Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީއެމްއޭ

އެމަރޖެންސީގައި ޖެއްސި ސީޕްލޭންއެއްގައި ތިބި ފަތުރުވެރިން ސަލާމަތްކޮށްފި

މި ސީޕްލޭން ދަތުރު ކޮށްފައިވަނީ ށ. އަތޮޅު ފެއަރމޮންޓް ރިސޯޓުން މާލެއަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 12 އޯގަސްޓު 2019 | ހޯމަ 04:12
ފަތުރުވެރިން ވީއައިއޭ އަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީއެމްބިއުލައިންސް ގައެވެ.

ފަތުރުވެރިން ވީއައިއޭ އަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ސީއެމްބިއުލައިންސް ގައެވެ.

ޓްރާންސް މޯލްޑިވިއަން އެއަރލައިން (ޓީއެމްއޭ)ގެ ސީޕްލޭން އެއް ވިއްސާރާގެ ކޮޅިގަނޑެއްގައި ޖެހިގެން ކ. ހުރާ ކައިރިއަށް ޖެއްސުމުން އޭގައި ހާލުގައި ޖެހިފައިތިބި ފަތުރުވެރިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކޯސްޓްލައިން ސީ އެމްބިއުލަންސުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެނެސްދީފިއެވެ.

ށ. އަތޮޅު ފެއަރމޮންޓް ރިސޯޓުން ފުރައިގެން މާލެއަށް ދަތުރު ކުރި ޓީއެމްއޭގެ ސީޕްލޭން ހުރާ ކައިރިއަށް ޖައްސާފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 17:30 ހާ އިރުއެވެ. އަދި ފަތުރުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންގޮސް ދީފައިވަނީ އާދިއްތަ ދުވަހުގެ ރޭ 22:15 ހާއިރުއެވެ.

އާދިއްތަ ދުވަހުގެ ހަވީރު އައި ކޮޅިގަނޑެއްގައި ޖެހި އއ. ކުރަމަތި ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމުގައި އަޅާފައި އޮތް ޓީއެމްއޭގެ ސީޕްލޭނެއް ވަނީ ފައްތިޔަލާއެކު ކަހާލައިގެން ގޮސް ދޯންޏެއްގައި ޖެހިފައި ވެސް ވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަކެއް ވަނީ ހިނގާފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ކަނޑު ދަތުރު ކުރުމަށ މިހާރު ރައްކާތެރި ނޫންކަމަށް ބުނެފައުވާއިރު އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކަށް އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެދިފައެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ބ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު

22 މާރިޗު 2017
ބިންތައް ވިއްކުމަށް ފަހު ވެރިން ފިލައިގެން ދާން ނޭދޭ ޕީޕީއެމް މެންބަރުން އެބަތިބި:ފަލާހު
17 މާރިޗު 2017

ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު

17 މާރިޗު 2017
ސަރުކާރުގައި ތިބި ވެރިންނަކީ ލާމަރުކަޒީގެ ނިޒާމްގެ ދުޝްމަނުން: އަހްމަދު
02 މާރިޗު 2017

މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި

02 މާރިޗު 2017
މަގޫދޫގައި ތިބި ރާއްޖެ ޓީވީގެ ނޫސްވެރިންގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ފުލުހުން ބުނެފި
14 ފެބުރުއަރީ 2017

ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި

14 ފެބުރުއަރީ 2017
ދެ ފަތުރުވެރިން މަރުވި މައްސަލަ: ލޯންޗުގެ ކެޕްޓަނުގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
04 ފެބުރުއަރީ 2017

ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި

04 ފެބުރުއަރީ 2017
ކުޅުދުއްފުށިގައި ޖުވާ ކުޅެންތިބި ބަޔަކު ހައްޔަރު ކޮށްފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ

11 ޖެނުއަރީ 2017
ރޯވި މަސްބޯޓުގައި ތިބި މީހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު