Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެލްތް މިނިސްޓްރީ

ޗައިނާގައި ކުރިއަށްދާ ސިއްހަތާއި ބެހޭ ސެމިނަރ އެއްގައި ހެލްތް މިނިސްޓްރީއާއި ސިއްހީ އިދާރާތަކުގެ ބައެއް އޮފިޝަލުން ބައިވެރިވެއްޖެ

ސެމިނަރގައި ބައިވެރިވުމަށް ރާއްޖެއިން ޗައިނާއަށް ގޮސްފައިވަނީ 19 ފަރާތަކުން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 24 އޯގަސްޓު 2019 | ހޮނިހިރު 12:40
ސެމިނާގައި ބައިވެރިވާ އޮފިޝަލުން

ސެމިނާގައި ބައިވެރިވާ އޮފިޝަލުން

ޗައިނާގައި ކުރިއަށްދާ ސިއްހަތާއި ބެހޭ ސެމިނަރ އެއްގައި ހެލްތް މިނިސްޓްރީގެ އިތުރުން ރާއްޖޭގެ އެހެނިހެން ސިއްހީ އިދާރާތަކުގެ އޮފިޝަލުން ބައިވެރިވެއްޖެއެވެ.

މި ސެމިނަރގައި ބައިވެރިވުމަށް ރާއްޖެއިން ޗައިނާއަށް ގޮސްފައިވަނީ 19 ފަރާތަކުންނެވެ. އެއީ އަތޮޅުތެރޭގެ ސިއްހީ އިދާރާތަކުގެ ފަރާތުން ފަސް ސިޔާސީ ފަރާތާއި ފަސް ސިވިލް ސާވަންޓުންގެ އިތުރުން ހެލްތް މިނިސްޓްރީގެ ފަރާތުން ފަސް ސިވިލް ސާވަންޓުން ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

ސެމިނަރގެ ތެރެއިން ޗައިނާގެ ސިއްހީ ދާއިރާގެ ޕޮލިސީތަކަށާއި ގަވައިދުތަކުގެ އިތުރުން ޓެކްނިކަލް ހިދުމަތްތައް ބަލައިލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ހުނަރުތަކާއި އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކުރަން ޖެހޭ ކަންކަމަށް މި ސެމިނާގައި އަލިއަޅުވަލާނެއެވެ.

މީގެ އިތުރުން، މި ސެމިނަރގެ ތެރެއިން، ސްޓަޑީ ޓުއަރސްތަކުގައި ބައިވެރިވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ބައެއް މައުލޫތަކާއިމެދު މަޝްވަރާތައް ކުރިއަށްދާނެއެވެ. އެގޮތުން، އައިސީޕީޑީ، ޕީއޯއޭ އަދި އެމްޑީޖީސް އަށް ބަލާ، ބައިނަލްއަގްވާމީ ގޮތުން ސިއްހީ ދާއިރާއަށް ލިބިފައިވާ ކުރިއެރުންތަކާއި ސިއްހީ ދާއިރާގައި ޗައިނާގެ ތަޖުރިބާތަކާއި ހިދުމަތްތަކާއިމެދު މަޝްވަރާ ކުރެވިގެންދާނެއެވެ.

ސްޓަޑީ ޓުއަރގައި އޮފިޝަލުންނަށް ޒެޖިއާންގް ޕްރޮވިންސްގެ ހަންގްޒޫ އަދި ޖިއާންގްސޫ ޕްރޮވިންސްގެ ޓައިކަންގްގެ ސިއްހީ އޭޖެންސީތައް ބަލާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ސެމިނަރގެ ދަށުން ޗައިނާގެ ސަގަފަތާއި އިގްތިސާދާއި ބެހޭ ބައެއް މައުލޫމާތުތައް ލިބޭނެ ފަދަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
07 މާރިޗު 2017

ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމާ ބެހޭ ބެނާއެއް ދަމައިފި ނަމަ ދިއްދޫ ޖަލްސާ ހުއްޓުވާނެކަމުގެ އިންޒާރު ފުލުހުން ދީފި
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު