Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިމިގްރޭޝަން

ޔަމަނުގެ ޔާސިރު ޔަހުޔާ ފުރުވާ ނުލެވިގެން އުޅެނީ އޭނާގެ ފަރާތުން އެއްބާރުލުން ނުލިބިގެން: އިމިގްރޭޝަން

31 ޖުލައި 2019 | ބުދަ 05:55

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މާޗް3، 2017 ގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 ޖުލައި 2019 | ބުދަ 05:55
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔާސިރު ޔަހުޔާ

މާލޭގައި ދިވެއްސަކާ ކައިވެނި ކޮށްގެން ދިރިއުޅެމުން ދިޔަ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ ސޯލިހު ރާއްޖެއިން ފޮނުވާ ނުލެވިގެން އުޅެނީ އޭނާގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ނުލިބިގެން ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

ޔާސިރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވަނީ މާޗް3، 2017 ގައި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ރާއްޖެއަށް ކުރައްވަން އުޅުއްވި ދަތުރުފުޅާ ދިމާކޮށެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އަހުމަދިއްޔާ ސްކޫލާއި، އަރަބިއްޔާ ސްކޫލްގެ އަރަބި ޓީޗަރެއްގެ ގޮތުގައެވެ.

Advertisement - newsAdvertisement

ޔާސިރުގެ މައްޗަށް ފުލުހުން ހޯދި ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ބޭރުގެ ޓެރަރިސްޓް ޖަމާއަތަކާ ގުޅިގެން ހަނގުރާމަތަކަށް ރާއްޖެއިން މީހުން ފޮނުވާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. އެ އަމުރުގައި އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ތުހުމަތު ކޮށްފައެވެ.

ޔާސިރު ހައްޔަރު ކުރުމަށް ފަހު އޭރު ފުލުހުން ވަނީ އޭނާގެ ޕާސްޕޯޓް ހަވާލު ކުރުމަށް އެދިފައެވެ. ނަމަވެސް އޭނާ ވަނީ ޕާސްޕޯޓަކީ ޔަމަނުގެ ދައުލަތުގެ އެއްޗެއް ކަމަށާއި އެއީ ދިވެހި ދައުލަތުގެ އެއްޗެއް ނޫން ކަމަށް ބުނެ ޕާސްޕޯޓް ދިނުމަށް ދެކޮޅު ހަދާފައެވެ. އޭގެ ފަހުން މިހާތަނަށް ވެސް އޭނާގެ ޕާސްޕޯޓް އިމިގްރޭޝަނާއި ހަވާލު ކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަންގެ މިޑިއާ އޮފިޝަލް ރާއްޖެއެމްވީއަށް ވިދާޅުވީ ޔާސިރު ހިފަހައްޓާފައިވަނީ އިމިގްރޭޝަން ގާނޫނުގެ 21 ވަނަ މާއްދާއިން އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިގެންވާ ބާރުގެ ދަށުން ކަމަށެވެ.

އެމާއްދާގައިވާ ގޮތުން ރާއްޖޭގައި ހުރުމުގެ ހުއްދަ ބިދޭސީއަކަށް ދީފައިވަނިކޮށް، ނޯޓިސް ދިނުމަށް ފަހު، އެ ހުއްދަ ބާޠިލު ކޮށްފިނަމަ، އެ ހުއްދަ ބާޠިލުވާ ދުވަހުންފެށިގެން އޭނާ ރާއްޖޭގައި ހުރެގެން ނުވާނެއެވެ. ބިދޭސީއަކު ވަގުތުން ރާއްޖެއިން ފުރައިގެން ދެވޭނޭގޮތެއް ނެތިގެން ރާއްޖޭގައި ހުންނަންޖެހިއްޖެނަމަ، އޭނާ ފުރައިގެން ދަންދެން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ކަނޑައަޅާ ތަނެއްގައި ބެހެއްޓިދާނެ ކަމަށް އެގާނޫނުގައި ވެއެވެ.

އިމިގްރޭޝަނުން ބުނީ ޔާސިރު ރާއްޖެއިން ބޭރަށް ފުރުވާލުމަށް ނިންމީ އޭނާ ރާއްޖޭގައި ބެހެއްޓުން އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވާތީ ކަމަށެވެ.

ޔާސިރާ ބެހޭގޮތުން ހޯމް މިނިސްޓަރު އިމްރާންއަބްދުﷲ ވެސް މީގެ ކުރިން ވިދާޅުވެފައި ވަނީ އޭނާއާއި ގުޅޭ މައުލުމާތު ހާމަކުރުމަކީ ރާއްޖޭގެ އަމަން އަމާންކަމާއި ރައްކާތެރިކަމަށް ކޮންމެ ވެސް ވަރަކަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި އޭނާ ބަހައްޓާފައި ވަނީ ޑީޕޯޓް ކުރެވެންދެން ބަހައްޓާ ޖަލެއްގައި ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

ޔާސިރު މިހާރު ހުރީ އިމިގްރޭޝަނުން އަންގައިގެން ހުޅުމާލޭގައި ބިދޭސީން ބަންދު ކޮށްފައި ބައިތިއްބާ ހުޅުމާލޭ ޑިޓެންޝަން ސެންޓަރު ހުޅުމާލެ ޖަލުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާސިރުގެ ވޯކް ވިސާއާއި އޭނާގެ މެރިއޭޖް ވިސާ ވެސް އިމިގްރޭޝަނުން ވަނީ ކެންސަލް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

08 އޯގަސްޓު 2019

ހުކުމެއްނެތި ހައްޔަރުކޮށްގެން ގެންގުޅޭ ޔާސިރުގެ މައްސަލާގައި ސަރުކާރުކާރުން ދަނީ އިހުމާލުވަމުން: އާއިލާ

08 އޯގަސްޓު 2019
ހުކުމެއްނެތި ހައްޔަރުކޮށްގެން ގެންގުޅޭ ޔާސިރުގެ މައްސަލާގައި ސަރުކާރުކާރުން ދަނީ އިހުމާލުވަމުން: އާއިލާ
12 ޖޫން 2019

އަދީބް ފުރުވާލުމަށް ނިންމި މައްސަލައާ ގުޅިން ހަތަރު މުއައްސަސާއެއްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ

12 ޖޫން 2019
އަދީބް ފުރުވާލުމަށް ނިންމި މައްސަލައާ ގުޅިން ހަތަރު މުއައްސަސާއެއްގެ ވެރިން ކޮމިޓީއަށް ހާޒިރުކުރަނީ
26 ފެބުރުއަރީ 2019

ދިވެހި މަސްދޯނީގައި ތިބި ބިދޭސީން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

26 ފެބުރުއަރީ 2019
ދިވެހި މަސްދޯނީގައި ތިބި ބިދޭސީން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
19 ފެބުރުއަރީ 2019

އެސްޓިއޯގެ ބޯޑުން ޔާސިރު ވަކިކޮށްފި

19 ފެބުރުއަރީ 2019
އެސްޓިއޯގެ ބޯޑުން ޔާސިރު ވަކިކޮށްފި
17 ފެބުރުއަރީ 2019

ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި

17 ފެބުރުއަރީ 2019
ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
17 ޑިސެމްބަރު 2018

މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި

17 ޑިސެމްބަރު 2018
މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
16 ޑިސެމްބަރު 2018

ފްލައިޓްތަކުން ޖާގަ ލިބުނު ވަރަކުން ދިވެހިން ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުން!

16 ޑިސެމްބަރު 2018
ފްލައިޓްތަކުން ޖާގަ ލިބުނު ވަރަކުން ދިވެހިން ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުން!
28 ޖުލައި 2018

ގެއަށް ވަންނަން ޖެހޭނީ ރައީސް ޔާމީން ފުރުވާލާފަ: އަލީ ހުސެއިން

28 ޖުލައި 2018
ގެއަށް ވަންނަން ޖެހޭނީ ރައީސް ޔާމީން ފުރުވާލާފަ: އަލީ ހުސެއިން
21 ޖެނުއަރީ 2018

ފަޅުވެރިންގެ ޕާސްޕޯޓްތައް ބެހެއްޓުމަށް ފަހު ކަސްޓަމްސްއިން ބޯޓެއް ފުރުވާލި: މުސްތަފާ

21 ޖެނުއަރީ 2018
ފަޅުވެރިންގެ ޕާސްޕޯޓްތައް ބެހެއްޓުމަށް ފަހު ކަސްޓަމްސްއިން ބޯޓެއް ފުރުވާލި: މުސްތަފާ
26 އޯގަސްޓު 2017

އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ގާސިމް ފުރުވާލާނަން: ކަރެކްޝަން

26 އޯގަސްޓު 2017
އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ގާސިމް ފުރުވާލާނަން: ކަރެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް