Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ސްޕީކާރޒް ސަމިޓުގައި ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ބަހުގެ ހަމަލާތަކެއް

މައްސަލަ ހޫނުވީ ކަށިމީރު މައްސަލާގައި ޕާކިސްތާނުން ވާހަކަދައްކަން ފެށުމުން

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2019 | އާދީއްތަ 08:36
އިންޓަޕާލިމެންޓްރީ ސައުތް އޭޝިއަން ސްޕީކަރޒް ސަމިޓު

އިންޓަޕާލިމެންޓްރީ ސައުތް އޭޝިއަން ސްޕީކަރޒް ސަމިޓު

އިންޓަޕާލިމެންޓްރީ ސައުތް އޭޝިއަން ސްޕީކަރޒް ސަމިޓުގައި ޕާކިސްތާނާއި އިންޑިއާއާއި ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ދީފިއެވެ.

ދެ ގައުމުގެ ދެމެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ދީފައިވަނީ ޕާކިސްތާނުގެ ގައުމީ މަޖިލީހުގެ ނައިބު ރައީސް ގާސިމް ސޫރީ ތަގުރީރުކުރެއްވިއިރު އަމާންކަމަށް އަލިއަޅުވާލާ ދެއްކި ވާހަކައަކާއި ގުޅިގެންނެވެ. އެމަނިކުފާނު ވިދާޅުވީ ފަލަސްތީނުގައި ތިބި މުސްލިމުންނާއި، ރޮހިންގާ މުސްލިމުންނާއި, ކަޝްމީރު ރައްޔިތުންގެ ހާލަތު ނުފެންނަކަމަށް ހަދައިގެން ނުތިބެވޭނެ ކަމަށެވެ.

Advertisement - newsAdvertisement

ކަޝްމީރުގެ ރައްޔިތުންނާއި ގުޅިގެން އެމަނިކުފާނު ދެކެވުނު ވާހަކައާއި ގުޅިގެން އިންޑިއާއިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ.

ނިޒާމީ ނުކުތާއާއި ގުޅިގެން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަދި އިންޓަ ޕާލަމެންޓްރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮންގް, ޕާކިސްތާނުގެ މަޖިލީހުގެ ނައިބް ރައީސް ގާތު ވާހަކަދެއްކެވުން މެދުކަނޑާލެއްވުމަށް އެދިލެއްވުމުންވެސް ވާހަކަދެއްކެވުން ކުރިއަށް ގެންދެވިއެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސް ގާތު ވާހަކަދެއްކެވުން ހުއްޓަވާލެއްވުމަށްފަހު ނިޒާމީ ނުކުތާ ހުށަހެޅުއްވުމަށް ފުރުސަތު ދެއްވުމަށް ވަރަށް އަޑުހަރުކޮށް ވިދާޅުވެފައެވެ.

ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީސް، ލޮކް ސަބާގެ ސްޕީކަރު އޯމް ބިރްލާގެ ފަރާތުން، އޭނާގެ ތަރުޖަމާނު ވިދާޅުވީ ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާޚިލީ ކަމެއް ކަމަށެވެ. އަދި ޕާކިސްތާނުން ދައްކަމުން ދިޔައީ މުޅިން މި ސަމިޓުގެ "ތީމުން" ބޭރު ވާހަކައެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މި ނިޒާމީ ނުކުތާ ހުށަހެޅުއްވުމާއި ގުޅިގެން ޕާކިސްތާނުގެ ވަފުދުން ވެސް ވަނީ ނިޒާމީ ނުކުތާއެއް ނަގާފައެވެ. ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅިގެން މި ސަމިޓުގައި ވާހަކަ ދެއްކޭނަމަ، އެ ވާހަކަ ނުދެއްކެންވީ ކީއްވެގެންތޯ އެ ކަމަނާ ސުވާލުކުރިއެވެ. އެ ވަފުދުން ބުނީ، އިންސާނީ ހައްގުތައް ނިގުޅައިގެން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލު ނުކުރެވޭނެ ކަމަށެވެ. އަދި ޕާކިސްތާނުގެ މަޖިލީހުގެ ނައިބު ރައީސަށް ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް އެދިފައިވެއެވެ.

ތަގުރީރުކޮށް ނިމުމުން އިންޑިއާގެ ފަރާތުން ވަނީ ދެވަނަ ނިޒާމީ ނުކުތާއެއް ނަގާފައެވެ. ނިޒާމީ ނުކުތާ ހުށަހަޅުއްވަމުން ތަރުޖަމާނު ވިދާޅުވީ، ޕާކިސްތާނަކީ ގަތުލުއާމަށާއި ޓެރަރިޒަމަށް ވާގިދޭ ބަޔަކަށް ވާއިރު އިންސާނީ ހައްގުތަކާއި ގުޅިގެން އެއްވެސް އެއްޗެކޭ ކިއުމުގެ ހައްގެއް ނެތް ކަމަށެވެ. މިހެން ދެންނެވުމާއެކު ޕާކިސްތާނުން ވަރަށް އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވީ ޕާކިސްތާނަކީ އެއްވެސް އިރެއްގައި ޓެރަރިޒްމް އަށް ވާގި ދިން ގައުމެއް ނޫން ކަމަށާއި ޕާކިސްތާނަކީ ޓެރަރިޒްމްގެ ޝިކާރައަކަށް ވެފައިވާ ގައުމެއް ކަމަށެވެ.

މަޖިލީހުގެ ރައީސް ވަނީ، ބައްދަލުވުން މެންދުރުގެ ކެއުމަށް މެދުކަނޑާލައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޖީއެމްއެޗާއި އައިލެންޑް އޭވިއޭޝަނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޖުލައި 2017
މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

މިނިސްޓަރ ޝައިނީ އާއި ބޮޑު ކަންނެލި އެކްސްޕޯޓް ކުރާ ފަރާތްތަކާ ދެމެދު "ޖާއިޒް ނޫން" ގުޅުން އޮންނަ ކަމަށް ޕީޕީއެމްގެ އެމްޕީއަކު ތުހުމަތު ކުރައްވައިފި

27 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

ގަތަރާއި ދެމެދު ގުޅުން ކަނޑާލުމަކީ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް: އަދާލަތު ޕާޓީ

05 ޖޫން 2017
ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މައްސަލަ ކޮމެޓީއަށް!

05 ޖޫން 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު