Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ މެޗު

ގައުމީ ވޮލީ ޓީމު ކުޅުނު ފަހު މެޗުންވެސް ބަލިވެއްޖެ

މި މެޗުން ރާއްޖެ ބަލިވީ 3 ސެޓު 1 ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 14 އޯގަސްޓު 2019 | ބުދަ 18:48
ގައުމީ ވޮލީ ޓީމު

ގައުމީ ވޮލީ ޓީމު

ރާއްޖޭގެ ގައުމީ ވޮލީ ޓީމާއި ލަންކާގެ ވޮލީ ޓީމު ބައްދަލުކުރި އެކުވެރި ކަމުގެ ފަހު މެޗުން ވެސް ރާއްޖޭގެ ޓީމު ބަލިވެއްޖެ އެވެ.

އެކުވެރި ކަމުގެ ފަހު މެޗުން ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމު ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދައްކައިފައި ވެއެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ސެޓު ރާއްޖޭގެ ޓީމުން ގެންދިޔައީ 22-25 ހުންނެވެ.

މެޗުގެ ދެވަނަ ސެޓު އަދި ތިން ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ދެވަނަ ސެޓު ލަންކާއިން ގެންދިޔައީ 25-20 އިންނެވެ. އަދި ތިން ވަނަ ސެޓު ލަންކާއިން ގެންދިޔައީ 25-22 އިންނެވެ. މެޗުގެ ފަހު ސެޓުގައި ލަންކާގެ ޓީމުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު މި ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. މި ސެޓު ލަންކާއިން ގެންދިޔައީ 25-13 އިންނެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ވަނީ ހޯމަ ދުވަހުގެ ރޭ ވެސް މެޗެއް ކުޅެފައެވެ. އެ މެޗުން ރާއްޖެ ތިން ސެޓުން ވަނީ ބަލިވެފައެވެ. އެ މެޗަކީ ފަރިތަކުރުމުގެ ގޮތުން ކުޅުނު މެޗެކެވެ.

އަންގާރަ ދުވަހުގެ ރޭ ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. މި މެޗު ބައްލަވައިލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވިއެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެ ޖުމްލަ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ބުދަ ދުވަހުގެ ރޭ ފަރިތަކުރުމުގެ ގޮތުން ކުޅުނު މެޗުން ރާއްޖެ ބަލިވީ ތިން ސެޓު އެއްސެޓުންނެވެ.

ލަންކާއާ ދެކޮޅަށް ރާއްޖެއިން ކުޅޭ މި ރަހުމަތްތެރިކަމުގެ މެޗުތަކަކީ ކުރިޔަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ކުޅޭ މެޗުތަކެކެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ

08 ޖެނުއަރީ 2017
އެފްއޭކަޕް: ފަހުވަގުތު ޖިރޫޑް ކާމިޔާބުކުރި ލަނޑުން އަނެއްކާވެސް އާސެނަލް ސަލާމަތްވެއްޖެ
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު