Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަޖިލިސް 2019

އަންހެނުން ފަނޑިޔާރު ކަމަށް އައްޔަންކުރުމަށް މަޖިލިސް މެމްބަރުން ތާއީދު

26 އޯގަސްޓު 2019 | ހޯމަ 11:45

ކުއްލި މައްސަލަ ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދު

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 26 އޯގަސްޓު 2019 | ހޯމަ 11:45
މަޖިލިސް ޗެމްބަރުގައި މެމްބަރުން

މަޖިލިސް ޗެމްބަރުގައި މެމްބަރުން

އަންހެނުންނަށް ފަނޑިޔާރުކަން ކުރުމާއި ގުޅޭ ގޮތުން، މި ވަގުތު ރާއްޖޭގައި އުފެދިފައިވާ އެންމެ ހޫނު ބަހުސް އަކީއެއެވެ. މި ބަހުސް ފެށިފައިވަނީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ދެ އަންހެން ބޭފުޅެއްގެ ނަންފުޅު ފޮނުވާއި ގުޅިގެންނެވެ. ރައީސުލް ޖުމްހޫރިއްޔާ ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ފޮނުއްވާފައިވާ ނަންފުޅުތަކަކީ ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ބާ ކައުންސިލްގެ މެމްބަރު އައިޝާ ޝުޖޫން އާއި ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ނަންފުޅު އެވެ. މި ބޭފުޅުންނަކީ ރާއްޖޭގެ ކޯޓްތަކުގައި ކުރިންވެސް ފަނޑިޔާރުކަން ކުރައްވާފައިވާ ދެ ބޭފުޅުންނެވެ. ނަމަވެސް އޭރު މި ކަމާއި ދެކޮޅަށް އެއްވެސް ފަރާތަކުން ތެދުވެފައެއް ނުވެއެވެ.

ރަށުތެރޭގައި މި ކަމުގެ ބަހުސް ހޫނުވެފައިވަނިކޮށް އަންހެނުން ފަނޑިޔާރުކަން ކުރުމާއި ދެކޮޅަށް ގާނޫނު ހަދާ މަޖިލީހަށް، މި ކަން ކުއްލި މައްސަލައެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ. ކުއްލި މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ނަޝީދުއެވެ. މެންބަރު މުހައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައި ވަނީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އިސްލާމް ދީނާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށް ބުނެފައިވާއިރު އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދީނީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ ހިލާފަށް ރައީސް ސޯލިހު އަންހެން ފަނޑިޔާރުންގެ ނަންތައް ފޮނުވުމަކީ އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފު ކަމެއް ކަމަށެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ މައްސަލައަކީ ކުއްލި ކަމެއްތޯ ނުވަތަ ކުއްލި މައްސަލައެއް ކަމާއި މެދުވެސް ސުވާލު އުފެދޭ ކަމަށެވެ. ނަމަވެސް އަރާފައިވާ ބޮޑު އޮޅުން ސާފުކުރުމަކީ މި ވަގުތަށް ކުރަންޖެހިފައިވާ މުހިއްމު ކަމެއް ކަމަށެވެ. ކުއްލި މައްސަލަ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބަލައިގެންފައިވަނީ، އަރާފައިވާ އޮޅުން ސާފުކޮށް ދިނުމަށް ކަން ، މެމްބަރުން މި މައްސަލައިގައި ކުރެއްވި ބަހުސްތަކުން ވަނީ އެގިފައެވެ. މަޖިލީހުގެ ގިނަ މެމްބަރުން ވަނީ ވަރަށް ޖޯޝުގައި މެމްބަރު ނަޝީދަށް ރައްދުދެއްވާފައެވެ.

ކުއްލި މައްސަލައިގެ ބަހުސް މަރްހަލާގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީންގެ އިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދިފައި އޮތް މައްސަލައެއް ކަމަށެވެ. އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފުވެފައިވާ ކަމަށް ނުދެންނެވޭނެ ކަމަށެވެ. ޝިފާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ވަކި މަގްސަދެއް ހާސިލް ކުރުމަށް އިސްލާމްދީން އައްޑަނައެއްގެ ގޮތުގައި ނަގަމުން އަންނަ ކަމަށެވެ. މި މައްސަލައަކީވެސް އެފަދަ މައްސަލައެއް ކަމަށެވެ.

އަންހެނުން ބާރުވެރި ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވިދާނެ ކަމަށް އިސްލާމީ މަޝްހޫރު ޖަމްއިއްޔާތަކުން އެއްބަސްވެފައިވާ ކަމަށެވެ. މި ކަމާއި ދެކޮޅަށް ވަކާލާތު ކުރައްވަމުން ގެންދަވަނީ ގަދީމީ ބޯދާ ވިސްނުމުގެ މީހުން ކަމަށެވެ. މި ކަމާއި ދެކޮޅުވެރިވަނީ އަންހެނުންގެ ބާރުވެރިކަމަށް ބިރު ގަންނަ މީހު ކަމަށް އީވާ ވިދާޅުވިއެވެ.

މީގެ 1400 އަހަރުކުރިން އިސްލާމްދީނުގައި އަންހެނުންނަށް އެ މީހުންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވަމުން ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު ވިދާޅުވީ އިސްލާމްދީނުގައި އަންހެނުންގެ ދައުރު ވަރަށް ފުޅާ ކަމަށެވެ. ގުރުއާނާއި ހަދީތްގައި ނެތް ކަމެއް ހަރާމް ކަމެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ހަތަރު އަންހެން މެމްބަރުންވެސް ވަނީ އަންހެނުންގެ ހައްގުގައި ވަރަށް ޖޯޝުގައި ވާހަކަފުޅު ދައްކަވާފައެވެ. މަޖިލީހުގައި ތިއްބެވި ހަތަރު އަންހެން ކަނބަލުންގެ ތެރެއިން ހިންނަވަރު ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ ޖީހާން މަހްމޫދު ވިދާޅުވީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ހަދީޡްގައި ވަކި ޖިންސެއްގެ ބަޔަކު ފަނޑިޔާރުކަން ކުރަން ލާޒިމްކުރުމަށް، އެއްވެސް ތާކު ކަނޑައަޅާފައިނުވާ ކަމަށެވެ. ޖީހާން ވިދާޅުވީ ކޮންމެ މީހަކުވެސް ދުނިޔެއަށް އަންނަނީ އަންހެނެއްގެ ބަނޑުން ކަމަށާއި، އޭނާ މީހަކަށް ހަދަނީ އަންހެނެއް ކަމަށެވެ. އެހެންކަމުން އަންހެނުންގެ ކަރާމަތަށް ހުތުރުވާ ޒާތުގެ އަމަލުތައް ބައެއް ފިރިހެނުން ކުރަމުން އަންނަ ކަމީ ހިތާމަކުރައްވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ޖީހާން ވިދާޅުވީ ރާއްޖޭގައި މިހާރު މި ބަހުސް ކުރަމުން އަންނައިރު،އިސްލާމީ ގައުމުތަކުގައި އުއްތަމަ ފަނޑިޔާރުންނަށް އަންހެނުން އައްޔަންކުރަމުން އަންނަ ކަމަށެވެ. ރާއްޖެ މި އޮތީ މި ކަމުގައި ވަރަށް،ފަހަތުގައި ބޯދާ ވިސްނުމެއްގައި ކަމަށް ޖީހާން ވިދާޅުވިއެވެ.

ކުއްލި މައްސަލަ އަށް ބަހުސް ކުރަން ބޭނުންފުޅުވި ހުރިހާ މެމްބަރުންނަށް، ވަނީ ޖަލްސާގައި ފުރުސަތު ދެއްވާފައެވެ. މުޅި މަޖިލީހުގެ މެޖޯރިޓީ ވަނީ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމަށް ތާއީދްކުރައްވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. މިއީ މަޖިލީހުގައި ތިއްބެވި ގިނަ ފިރިހެން މެމްބަރުންނަށް ވަރަށް ފެންނަ ކަމެއް ކަމަށް، އެ މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2017

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
09 ޖުލައި 2017

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!
24 ޖޫން 2017

މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!

24 ޖޫން 2017
މަސްތުވާތަކެތި އެތެރެކުރުމުގައި އާ އުކުޅެއް: ޓާގެޓްކުރަނީ އެކަނި ބޭސްފަރުވާއަށްދާ އަންހެނުންނާއި މުސްކުޅިންނަށް!
25 މެއި 2017

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް
24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
12 އެޕްރީލު 2017

މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ

12 އެޕްރީލު 2017
މަޖިލީހުގެ ގަވާއިދަށް މެމްބަރުން ތަބާނުވާނަމަ، ދެން އެއަށް ތަބާވާނީ ވަކި ކޮށްބައެއްތޯއެވެ
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް