްކޫލް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހާއްސަ ހޮލިޑޭ ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހިންގައިފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ، އެ ޕްރޮގްރާމްތައް ހިންގިފައި ވަނީ ކުދިންގެ އުމުރުފުރާއާ ގުޅޭ ގޮތުން ޝައުގުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރުތައް ތަރައްގީ ކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

ފިޔަވަތީގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ކިޑްސް ބޭކިންގ ޕްރޮގްރާމަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ހިންގުނު “ޕޮލިސް ކޭމްޕު” ހިމެނެއެވެ.

ކުޑަކުދިންގެ ހިޔާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރޭގައި ބާބެކިއުއަކާއި، ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމާއެކު ހިންގުނު މުނިފޫހިފިލުވުމުގެ ހަރަކާތަކާއި، ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއެކު ކ.ހުރާގައި އިންތިޒާމުކުރެވުނު ފިކްނިކާއި، ތާޖް އެކްޒޮކްޓިކާ ރިސޯޓް އެންޑް ސްޕާއާ ގުޅިގެން އިންތިޒާމު ކުރެވުނު ރިސޯޓް ޓުއަރ ހިމެނޭ ކަމަށް ޖެންޑަރ އިން ބުންޏެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ޖުމުލަ 149 ކުދިން ދިރިއުޅެމުންދާ އިރު، މި ކުދިންގެ ތެރެއިން 12 އަހަރުން ދަށުގެ 106 ކުދިން ދިރިއުޅެމުންދަނީ ފިޔަވަތީގައެވެ. އަދި 12 އަހަރުން މަތީގެ 43 ކުދިން ދިރިއުޅެމުންދަނީ ކުޑަކުދިންގެ ހިޔާގައި ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު