Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

އިންޓަނެޓްގެ އަގު ކުޑަ ކުރެވިގެން ނޫނީ ޑިޖިޓަލް ޓެކްނޮލޮޖީގެ ހަގީގީ މަންފާއެއް ނުލިބޭނެ!

އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެންމެ އިސް ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 7 އޯގަސްޓު 2019 | ބުދަ 18:25
އުރީދޫގެ \"މޫލީ\" އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

އުރީދޫގެ \"މޫލީ\" އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ރައީސް ސޯލިހް ވާހަކަފުޅު ދައްކަވަނީ

އާންމު ރައްޔިތުން އިންޓަނެޓަށް ކުރަންޖެހޭ ހޭދަ ކުޑަކުރެވިގެން ނޫނީ، ޑިޖިޓަލް ޓެކްނޮލޮޖީގެ ހަގީގީ މަންފާ ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އުރީދޫގެ "މޫލީ" އިފްތިތާހް ކުރުމުގެ ގޮތުން ކުރުނބާ މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އިންޓަރނެޓާއި ޑިޖިޓަލް ޓެކްނޮލޮޖީ އަކީ އޭގެ ޒާތުގައި އަސާސީ ހިދުމަތް ކަމަށާއި އެއާ ނުލާ ދިވެހި ޒުވާނުންނަށް ދިރި ނޫޅެވޭނެ އެއްޗެހި ކަމުގައެވެ. އެހެންކަމުން އިންޓަރނެޓް ހިދުމަތުގެ އަގުތައް އަތްފޯރާފަށަށް ތިރިކޮށްގެން ނޫނީ ޑިޖިޓަލް ޖަޒީރާ ރާއްޖޭގެ އައްސޭރި އަތު ނުވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އެންމެ އިސް ދައުރެއް އަދާކުރަނީ ޓެކްނޮލޮޖީ ކަމުގައެވެ. އަދި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން އެންމެ ބޮޑަށް ހިފަނީ، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގައި އިންސާނުން ބިނާކުރުމަށް ކަމުގައި ފާހަގަ ކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުރީދޫއަކީ، ރާއްޖޭގައި ކާމިޔާބުކަމާއެކު ފޮރިން އިންވެސްޓްމެންޓްތައް ހިންގޭނެ ކަމުގެ ނަމޫނާއެއް ކަމުގައެވެ. އެފަދަ ކިތަންމެ އިންވެސްޓްމެންޓެއް މިހާރު ވެސް ރާއްޖޭގައި އެބަ ހިންގާކަމަށާއި އެ އިންވެސްޓްމެންޓްތަކުން ލިބޭ ފައިދާއަށްވުރެ، ރާއްޖެއަށް ލިބޭ މަންފާ ވަކިން ކުޑަނޫންކަން، އުރީދޫން ސާބިތުކޮށްދެއްވާފިކަމުގައެވެ. ސަރުކާރުންތިބީ ފޮރިން އިންވެސްޓަރުންނަށް މަރުހަބާ ކިޔަން ތައްޔާރަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އުރީދޫއިން ބުދަ ދުވަހު އިފްތިތާހް ކުރި "މޫލީ' ޕްލެޓްފޯމަކީ އިލެކްޓްރޯނިކް ވިޔަފާރިއަށް ފަހި މާހައުލަކަށް ވާނެކަމަށް އުންމީދު ކުރައްވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު